[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫޙުގެފާނުގެ ވާހަކަ – 17

  • ނޫޙުގެފާނު ﷲ އަށް ދުޢާ ދެންނެވުން

 

ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ރެއާއި ދުވާލު މަސަކަތްކުރެއްވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވާލެއްވީ ކިތައް އަހަރުކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟ އެމީހުންނަށް ދަޢުވަތު ދިނުމުގައި 950 އަހަރު ވަންދެން ހުންނެވިއެވެ. އެހެނެއް ކަމަކު އެމީހުންނެއް ﷲ އަށް އީމާނެއް ނުވިއެވެ. ބުދަށް އަޅުކަން ކުރުމުގައި ދެމިތިބީއެވެ. ﷲ ގެ މަގަށް އެނބުރި އައުމަށް އެމީހުންނެއް ބޭނުމެއް ނުވިއެވެ. ނޫޙުގެފާނު އެ މީހުންނަށް ދަޢުވަތު ދެއްވުމުގައި ކިހާ ދުވަހެއް ހުންނަވަންނީ ހެއްޔެވެ!

ބިން ފަސާދަވެގެންދާ ތަން ބައްލަވަން ހުންނަވަންވީ ކޮން އިރަކަށް ހެއްޔެވެ!

އެ މީހުން ހިލަތަކަކަށް އަޅުކަން ކުރާތަން ބައްލަވަން ހުންނަވަންވީ ހެއްޔެވެ!

އެމީހުން، ﷲ ދެއްވި ރިޒުޤު ކައިބޮއި އުޅޭ އިރު، އެ އިލާހު ނޫން އެހެން ފަރާތްތަކަށް އަޅުކަން ކުރާ މަންޒަރު ބައްލަވަންވީ ހުންނަވަންވީ ހެއްޔެވެ؟ ނޫޙުގެފާނު ކޯފާނުވާންވީ ކީއްވެ ހެއްޔެވެ! ހަމަޔަޤީނުންވެސް އެކަލޭގެފާނު އެވަނީ ވަރަށް ބޮޑަށް ކެތްކުރައްވާފައެވެ. 950 އަހަރު ވަންދެން އެ މީހުންނަށް ﷲ އަށް އީމާންވުމަށް އެކަލޭގެފާނު ގޮވާލައްވައިފިއެވެ. ﷲ ގެ ޙުސްތާހިރުވަންތަކަމާ އެވެ. ނޫޙުގެފާނަށް ﷲ ވަޙީކުރެއްވިއެވެ.

(أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ)[1]

މާނަ: “ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން މިހާތަނަށް އީމާން ވެގެންތިބި މީހުން މެނުވީ، އެހެންމީހަކު ދެން އީމާނެއް ނުވާނެއެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!”

ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ﷲއަށް އީމާންވުމަށް އަނެއްކާވެސް ގޮވާލެއްވިއެވެ. އެހިނދު ޤައުމުގެ މީސްތަކުން އެކަލޭގެފާނަށް ދެންނެވިއެވެ.

(يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ)[2]

މާނަ: “އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ ވަޢުދު ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ!”

ނޫޙުގެފާނު އެކަލޭގެފާނު ޤައުމުގެ މީސްތަކުންނާއި މެދު މާޔޫސްވިއެވެ. އަދި ﷲ އަށް ދުއާ ދެންނެވިއެވެ. އޭ އަޅުގެ ވެރި ރައްބެވެ! ކާފިރުވީ އެއްވެސް މީހަކު މި ބިންމަތީ ނުބަހައްޓަވާނދޭވެ!

___________________

މަޞްދަރު: قصص النبيين للأطفال

 

ނޫޙުގެފާނުގެ ވާހަކަ

 

[1] هود 36

[2]    هود 32