ކީރިތި ޤުރުއާނުގެ އާޔަތްތަކުން ތަޤުވާގެ ފައިދާތައް
- ތަޤްވާގެ ސަބަބުން ޤުރުއާނުން ހިދާޔަތް ލިބިގެންދޭ
)ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ([1]
މާނަ: “މިއީ އެ ފޮތެވެ. އެފޮތާމެދު ޝައްކެއް ނެތެވެ. (މި ފޮތަކީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ.”
- ތަޤްވާއަކީ ކާމިޔާބު ލިބުމުގެ ސަބަބެއް
(وَأُولَـٰئِكَ هُمُ الْمُفْلِحُونَ)[2]
މާނަ: “އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ.”
- ތަޤްވާއަކީ ހެޔޮ ނަސޭޙަތުން ފައިދާ ލިބޭ ސަބަބެއް
(فَجَعَلْنَاهَا نَكَالًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ)[3]
މާނަ: “ފަހެ އެ ކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެ ފަހުން އަންނާނެ މީހުންނަށް ވަރުގަދަ ޢިބްރަތެއް ކަމުގައްޔާއި، ތަޤްވާވެރިންނަށް ފުރިހަމަ ނަޞޭޙަތެއް ކަމުގައި ތިމަންއިލާހު އެ ކަންތައް ލެއްވީމެވެ.”
- އީމާންވުމުގެ އިތުރަށް ތަޤްވާގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބުލިބިގެންދޭ
(وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا لَمَثُوبَةٌ مِّنْ عِندِ اللَّـهِ خَيْرٌ)[4]
މާނަ: “ހަމަކަށަވަރުން އެއުރެން އީމާންވެ ތަޤްވާވެރިވިނަމަ، ﷲގެ ހަޟްރަތުން (އެއުރެންނަށް) ހުރި ޘަވާބުގެ ހެޔޮކަން މާބޮޑެވެ.”
- ޙަޤީޤީ ހެޔޮކަން ނެގިފައިވަނީ ތަޤުވާއިން
(وَلَـٰكِنَّ الْبِرَّ مَنِ اتَّقَ)[5]
މާނަ: “އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ އަށް ތަޤްވާވެރިވެއްޖެ މީހެކެވެ.”
- ތަޤްވާއަކީ ކާމިޔާބު ލިބެނިވި ސަބަބެއް
(وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ)[6]
މާނަ: “އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”
- ތަޤްވާއަކީ ﷲ އަށް ޚާއްޞަ ކުއްތަންވުމެއް ޙާޞިލުކޮށްދޭ ސަބަބެއް
(وَاعْلَمُوا أَنَّ اللَّـهَ مَعَ الْمُتَّقِينَ)[7]
މާނަ: “އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތަޤްވާވެރިންނާއެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ!”
- ތަޤްވާއަކީ ﷲ ގެ ޢަޛާބުން އަމާންކަން ލިބިގަނެވޭ ސަބަބެއް
(وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ)[8]
މާނަ: “އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ!”
- ތަޤްވާއަކީ އެންމެ ހެޔޮ ކޮއްތު
(وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ)[9]
މާނަ: “އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާއެވެ.”
- ޤިޔާމަތް ދުވަހު އެންމެ މާތް މީހުންނަކީ ތާޤްވާގެ ސިފައިން ސިފަލިބިފައިވާ ބަޔެއް
(وَالَّذِينَ اتَّقَوْا فَوْقَهُمْ يَوْمَ الْقِيَامَةِ)[10]
މާނަ: “ތަޤްވާވެރިވި މީހުން ޤިޔާމަތް ދުވަހުން ވާހުށީ، އެއުރެންނަށް ވުރެ މަތީގައެވެ.”
= ނުނިމޭ =
_____________________
މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.
[1] سورة البقرة 2
[2] سورة البقرة 5
[3] سورة البقرة 66
[4] سورة البقرة 103
[5] سورة البقرة 189
[6] سورة البقرة 189
[7] سورة البقرة 194
[8] سورة البقرة 196
[9] سورة البقرة 197
[10] سورة البقرة 212