[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫހުގެފާނުގެ ވާހަކަ – 10

  • އާދަމުގެ ދަރިއެއްތަ؟ ނުވަތަ ރަސޫލެއްތަ؟

 

   އެ ރަސޫލަކީ އާދަމުގެ ދަރިންގެ ތެރެއިންވާ ބޭކަލެއްކަމުގައި ވުމަށް ﷲ އިރާދަކުރެއްވިއެވެ. ރަސޫލު ބޭކަލެއް ކަމުގައި ފޮނުއްވާ ބޭކަލަކީ އެ މީހުން ދަންނަ މީހެއް ކަމުގައި، އަދި އެ މީހުންގެ ބަސް ދެނެވަޑައިގަންނަވާ ބޭކަލެއް ކަމުގައި ވުމަށް ﷲ އިރާދަކުރެއްވިއެވެ.

އެ ރަސޫލު ބޭކަލަކީ މަލާއިކަތެއް ކަމުގައި ވާނަމަ މީސްތަކުން ބުނާނެއެވެ. އަހަރުމެންނާއި އޭނާއާއި އެއްފަދަވެގެންވޭ ހެއްޔެވެ. އެއީ މަލާއިކަތެކެވެ. އަހަރުމެންނީ އާދަމުގެ ދަރިންނެވެ. އަހަރުމެން ކައިބޮއި އުޅެމުއެވެ. އަދި އަހަރުމެންނަށް އަޙުލުންނާއި ދަރިން ވޭ އެވެ. އަހަރުމެން ﷲ އަށް އަޅުކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

އަދި ރަސޫލު ބޭކަލަކީ އާދަމުގެ ދަރިއަކަށް ވާނަމަ، އެބޭކަލަކު ވިދާޅުވާނެއެވެ. ތިމަންކަލޭގެފާނު ފަރިއްކުޅުއްވަމެވެ. އަދި ތިމަންކަލޭގެފާނަށް އަހުލުންނާއި ދަރިންވެސް ވެއެވެ. އަދި ތިމަންކަލޭގެފާނު އަޅުކަން ކުރައްވަނީ ހަމައެކަނި ﷲ އަށެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަން ނުކުރަނީ ކީއްވެ ހެއްޔެވެ!

އަދި ރަސޫލު ބޭކަލަކީ މަލާއިކަތް ބޭކަލަކަށް ވާނަމަ، މީސްތަކުން ބުނާނެއެވެ. ހަމަޔަޤީނުން ވެސް މި ބޭކަލަކީ ކަރުހިއްކަވާ އަދި ފަރިއްކުޅުވާ ބޭކަލެއް ވެސް ނޫނެވެ. އަދި ބަލިވާ އަދި އަވަހާރަވާ ބޭކަލެއް ވެސް ނޫނެވެ. އަބަދުވެސް ހުންނަވަނީ ﷲ ހަނދުމަކުރެއްވުމުގައްޔާއި އަޅުކަން ކުރެއްވުމުގައެވެ.

އަހަރުމެންނަކީ އާދަމުގެ ދަރިންނެވެ. އަހަރުމެންނަށް ކަރުހިއްކުމާއި، ބަނޑުހައިހޫނުކަން ކުރިމަތިލާން ޖެހެއެވެ. އަދި އެކި ބަލިތައް ވެސް ޖެހެއެވެ. އަދި މަރާއި ކުރިމަތިލާ ބަޔަކު ކަމުގައި އަހަރުމެން ވަމުއެވެ. އަބަދާއި އަބަދު ﷲ ގެ މަތިން ހަނދުމަކޮށް އެ ކަލާނގެއަށް އަޅުކަން ކުރާނީ ކިހިނެތް ހެއްޔެވެ؟

ރަސޫލު ބޭކަލަކީ އާދަމުގެ ދަރިޔަކަށް ވެއްޖެނަމަ، އެބޭކަލަކު ވިދާޅުވާނެއެވެ. ތިޔަބައިމީހުން ފަދައިން އަހުރެން ވެސް ކަރުހިއްކައި، ބަނޑުހައިފުޅު ވޭ އެވެ. އަދި ބަލިވެސްވެއެވެ. އަދި މަރާއި ބައްދަލުކުރައްވަންވެސް ޖެހެއެވެ. އަދި ﷲގެ މަތިން ހަނދުމަކޮށް އެކަލާނގެ އަށް އަޅުކަން ކުރައްވަމެވެ. ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަނުކުރެވެންވީ ދެން ކީއްވެ ހެއްޔެވެ؟ އަދި އެ ކަލާނގެއަށް އަޅުކަން ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

މީސްތަކުންގެ ބަސް ހުއްޓިއްޖެއެވެ. ދައްކާނެ އެއްވެސް ޢުޛުރެއް އެމީހުންނަކަށް ނުފެނުނެވެ. ސަބަބަކީ އެމީހުންގެ ތެރެއަށް ފޮނުވުނު ރަސޫލަކީ އެ މީހުންނާއި އެއްފަދަ އާދަމުގެ ދަރިޔަކެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ނޫޙުގެފާނުގެ ވާހަކަ