- ނޭނގުމެއްގެ ތެރޭގައި ކެއުން ބުއިމުގައި ކުރެވޭ ފާފަތައް އުފުއްލެވުން
(لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوا)[1]
މާނަ: “އީމާންވެ، ޞާލީޙު ޢަމަލު ކޮށްއުޅުނު މީހުން ކައި (ބޮއި) އުޅުނު އެއްޗަކާއިމެދު، އެއުރެންގެ މައްޗަކަށް ކުށެއް ނެތެވެ. (އެބަހީ ރާއާއި އަދި އެނޫން ތަކެތި ޙަރާމް ކުރެއްވުމުގެ ކުރިން އެތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ.) އެއީ އެއުރެން ތަޤްވާވެރިވާނަމަ އެވެ.”
- ތަޤްވާވެރިކަމަކީ އީމާންކަމުގެ ޢަލާމާތެއް
(قَالَ اتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ)[2]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އީމާން ވެގެންތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ!”
- ދުނިޔޭގެ ޙަޔާތަށްވުރެ އާޚިރަތް ތަޤްވާވެރިންނަށް ހެޔޮވެގެންވޭ
(وَلَلدَّارُ الْآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ)[3]
މާނަ: “ތަޤްވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި ހެޔޮކަން ބޮޑެވެ.”
- ﷲ ގެ އާޔަތްތައް ދޮގުކުރުމުގެ ފާފައިން ތަޤްވާގެ އަހުލުވެރިން ވަނީ ރައްކާތެރިކުރައްވާފައި
(وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ)[4]
މާނަ: “ތިމަންއިލާހުގެ އާޔަތްތަކާއި މެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި ޝައިޠާނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!“
(وَمَا عَلَى الَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَيْءٍ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ)
މާނަ: “އަދި އެ (ދޮގުވާހަކަ ދައްކާ) މީހުންގެ އެއްވެސް ކަމެއްގެ ޒިންމާއެއް ތަޤްވާވެރިންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، އޮތްކަމަކީ ހަނދާންކޮށްދިނުމެވެ. އެއީ އެއުރެން (އެފަދަ ވާހަކަތަކުން) ރައްކާތެރިވުމަށްޓަކައެވެ.”
- ތަޤްވާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙުމަތް ލިބިގަތުމުގެ ސަބަބެއް
(فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ)[5]
މާނަ: “ފަހެ ތިޔަބައިމީހުން، އެ ފޮތަށް ތަބަޢަވާށެވެ! އަދި ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ.”
- އެންމެ ހެޔޮ ފޭރާމަކީ ތަޤްވާގެ ފެރާން
(وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ)[6]
މާނަ: “އަދި ތަޤްވާގެ ފޭރާން މާހެޔޮކަންބޮޑެވެ.”
- ތަޤްވާއަކީ ބިރުވެރި ކަންކަމުންނާއި އަދި ހިތާމަތައް ފިލައިގެން ދިއުމުގެ ސަބަބެއް
(فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ)[7]
މާނަ: “ފަހެ، ތަޤްވާވެރިވެ، އަދި ޢަމަލުތައް އިޞްލާޙު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.”
- ތަޤްވާއަކީ އުނޑުންނާއި ބިމުން ބަރަކާތުގެ ދޮރުތައް ހުޅުވިގެން ދިއުމުގެ ސަބަބެއް
(وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ)[8]
މާނަ: “ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން އުޑުންނާއި، ބިމުން، ތިމަންއިލާހު އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރީއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންއިލާހު (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ.”
- އެންމެ ރިވެތި ނިމުން ވަނީ ތަޤްވާވެރިންނަށް
(وَالْعَاقِبَةُ لِلْمُتَّقِينَ)[9]
މާނަ: “އަދި ހެޔޮ ނިމުންވަނީ ތަޤުވާވެރިންނަށެވެ.”
- ތަޤްވާއަކީ ﷲގެ ރަޙުމަތް ލިބެނިވި ސަބަބެއް
(وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ)[10]
މާނަ: “އަދި ތިމަންއިލާހުގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ތަޤްވާވެރިވާ މީހުންނަށް ތިމަންއިލާހުގެ ރަޙްމަތް ލިޔުއްވާހުށީމެވެ.”
= ނުނިމޭ =
_____________________
މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.
[1] 93 المائدة
[2] 112 المائدة
[3] 32 الأنعام
[4] 68-69 الأنعام
[5] 155 الأنعام
[6] 26 الأعراف
[7] الأعراف 35
[8] الأعراف 96
[9] الأعراف 128
[10] 156 لأعراف