ދައްޖާލު ނުކުންނަ ތަން
ދައްޖާލު ނުކުމެގެން އަންނާނީ އިރުމަތީ ފަރާތުން، ޚުރާސާން އޭ ކިޔުނު ސަރަހައްދުގެ އަސްބަހާން އޭ ކިޔާ ރަށެއްގެ ޔަހޫދީންގެ ތެރެއިންނެވެ. އަދި މައްކާ އާއި މަދީނާ ފިޔަވާ ދުނިޔޭގެ އެހެން ހުރިހާ ކަންކޮޅުތަކަކަށް އޭނާ ދަތުރު ކުރާނެއެވެ. މައްކާ އާއި މަދީނާ ރައްކާތެރިކޮށް ބަލަހައްޓަވަން މަލާއިކަތުން ތިއްބަވާނެއެވެ. އެހެން ކަމުން އޭނާއަށް އެ ދެ ބިމަކަށް ނުވަދެވޭނެއެވެ.
عن فاطمة بنت قيس رضي الله عنها أن النبي صلى الله عليه وسلم قال في الدجال : ((أَلا إِنَّهُ فِي بَحْرِ الشَّأْمِ أَوْ بَحْرِ الْيَمَنِ لا بَلْ مِنْ قِبَلِ الْمَشْرِقِ مَا هُوَ مِنْ قِبَلِ الْمَشْرِقِ مَا هُوَ مِنْ قِبَلِ الْمَشْرِقِ، مَا هُوَ)) وَأَوْمَأَ بِيَدِهِ إِلَى الْمَشْرِقِ. ]رواه مسلم برقم:2942[
فاطمة بنت قيس رضي الله عنها ރިވާކުރެއްވި ޙަދީޘްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ދައްޖާލާ ބެހޭ ގޮތުން ޙަދީޘް ކުރެއްވެވިއެވެ. “އޭނާ ވަނީ ޝާމްކަރައިގެ ކަނޑާ ދިމާލުން ނުވަތަ ޔަމަނުކަރައިގެ ކަނޑާ ދިމާލުންނެވެ. ނޫނެކެވެ. އެހެނެއްކަމަކު އޭނާވަނީ އިރުމަތީ ފަރާތުގައެވެ. އޭނާވަނީ އެހެނެއްކަމަކު އިރުމަތީ ފަރާތުގައެވެ. އޭނާވަނީ…” އަދި އަތްޕުޅުން އިރުމަތި ފަރާތަށް އިޝާރާތް ކުރެއްވިއެވެ.
عن أبي بكر الصديق رضي الله عنه قال : حدّثنا رسول الله صلى الله عليه وسلم قال : ((الدَّجَّالُ يَخْرُجُ مِنْ أَرْضٍ بِالْمَشْرِقِ يُقَالُ لَهَا خُرَاسَانُ)) ]رواه الترمذي برقم:2237[
عن أبي بكر الصديق رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވެވިއެވެ. “ދައްޖާލު ނުކުންނާނީ އިރުމަތީގައިވާ ޚުރާސާންއޭ ކިޔުނު ބިމަކުންނެވެ.”
ޝައިޚް އަލްބާނީ رحمه الله ވަނީ މި ޙަދީޘް ޞައްޙަ ޙަދީޘެއްގެ ގޮތުގައި ދަރަޖަ ކުރައްވާފައެވެ.
عن أنس رضي الله عنه قال : قال رسول الله صلى الله عليه وسلم : ((يَخْرُجُ الدَّجَّالُ مِنْ يَهُودِيَّةِ أَصْبَهَانَ مَعَهُ سَبْعُونَ أَلْفًا مِنْ الْيَهُودِ عَلَيْهِمْ السِّيجَانُ)) ]رواه أحمد برقم:13344[
أنس رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވެވިއެވެ. “ދައްޖާލު ނުކުމެގެން އަންނާނީ އަޞްބަހާނުގެ ޔަހޫދީންގެ ތެރެއިންނެވެ. ރޮނގުގިނަ ހެދުމެއްގެ ވެރި ހަތްދިހަހާސް ޔަހޫދީންވެއެވެ.”
ދައްޖާލަށް ނުވަދެވޭނެ ތަންތަން
ޞައްޙަ ޙަދީޘުން ވާރިދުވެގެން އައިސްފައިވާ ގޮތުން ދައްޖާލަށް މައްކާ އާއި މަދީނާއަކަށް ނުވަދެވޭނެއެވެ. އެހެނެއްކަމަކު ދުނިޔޭގެ އެހެން ހުރިހާ ކަންކޮޅުތަކަކަށް އޭނާ ދަތުރުކޮށް ތަނަކަށްފަހު ތަނަކަށް އޭނާ ވަންނަމުން ދާނެއެވެ.
عن فاطمة بنت قيس رضي الله عنها أن الدجّال قال : “وَإِنِّي أُوشِكُ أَنْ يُؤْذَنَ لِي فِي الْخُرُوجِ ، فَأَخْرُجَ فَأَسِيرَ فِي الأَرْضِ فَلا أَدَعَ قَرْيَةً إِلا هَبَطْتُهَا فِي أَرْبَعِينَ لَيْلَةً ، غَيْرَ مَكَّةَ وَطَيْبَةَ فَهُمَا مُحَرَّمَتَانِ عَلَيَّ كِلْتَاهُمَا كُلَّمَا أَرَدْتُ أَنْ أَدْخُلَ وَاحِدَةً أَوْ وَاحِدًا مِنْهُمَا اسْتَقْبَلَنِي مَلَكٌ بِيَدِهِ السَّيْفُ صَلْتًا يَصُدُّنِي عَنْهَا ، وَإِنَّ عَلَى كُلِّ نَقْبٍ مِنْهَا مَلائِكَةً يَحْرُسُونَهَا ” ]رواه مسلم برقم:2942[
فاطمة بنت قيس رضي الله عنها ރިވާކުރެއްވި ޙަދީޘްގައި އައިސްފައިވެއެވެ. ދައްޖާލު ބުންޏެވެ. “ހަމަކަށަވަރުން ތިމަންނަ ނުކުތުމަށް އިޒުނަ ލިބޭ ވަގުތު ގާތް ވެއްޖެއެވެ. އެހިނދު ތިމަންނަ ނުކުމެ، ތިމަންނައަށް އެތަނަކަށް ވަނުން މަނާ ކުރެވިގެންވާ މައްކާއާއި މަދީނާ ފިޔަވާ ދުނިޔޭގެ އެހެން ހުރިހާ ކަންކޮޅުތަކަކަށް ސާޅީސް ރޭގެ ތެރޭގައި ދަތުރު ކުރާނަމެވެ. އެއިން ރަށަކަށް (މައްކާ އާއި މަދީނާއަށް) ވަންނަން އުޅޭ ކޮންމެ ހިނދެއްގައި ވަރުގަދަ ކަނޑިއެއް ހިއްޕަވައިގެން ހުންނަވާ މަލާއިކަތަކާ ބައްދަލުވާނެއެވެ. (މައްކާ އާއި މަދީނާގެ) ކޮންމެ ދޮރެއްގެ ދޮށުގައި ރައްކާތެރިކޮށް ދިފާއު ކުރެއްވުމަށް މަލާއިކަތަކު ހުންނަވާނެއެވެ.” …
=ނުނިމޭ=
______________________________________