[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫޙުގެފާނުގެ ވާހަކަ – 21

  • އެއީ ކަލޭގެފާނުގެ އަހުލުންތެރެއިންވާ މީހެއް ނޫން!

 

(وَنَادَىٰ نُوحٌ رَّبَّهُ فَقَالَ رَبِّ إِنَّ ابْنِي مِنْ أَهْلِي وَإِنَّ وَعْدَكَ الْحَقُّ وَأَنتَ أَحْكَمُ الْحَاكِمِينَ)[1]

މާނަ: “ނޫޙުގެފާނު، އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް މުނާޖާ ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. މި އަޅުގެ ވެރި ރައްބެވެ! ހަމަކަށަވަރުން، މި އަޅާގެ ދަރި ވަނީ، މި އަޅާގެ އަހުލު ވެރިންގެ ތެރެއިންނެވެ. އަދި ހަމަކަށަވަރުން، އިބައިލާހުގެ ވަޢުދުފުޅަކީ، ޙައްޤު ބަސްފުޅެވެ. އަދި އިބައިލާހީ ޙުކުމު ކުރައްވާ، އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ.”

ނަސަބުގެ މާތް ކަމަކަށް ﷲ ބައްލަވާވޮޑިގެންނެއް ނުވެއެވެ. އެކަލާނގެ ބައްލަވާވޮޑިގަންނަވަނީ އިންސާނުން ކުރާ ޢަމަލުތަކަށެވެ. މުޝްރިކުންނަށް ވާ ޝަފާޢަތް ﷲ ޤަބޫލެއް ނުކުރައްވައެވެ. އެއީ ނަބީބޭކަލުންގެ ގާތް ތިމާގެ މީހުންނަށް ވިޔަސް މެއެވެ. އަދި ނަބީބޭކަލެއްގެ ދަރިކަލަކަށް ވީ ކަމުގައި ވިޔަސްމެއެވެ. ﷲ ތަޢާލާ ނޫޙޫގެފާނަށް އެކަމާ ގުޅިގެން ނަސޭޙަތް ދެއްވިއެވެ. ވަޙީ ކުރެއްވިއެވެ.

(قَالَ يَا نُوحُ إِنَّهُ لَيْسَ مِنْ أَهْلِكَ ۖ إِنَّهُ عَمَلٌ غَيْرُ صَالِحٍ ۖ فَلَا تَسْأَلْنِ مَا لَيْسَ لَكَ بِهِ عِلْمٌ ۖ إِنِّي أَعِظُكَ أَن تَكُونَ مِنَ الْجَاهِلِينَ)[2]

މާނަ: “އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ އަހުލު ވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ ޢަމަލަކީ، ރަނގަޅު ނޫން ޢަމަލެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއް ނުވާ ކަންތަކަށް އެދި، ތިމަންއިލާހުގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންއިލާހު ކަލޭގެފާނަށް ނަސޭޙަތް ތެރިވެވޮޑިގެންވަމެވެ.”

ނޫޙުގެފާނަށް އެކަން ވިސްނިވަޑައިގަތެވެ. އަދި ފާފަފުއްސަވައިދެއްވުމަށް އެދި، ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ.

(رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ)[3]

މާނަ: “އަޅުގެ ވެރި ރައްބެވެ! ހަމަކަށަވަރުން، މިއަޅާއަށް، އެކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް، އިބައިލާހުގެ ޙަޟްރަތަށް އެދި ދެންނެވުމުން، މިއަޅާ ސަލާމަތްކުރެއްވުން އެދި، އިބައިލާހުގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބައިލާހު މިއަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި ރަޙުމަތް ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން މިއަޅާ ވެދާ ހުށްޓެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

ނޫޙުގެފާނުގެ ވާހަކަ

 

[1]45 هود

[2] 46 هود

[3] 47  هود