-
މުއްސަނދިންގެ ބަހަނާ
ނޫޙުގެފާނުގެ ޤައުމުގެ މުއްސަނދިން ބުންޏެވެ. ނޫޙުގެފާނު އެ ގޮވައިލަނީ ޙައްޤު މަގަކަށް ނޫނެވެ. އަދި އެ މަގުގައި އެއްވެސް ހެޔޮކަމެއްވެސް ނުވެއެވެ.
ހަމަޔަޤީނުންވެސް އަހަރުމެން އެކަން ތަޖުރިބާ ކޮށްފީމެވެ. މީގެ ކުރިން ހުރިހާ ކަމެއްގައި އަހަރުމެންނަށް ވަނީ ހެޔޮކަމެވެ. އަހަރުމެން ކާން ހުންނަނީ އެންމެ ރަނގަޅު ބާވަތްތަކުގެ ކާތަކެއްޗެވެ. އަދި އަހަރުމެން ލަނީ އެންމެ ރީތި ހެދުންތަކެވެ. އަދި ހުރިހާ މީސްތަކުން އަހަރުމެންނަށް ކިޔަމަންތެރިވެއެވެ. ހަމަޔަޤީނުންވެސް އަހަރުމެން ދެކޭ ގޮތުގައި، އަހަރުމެން މިތިބި ދީނަކީ ރަނގަޅު ދީނެއް ނޫން ނަމަ، އަހަރުމެންނަށް މިހުރިހާ މޮޅެއް ނުލިބުނީހެވެ. ނޫޙުގެފާނު ގެންނެވި ދީނުގައި ހެޔޮކަން ވީނަމަ، އެ ނިކަމެތި ފަޤީރުންނަށް ވުރެ ކުރިން އަހަރުމެން އެ ދީނަށް ތަބާވީހެވެ. ކާފިރުވީ މީހުން އީމާންވި މީހުންނަށް ބުންޏެވެ.
(لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ)[1]
މާނަ: “(އެކަލޭގެފާނު ގެންނެވި ތަކެއްޗަށް އީމާންވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެއުރެން އެކަމަށް އިސްނަގައިގެން ނުދިޔައީހެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] الأحقاف 11