[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫޙުގެފާނުގެ ވާހަކަ – 7

  • ބުދަށް އަޅުކަން ކުރުން

 

   އެ މީހުން އޭރު އަޅުކަންކުރަމުން ދިޔައީ ހަމައެކަނި ﷲ އަށެވެ. އެއީ ބުދުތަކެއްކަން އެމީހުންނަށް މާ ރަނގަޅަށްވެސް އެނގެއެވެ. އަދި އެއީ ހިލަތަކެއްކަން ވެސް އެނގެއެވެ. އެ ބުދުތަކަކީ އެބައިމީހުންނަށް އެއްވެސް ފައިދާއެއް އަދި ގެއްލުމެއް ދެވޭނެ އެއްޗެއް ނޫންކަން ވެސް އެނގެއެވެ.

ދެން އެއަށްފަހު އާ ޖީލެއް އަނެއްކާވެސް ފެށިއްޖެއެވެ. ކުރީގައި އުޅުނު މީހުން މަރުވެއްޖެއެވެ. މަރުވެދިޔަ މީހުންގެ ދަރިންނަށް ފެނުނީ އެމީހުންގެ ކާބަފައިން އެ ބުދުތަކަށް މާތްކޮށް ހިތައި އުޅުނު ތަނެވެ. އެ މީހުންނަށް ފެނުނީ އެ މީހުންގެ ކާބަފައިން އެ ބުދުތަކަށް ބޮސްދީ އަދި އޭގައި ފިރުމާ، އަދި އެބުދުތަކުގެ ނަމުން ގޮވާ ތަނެވެ. އަދި އެ މީހުންނަށް ފެނުނީ އެ މީހުންގެ ކާބަފައިން އެ ބުދުތަކަށް ބޯ ތިރިކުރާ ތަނެވެ. އަދި އެ ބުދުތަކަށް ރުކޫޢަ ކުރާތަނެވެ.

އެ މީހުންގެ ކާބަފައިން ބުދުތަކަށް މާތްކޮށްހިތަން ކުރި ކަންކަމަށް، އެ މީހުން އިތުރުކޮށް، އިތުރު ކަންތައްތަކެއް ކުރިއެވެ. އެ މީހުން އިތުރުކުރީ ކޮން ކަންތައްތަކެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟ އެ މީހުން އެ ބުދުތަކަށް ސަޖިދަކުރަން ފެށިއެވެ. އަދި އޭގެ ކިބައިން ކަންކަމަށް އެދެން ފެށިއެވެ. އަދި އެއަށްޓަކައި އެއްޗެހި ކަތިލަން ފެށިއެވެ. އެ މީހުން އަޅުކަން ކުރާ ކަލާނގެތަކަކަށް އެ ބުދުތައް ހެދިއެވެ. އެކި ނަންތަކުގައި އަޅުކަން ކުރާ ބުދުތަކެއް އެބައިމީހުން އުފެއްދިއެވެ. އޭގެ ތެރޭގައި ވައްދު އޭ ކިޔޭ ބުދަކާއި، ސުވާޢު އޭ ކިޔުނު ބުދަކާއި، ޔަޣޫޘު ކިޔުނު ބުދަކާއި، ޔަޢޫޤޭ ކިޔުނު ބުދަކާ އަދި ނަސްރު އޭ ކިޔުނު ބުދެއް ހިމެނެއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ނޫޙުގެފާނުގެ ވާހަކަ