[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޛިކުރުތައް – 6

ރުކޫޢިން ތެދުވެފައި ކުރާ ޛިކުރު

 

(1) رَفَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأْسَهُ مِنَ الرَّكْعَةِ قَالَ: «سَمِعَ اللَّهُ لِمَنْ حَمِدَهُ» قَالَ رَجُلٌ وَرَاءَهُ: “رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ”. فَلَمَّا انْصَرَفَ قَالَ: «مَنِ الْمُتَكَلِّمُ ؟» قَالَ: أَنَا، قَالَ: «رَأَيْتُ بِضْعَةً وَثَلَاثِينَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَكْتُبُهَا أَوَّلُ» [رواه البخاري]

ނަބިއްޔާ صلى الله عليه وسلم ރުކޫޢިން ތެދުވެވަޑައިގެން ވިދާޅުވިއެވެ.

«سَمِعَ اللَّهُ لِمَنْ حَمِدَهُ»

މާނައީ: “ﷲ ތަޢާލާ އެކަލާނގެއަށް ޙަމްދުކުރާމީހާގެ އަޑު އައްސަވައެވެ.”

ފަހެ ފަހަތުގައި ހުރި އަޞްޙާބުބޭކަލެއް ވިދާޅުވިއެވެ.

“رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ”

މާނައީ: ” އަޅަމެންގެ ރައްބު! ޙަމްދުހުރީ އިބަ އިލާހަށެވެ. ގިނަގުނަވެގެންވާ ޙަމްދާއި، ރަނގަޅުވެގެންވާ ޙަމްދާއި، ބަރަކާތްލެއްވިގެންވާ ޙަމްދުވަނީ އިބަ އިލާހަށެވެ.”

ފަހެ، ރަސޫލާ صلى الله عليه وسلم ނަމާދުން އަވަދިވެވަޑައިގެން، އަޞްޙާބުބޭކަލުންނާ ދިމާއަށް އެނބުރިވަޑައިގެންފައި ޙަދީޘްކުރެއްވިއެވެ. “ވާހަކަ ދެއްކެވީ ކޮންބޭކަލެއްތޯއެވެ. (އެބަހީ: އެ ދުޢާ ވިދާޅުވީ ކޮންބޭކަލެއްތޯއެވެ.)”

(އެދުޢާ ވިދާޅުވި ޞަޙާބީ ވިދާޅުވިއެވެ. “ތިމަންކަލޭގެފާނެވެ.”

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ތިރީސް އެތައް މަލާއިކަތް ބޭކަލުންނެއް އެކަލިމަފުޅު ލިޔުއްވަން އަވަސްވެވަޑައިގެންނެވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެއީ އެންމެ ފުރަތަމަ އެކަލިމަ ލިޔުއްވާ ބޭކަލަކަށް ވުމަށްޓަކައެވެ.” [ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]

 

(2) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ، قَالَ: «رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَاوَاتِ وَالْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالْمَجْدِ، أَحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ.

اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ» [رواه مسلم]

ނަބިއްޔާ صلى الله عليه وسلم ރުކޫޢިން ތެދުވެވަޑައިގެންފައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.”

«رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَاوَاتِ وَالْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالْمَجْدِ، أَحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ.

اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ»

މާނައީ: ” އޭ ﷲ! އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ އެއްޗަކާއި އަދި އެއަށްފަހުވެސް އިބަ ﷲ އިރާދަކުރެއްވި އެއްޗެއް ފުރާ އިބަ ﷲ އަށް ޙަމްދު ލިބިވޮޑިގެންވެއެވެ. އޭ އެންމެހާ ރިވެތި ޘަނާއާއި އެންމެހާ މަތިވެރިކަމެއްގެ ވެރި އިލާހު! އަޅަކު ދަންނަވާނެ އެންމެ ޙައްޤު ބަހަކީ މިއީއެވެ. އަދި އަޅަމެން އެންމެންނަކީ އިބަ ﷲ ގެ އަޅުންނީމުއެވެ. އޭ ﷲ! އިބަ ﷲ ދެއްވާ އެއްޗެއް މަނާކުރާނެ ފަރާތެއް ނުވެއެވެ. އަދި އިބަ ﷲ މަނާކުރެއްވި އެއްޗެއް ދޭނެ އެހެން ފަރާތެއްވެސް ނުވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަޞީބުވެރިޔަކަށް އޭނާގެ ޤަދަރުވެރިކަން ނުވަތަ ނަޞީބުވެރިކަން އިބައިލާހުގެ ޙަޟްރަތުން މެނުވީ އެއްވެސް ފައިދާއެއް ނުކޮށްދޭނެއެވެ. (ހަމައެކަނި ފައިދާދޭ އެއްޗަކީ ޞާލިހު ޢަމަލެވެ.)” [ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]

*********************

ނޯޓް: ރުކޫޢުން ތެދުވުމަށްފަހު (سمع الله لمن حمده) ކިޔުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ޛިކުރުތަކުގެ ތެރެއިން ކޮންމެވެސް އެއް ޛިކުރެއް ކިޔުމުން ފުދޭނެއެވެ. ނުވަތަ (ރުކޫއުން ތެދުވުމަށްފަހު ކިޔުމަށް) ރަސޫލާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާ އެހެން ޛިކުރެއް ކިޔުމުންވެސް ފުދޭނެއެވެ.

 

 

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –

ގުޅުންހުރި ލިޔުންތައް