-
ޢާދު ބާގައިމީހުންގެ ޖަވާބު
ޢާދު ބާގައިމީހުންނަކީ ދުނިޔޭގެ ވަގުތީ ދިރިއުޅުމަށް ރުހިގެން ތިބި ބައެކެވެ. އެމީހުންގެ ވަގުތުތައް ބޭކާރު ކުރަނީ ކެއިންބުއިމާއި ކުޅިވަރުކުޅުމާ އަދި ބޭކާރު ކަންކަމުގައެވެ. އެހެންކަމުން، ހޫދުގެފާނު ދައްކަވާ ވާހަކަފުޅުތަކުން މި މީހުންގެ ހިތްތަކަށް ދަތިކަން ލިބުނެވެ. އެމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުންޏެވެ. ހޫދުގެފާނަކީ މޮޔައެކެވެ.
ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ﷲ އަށް އީމާންވުމަށް ގޮވައިލެއްވުމުން، އެ ޤައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވިއެވެ.
(إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ) [1]
މާނަ: “ހަމަކަށަވަރުން ކަލޭގެފާނުވަނީ މޮޔަކަމެއްގެ ތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ.”
(قَالَ يَا قَوْمِ لَيْسَ بِي سَفَاهَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ)[2]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ތިމަންކަލޭގެފާނުގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނަކީ ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތުން ފޮނުއްވުނު ރަސޫލަކީމެވެ.”
(أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ) [3]
މާނަ: “ތިމަންކަލޭގެފާނުގެ ރައްބުގެ ރިސާލަތު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ފޯރުކޮށްދެއްވަމެވެ. އަދި ތިމަންކަލޭގެފާނީ ތިޔަބައިމީހުންނަށްވާ އަމާނާތްތެރި ނަސޭޙަތްތެރިއަކީމެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] الأعراف 66
[2] الأعراف 67
[3] الأعراف 68