[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޫދުގެފާނުގެ ވާހަކަ 4

  • ޢާދު ބާގައިމީހުންގެ ކިއްލާތައް

 

ޢާދު ބާގައިމީހުން ހީކުރީ އެމީހުންނަކީ އަބަދުގެ އަބަދަށް ދުނިޔޭގައި ދިރިއުޅޭނެ ބައެއް ކަމުގައެވެ. އެމީހުންނަކީ ދުވަހަކުވެސް މަރުނުވާނެ ބައެއް ކަމުގައެވެ. އެހެންކަމުން، ތާއަބަދު އެތަނުގައި ދިރިއުޅުމަށް އެމީހުން ގެތަށް ބިނާކޮށް ހެދިއެވެ. އެމީހުންނަށް ހުސްތަނެއް ނުވަތަ އުފުލިފައިވާ ބިމެއް ފެނުނަސް، އެތަނުގައި އެމީހުން ގެތަކާއި ކިއްލާތައް ބިނާކުރިއެވެ. ބޭނުމެއް ނެތަސް އެތަނުގައި ބިނާތައް ހަދާ އުޅުނެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ޢާދު ބާގައިމީހުންނަކީ އެމީހުންގެ އަތްތަކުން ހިލަތައް ކަނޑައި ކޮށައިގެން، ގެ ހަދާ ބައެކެވެ. އުސްވެގެންވާ ކިއްލާތައް ހެދުމުގައި، އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް، ފަޚުރުވެރިވެ އުޅުނެވެ. އެމީހުންގެ މުދާތައްވެސް ހޭދަވަނީ އެކަމުގައެވެ.

 

  • ހޫދުގެފާނަކީ ރަސޫލެއް

 

ޢާދު ބާގައިމީހުން، ﷲ ތަޢާލާ އެމީހުންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކަށް ކާފަރުވެ، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރިއެވެ. ﷲ ތަޢާލާ އެމީހުންނަށް ދެއްވި ބުއްދީގެ ބޭނުން އެމީހުން ކުރީ ކެއުމާއި ބުއިމާއި، ކުޅިވަރުކުރުމުގައްޔާއި، ބޭކާރުކަންކަމުގައި ވަގުތު ހޭދަކުރުމާއި ގެތައް ބިނާކުރުމުގައެވެ. އެ މީހުންގެ ބުއްދިވަނީ ފަސާދަވެފައެވެ.

ނަމަވެސް، ﷲ ތަޢާލާއަކީ އެކަލާނގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ އިލާހެވެ. އެމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެއިލާހު އެބައިމީހުންގެ ގާތަށް ރަސޫލުބޭކަލެއް ފޮނުއްވިއެވެ.

އެއީ ކޮން ރަސޫލުބޭކަލެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އާނއެކެވެ! އެއީ ސަލާމާއި ޞަލަވާތް ލެއްވި ހޫދުގެފާނެވެ. ހޫދުގެފާނު އުފަންވެވަޑައިގެންނެވީ ޢާދު ބާގައި ޝަރަފުވެރި ޢާއިލާއަކަށެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

ހޫދުގެފާނުގެ ވާހަކަ