[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 1

ފެށުން

 

 

ޙަމްދު ހުރީ ﷲ އަށެވެ. އަހަރުމެން ޙަމްދު ކުރަނީ އެކަލާނގެ އަށެވެ. އަދި އަހަރުމެން އެހީތެރިކަމަށާއި، ފާފަފުއްސަވައި ދެއްވުމަށް އެދެނީ އެ އިލާހުގެ ޙަޟްރަތުންނެވެ. އަދި ތައުބާވަނީ ވެސް އެކަލާނގެއަށެވެ. އަހަރުމެންގެ ނަފްސުގެ ނުބައިކަމުންނާއި، ނުބައި ޢަމަލުތަކުން ރައްކާތެރިކޮށްދެއްވުން އެދެމެވެ. ﷲ އެ މީހަކަށް ހިދާޔަތް ދައްކަވައިފި އަޅެއް، މަގުފުރައްދާނެ ފަރާތެއް ނުވެއެވެ. އަދި ﷲ ތަޢާލާ މަގުފުރައްދައިފި އަޅަކަށް ހިދާޔަތް ދައްކަވާނެ ފަރާތެއް ނުވެއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް އަޅުހެކިވަމެވެ. އެ އިލާހަށް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނަކީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވަމެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އަދި އެ ބޭކަނލުންނަށް ތަބާވެގެންވީ މީސްތަކުންނަށްވެސް މެއެވެ.

އެއަށްފަހު ދަންނާށެވެ! ﷲ އަށް ތަޤްވާވެރިވުމަކީ ދުނިޔަވީ ކަންކަމުގައްޔާއި ދީނީކަންކަމުގައި އަޅަކަށް އެންމެ ހެޔޮކަން އިތުރުކޮށްދެއްވާނެ މަގެވެ.

ތަޤްވާއަކީ ތިބާ ﷲ ތަޢާލާގެ ޢަޛާބާއި ދެމެދު ރައްކާތެރިވުމުގެ މަގެއް ހޯދުމެވެ. ﷲ ތަޢާލާ އަމުރުކުރެއްވި ކަންތައް ކުރުމެވެ. އަދި ނަޙީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. ޙަޤީޤަތުގައި ﷲ އަށް އަޅުވެތިވެވޭނީ އެހާ ހިސާބުންނެވެ. ފަހެ ތަޤްވާވެރިކަމަކީ މުޅި ދީނެވެ. ދުނިޔެއާއި އާޚިރަތުގައި އެކަމުގައި ވަރަށް ގިނަ ފައިދާތަކެއްވެއެވެ. ﷲގެ ވާގިފުޅާއި ލައިގެން، މި ފޮތުގައި ކީރިތި ޤުރުއާނުގައި ހުރި ތަޤުވާގެ ފައިދާތަކެއް ބަޔާންކުރާނަމެވެ.

 

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

 

މި ލިޔުމުގެ އެހެންބައިތައް