-
ސޫރައިން ބުދުތަކަށް
ދެން އެއަށް ފަހު ޝައިޠާނާ މީސްތަކުންނަށް ވިސްނައިދިނީ ސޫރަތަކުގެ ބަދަލުގައި އެމީހުންނަށް (ޞާލީޙުންނަށް) ބުދުތަކެއް ހެދުމަށެވެ. އޭރުން މަރުވެ ދިޔަ ޞާލިޙުންގެ މަތިން މާ ބޮޑަށް ހަނދާންކުރެވޭނެ ކަމަށެވެ. ޝައިޠާނާގެ މި ވަސްވާސްތަކަށް މީހުން ހެއްލުންތެރިވެ، ވަރަށް ގިނަ ބުދުތަކެއް ހަދައިފިއެވެ. އަދި އެ ބުދުތައް، އެމީހުންގެ ގެތަކުގައްޔާއި ﷲ އަށް އަޅުކަންކުރެވޭ ތަންތަނުގައިވެސް ބަހައްޓައިފިއެވެ.
އަދި އެ ބުދުތަކަށް ވަރަށް މާތްކޮށް ހިތައެވެ. ސަބަބަކީ އެއީ ޞާލިޙު ބޭކަލުންގެ ބުދުތަކެވެ. މީސްތަކުންގެ ތެރޭގައި ޞާލިޙުންގެ ނަންތަކަށް ހެދިފައިވާ ބުދުތައް ގިނަވެގެން ދިޔައެވެ. އަދި އެ އެއްޗެއްސަށް މާތްކޮށް ހިތާ މިންވަރު މީސްތަކުންގެ ތެރޭގައި ބޮޑުވެގެން ދިޔައެވެ. އެ މީހުންގެ ތެރެއިން ޞާލިޙު މީހެއް މަރުވެއްޖެނަމަ، އެ މީހަކަށް ބުދެއް ހަދައެވެ.
___________________
މަޞްދަރު: قصص النبيين للأطفال