[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޫދުގެފާނުގެ ވާހަކަ 1

  • ނޫޙުގެފާނަށް ފަހު

 

ނޫޙުގެފާނުގެ ފަހުން ކަންތައްވެ ދިޔަގޮތް ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އެކަލޭގެފާނުގެ ފަހުން އެކަލޭގެފާނުގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރިގެން ދިޔައެވެ.  ނޫޙުގެފާނުގެ ދަރިފަސްކޮޅަށް ﷲ ބަރަކާތް ލައްވާށިއެވެ.

“ޢާދު”ގެ މީހުންގެ ވާހަކަ ތިޔަކުދިން އަޑުއަހަން ހެއްޔެވެ؟

ޢާދު ބާގައިމީހުންނަކީ ވަރަށް ވަރުގަދަ ބައެކެވެ. އެމީހުންގެ ހަށިގަނޑުތައް ވަރުގަދަކަމުން ދަގަނޑު ފަދައެވެ. ބާރުގެ ގޮތުން މިމީހުން އެހެން އެންމެންނަށް ވުރެ ކުރިހޯދިއެވެ. މި މީހުން އެއްވެސް މީހެއް ދެކެ ބިރެއްވެސް ނުގަނެއެވެ. ނަމަވެސް ޢާދު ބާގައިމީހުންގެ ބާރުގަދަކަން ފެނުމުން އެހެން މީހުން މި މީހުން ދެކެ ވަރަށް ބިރުގަނެއެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ޢާދު ބާގައިމީހުން އަތުގައިވާ އެއްޗެހީގައި ﷲ ތަޢާލާ ބަރަކާތް ލެއްވިއެވެ. ވާދީތައް ފުރޭ ވަރަށް އެމީހުން އަތުގައި ޖަމަލާއި ކަންބަޅިއާއި މިނޫންވެސް އެއްޗެހި ވެއެވެ. އަދި އެމީހުންނަށް ﷲ ތަޢާލާ ވަރަށް ގިނަ ދަރިންވެސް ދެއްވިއެވެ. އެމީހުން ދިރިއުޅޭ ބިމަކީ ވަރަށް ފެހި ބިމެކެވެ. އެ ބިމުގައި ވަރަށް ރީތި ބަގީޗާތައް ވެއެވެ. އަދި އެހާމެ ގިނަ ކޯރުތައްވެސް އެބިމުގައި ﷲ ތަޢާލާ ލެއްވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

ހޫދުގެފާނުގެ ވާހަކަ