-
ހޫދުގެފާނުގެ ޙިކުމަތް
ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ޙިކުމަތްތެރިކަމާއި އޯގާތެރިކަމާ އެކުގައި ދީނަށް ގޮވައިލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ.
(وَيَا قَوْمِ لَا أَسْأَلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِيَ إِلَّا عَلَى اللَّـهِ) [1]
މާނަ: “އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، ﷲ ގެ ޙަޟްރަތުން ނޫނީ ނުވެއެވެ.”
ހޫދުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުން ﷲ އަށް އީމާން ވެއްޖެނަމަ، އެމީހުންގެ މުދަލުން އެއްވެސް އެއްޗެއް އުނި ނުވާނެކަން އެބައިމީހުންނަށް ބަޔާންކޮށްދެއްވައި ނަސޭޙަތް ދެއްވިއެވެ. އަދި އޭގެ ސަބަބުން އެބައިމީހުންގެ މުދަލުގައި ﷲ ބަރަކާތް ލައްވައި އެމީހުންގެ ބާރު އިތުރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދިވެސް އެކަލޭގެފާނު ނަސޭޙަތް ދެއްވަމުން ވިދާޅުވަމުން ގެންދެވިއެވެ. ހަމަ ޔަޤީނުންވެސް ﷲ ތަޢާލާ ހުރިހާ އެންމެންނަށް ވަޙީ ބާވައިނުލައްވައެވެ. އަދި ހުރިހާ އެންމެންނަށް ވަކިވަކިން ކަންތައް ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބަޔާންކޮށްދެއްވާ، މުޚާޠަބު ނުކުރައްވައެވެ. އެކަމަކު ކޮންމެ ޤައުމަކަށްވެސް ނަސޭޙަތްދީ ވާހަކަދެއްކެވުމަށް، އެމީހުންގެ ތެރެއިން މީހަކު މާތް ﷲ ފޮނުއްވައެވެ.
ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟
ﷲ ތަޢާލާ އެމީހުންގެ ގާތަށް ހޫދުގެފާނު ފޮނުއްވީވެސް އެމީހުންނާއި ވާހަކަ ދައްކާ ނަސޭޙަތްތެރި ވުމަށްޓަކައެވެ.
(أَوَعَجِبْتُمْ أَن جَاءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ) [2]
މާނަ: “ތިޔަބައިމީހުންނަށް އިންޛާރުކުރެއްވުމަށްޓަކައި ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ހަނދާންކޮށްދިނުމެއް އައިކަމަށްޓަކައި، ތިޔަބައިމީހުން ހައިރާންވީ ހެއްޔެވެ!”
___________________
މަޞްދަރު: قصص النبيين للأطفال
[1] 29 هود
[2] الأعراف 69