ރުކޫޢުގައި ކިޔާ ޛިކުރު
(1) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي رُكُوعِهِ: «سُبْحَانَ رَبِّيَ الْعَظِيمِ» [رواه أحمد]
ރަސޫލާ صلى الله عليه وسلم ރުކޫޢުގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
«سُبْحَانَ رَبِّيَ الْعَظِيمِ»
މާނައީ: “މިއަޅާގެ ރައްބު، މަތިވެރި ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ.” [ރިވާކުރެއްވީ އިމާމް އަޙްމަދު رحمه الله]
(2) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي رُكُوعِهِ وَسُجُودِهِ: «سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي» [متفق عليه]
ނަބިއްޔާ صلى الله عليه وسلم ރުކޫޢުގައްޔާއި ސަޖިދާގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
«سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي»
މާނައީ: “އިބަ ﷲ ގެ ހުސްތާހިރުވަންތަކަމާއެވެ! އޭ ﷲ! އަޅަމެންގެ ރައްބު! އަދި ހުރިހާ ޙަމްދު ތަޢުރީފެއް އިބަ ﷲ އަށް ލިބިވޮޑިގެންވެއެވެ. އޭ ﷲ! މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ.” [ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله]
(3) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي رُكُوعِهِ وَسُجُودِهِ: «سُبُّوحٌ قُدُّوسٌ، رَبُّ الْمَلَائِكَةِ وَالرُّوحِ» [رواه مسلم]
ނަބިއްޔާ صلى الله عليه وسلم ރުކޫޢުގައްޔާއި ސަޖިދާގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
«سُبُّوحٌ قُدُّوسٌ، رَبُّ الْمَلَائِكَةِ وَالرُّوحِ»
މާނައީ: “އެއިލާހު ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެވޮޑިގެންވެއެވެ. ހުރިހާ ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އެއިލާހީ މަލާއިކަތުންނާއި، ޖިބްރީލުގެ ރައްބެވެ.” [ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]
*********************
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –