[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫޙުގެފާނުގެ ވާހަކަ – 14

  • ކަލޭގެފާނަށް ތަބާވަނީ ހަމައެކަނި ނިކަމެތިން

 

ﷲ ގެ މަގަށް، ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ގޮވާލެއްވިއެވެ. އެއީ އެމީހުން ބުދުތައް ދޫކޮށް، ﷲ އަށް އީމާންވެ، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރޭތޯއެވެ. އެކަމަކު ވަރަށް މަދު ބަޔަކު މެނުވީ، އެކަލޭގެފާނުގެ މި ގޮވައިލުމަށް އީމާނެއް ނުވިއެވެ. އީމާންވީ ޤައުމުގައި ތިބި ނިކަމެތި ފަޤީރުންނެވެ. ޤައުމުގައި ތިބި ބޮޑުންނާ އަދި މުއްސަނދިން، ނޫޙުގެފާނުގެ ދަޢުވަތަށް ޢިޖާބައެއް ނުދިނެވެ. އެއީ އެމީހުންގެ ހިތުގައިވާ ކިބުރުވެރިކަމާއި ބޮޑާވެރިކަމުގެ ސަބަބުންނެވެ. އެމީހުން މަޝްޣޫލުވާން ފެށީ އެމީހުންގެ މުދާތަކާއި ދަރިންނާއި ގެންނެވެ. އެމީހުން ބުނެއެވެ. އަހަރުމެންނަކީ ޤައުމުގެ ޢިއްޒައްތެރިންނެވެ. ކަލޭގެފާނަށް ތަބާވަނީ ހަމައެކަނި ދެރަނިކަމެތި މަދު ބަޔެކެވެ.

ނޫޙުގެފާނު އެމީހުންނަށް ﷲ އަށް އީމާންވުމަށް ގޮވައިލެއްވުމުން އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ.

(أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ)[1]

މާނަ: “ކަލޭގެފާނަށް ތަބަޢަވެގެން ތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާން ވާނެތޯއެވެ؟”

އަދި ނޫހުގެފާނުގެ ކިބައިން އެ މީހުން އެދުނީ ދެރަ ނިކަމެތިން އެކަލޭގެފާނުގެ އަރިހުން ބޭރުކުރެއްވުމަށެވެ. އެކަމަކު އެ މީހުންގެ ހުށަހެޅުމަށް ނޫޙުގެފާނު ދެކޮޅުހައްދަވައި ވިދާޅުވިއެވެ.

(وَمَا أَنَا بِطَارِدِ الْمُؤْمِنِينَ)[2]

މާނަ: “އަދި އީމާން ވެގެންތިބި މީހުން ފަހައި ދުރަށްލާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.”

(إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ)[3]

މާނަ: “ބަޔާން ވެގެންހުރި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ.

އީމާންވެގެން ތިބި މީހުންނަކީ ދެރަނިކަމެތިން ކަމުގައި ވިޔަސް، އެމީހުން ﷲ އަށް އީމާންވެގެން އެ ތިބީ އިޚްލާސްތެރިކަމާ އެކުގައެވެ. އެމީހުން އެކަލޭގެފާނުގެ އަރިހުން ބޭރުކޮށްފިނަމަ، ﷲ ތަޢާލާގެ ކޯފާ އާއި އެކަލޭގެފާނު ކުރިމަތިލާން ޖެހޭނެއެވެ. އެހިނދު އެއްވެސް މީހަކަށް އެކަލާނގެ ނަޞްރެއް ނުދެއްވާނެއެވެ. ނޫޙުގެފާނު ވިދާޅުވިއެވެ.

(وَيَا قَوْمِ مَن يَنصُرُنِي مِنَ اللَّـهِ إِن طَرَدتُّهُمْ)[4]

މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، އެއުރެން ފަހައި ބޭރުކޮށްފިނަމަ، اللَّه ގެ ޢަޛާބުން އަހުރެން ސަލާމަތްކޮށް ނަޞްރު ދޭނީ ކާކު ހެއްޔެވެ؟”

___________________

މަޞްދަރު: قصص النبيين للأطفال

 

ނޫޙުގެފާނުގެ ވާހަކަ

 

[1] الشعراء 111

[2] الشعراء 114

[3] الشعراء 115

[4] 30 هود