[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 4

  1. ތަޤްވާއަކީ ޢިލްމާ އަދި ކީރިތި ޤުރުއާނުން ވަޢުޡާއި ނަޞޭޙަތް ލިބިގަނެވޭ ސަބަބެއް

(هَـٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ)[1]

މާނަ: “މިއީ މީސްތަކުންނަށް އޮތް ސާފުސީދާ ބަޔާނެކެވެ. އަދި މަގު ދެއްކެވުމެކެވެ. އަދި ތަޤްވާވެރިނަށްއޮތް ވަޢުޠެކެވެ.”

  1. ތަޤްވާއާއެކު ކެތްތެރިވުން ހިމެނެނީ ޢަޒުމު ކަނޑައަޅަންޖެހޭ ކަންތަކުގެ ތެރެއިން. އެހެންކަމުން އެނގިގެންދަނީ ތަޤްވާގެ ސަބަބުން މީހާގެ ޢަޒުމު ވަރުގަދަވެގެންދާ ކަމެވެ.

(وَإِن تَصْبِرُوا وَتَتَّقُوا فَإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ)[2]

މާނަ: “ތިޔަބައިމީހުން ކެތްތެރިވެ، ތަޤްވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެކަންކަންވަނީ ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.”

  1. ތަޤްވާވެރިންނަށް ހުރީ އެތަނުގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުރި ސުވަރުގެތައް

(لَـٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا)[3]

މާނަ: “އެހެނެއްކަމަކު އެއުރެންގެ ވެރިރައްބަށް ތަޤްވާވެރިވިމީހުންނަށް، އެތަންތަނުގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތަނުގައި، އެއުރެން ދެމިތިބޭ ޙާލުގައެވެ.”

  1. ތަޤްވާވެރިވުމަކީ ފަލާހު ލިބެނިވި ސަބަބެއް

(وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ)[4]

މާނަ: “އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.”

  1. ތަޤްވާވެރިންނަށް މި ދުނިޔޭގެ ހަޔާތަށްވުރެ އާޚިރަށް ހެޔޮވެގެންދޭ

(وَالْآخِرَةُ خَيْرٌ لِّمَنِ اتَّقَىٰ)[5]

މާނަ: “އަދި ތަޤްވާވެރިވި މީހަކަށް އާޚިރަތުގެ ހެޔޮކަން ބޮޑެވެ.”

  1. ތަޤްވާވެރިވުމަކީ އެމީހެއްގެ ފާފަތައްފުއްސެވި ރަޙުމަތް ލިބިގަނެވޭ ސަބަބެއް

(وَإِن تُصْلِحُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ غَفُورًا رَّحِيمًا)[6]

މާނަ: “އަދި ތިޔަބައިމީހުން (އެކަން) އިޞްލާޙުކޮށް ތަޤްވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

  1. ތަޤްވާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޢަމަލު ޤަބޫލުވަނިވި ސަބަބެއް

(قَالَ إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ)[7]

މާނަ: “އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ.”

  1. ތަޤްވާއަކީ ކާމިޔާބު ލިބެނިވި ސަބަބެއް

(اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ)[8]

މާނަ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި އެއިލާހުގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގު ތިޔަބައިމީހުން އެދޭށެވެ! އަދި އެއިލާހުގެ މަގުގައި ތިޔަބައިމީހުން ޖިހާދަކުރާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.”

  1. ތަޤްވާގެ ސިފަ ލިބިގެންވާ މީހުންނަކީ، ﷲ ތަޢާލާ ބަވައިލެއްވި ފޮތްތަކުން ވަޢުޡާއި، ނަޞޭހަތް ލިބިގަނެ ހިދާޔަތް ލިބިފައިވާ ބަޔެއް

(وَآتَيْنَاهُ الْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ)[9]

މާނަ: “އަދި ތިމަންއިލާހު އެކަލޭގެފާނަށް އިންޖީލު ދެއްވީމެވެ. އޭގައި ތެދުމަގާއި ނޫރު ވެއެވެ. އެއީ އޭގެކުރިން ބާވައިލައްވާފައިވާ ތައުރާތުގައިވާ ކަންތައް ތެދުކުރަނިވި ގޮތުގައެވެ. އަދި ތަޤްވާވެރިންނަށް ތެދުމަގާއި، ވަޢުޠެއެއް ކަމުގައެވެ.”

  1. ތަޤްވާއަކީ ފާފަތައް ފޮހެވިގެން ދިއުމާއެކު ސުވަރުގެއަށް ވަދެވޭ ސަބަބެއް

(وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُوا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ)[10]

މާނަ: “ހަމަކަށަވަރުން ފޮތުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރި ވީނަމަ، އެއުރެންގެ ކުށްތައް ތިމަންއިލާހު އެއުރެންގެ ކިބައިން ފުއްސެވީމުހެވެ. އަދި ނިޢުމަތުގެ ސުވަރުގެތަކަށް ތިމަންއިލާހު އެއުރެން ވެއްދެވީމުހެވެ.”

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1] آل عمران 138

[2] آل عمران 186  

[3] آل عمران 198  

[4] سورة البقرة 212  

[5]  النساء 77  

[6] النساء 129  

[7] 27 المائدة

[8] 35 المائدة

[9] 46 المائدة

[10]  65 المائدة