[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 6

  1. ދުނިޔޭގެ ޙަޔާތަށްވުރެ އާޚިރަތް ތަޤްވާވެރިންނަށް ހެޔޮކަން ބޮޑު

(وَالدَّارُ الْآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ)[1]

މާނަ: “އަދި ތަޤްވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި މާހެޔޮކަން ބޮޑެވެ.”

  1. ޝައިތާނާގެ ފަރާތުން އުނދަގުލެއް އައިސްފިނަމަ، ތަޤްވާގެ ސަބަބުން ﷲގެ މަތިން ހަނދާކޮށްދޭ. އަދި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްދޭ

(إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ)[2]

މާނަ: “ހަމަކަށަވަރުން، ތަޤްވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (ﷲ) ހަނދުމަ ކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ.”

  1. ތަޤްވާގެ ސަބަބުން ޙައްޤާއި ބާތިލު ވަކިކުރާނެ މަގެއް، ﷲ ތަޢާލާ ދައްކަވައި، އެމީހެއްގެ ފާފަފުއްސަވައިދެއްވާ

(يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّـهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ)[3]

މާނަ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ތަޤްވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި، ބާޠިލުވަކިކުރާނެ މަގު، އެއިލާހު ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށް ފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ.”

  1. ތަޤްވާގެ އަހުލުވެރިންނަކީ މަސްޖިދުލް ޙަރާމުގެ ބެލެހެއްޓުން ތެރިން

(إِنْ أَوْلِيَاؤُهُ إِلَّا الْمُتَّقُونَ)[4]

މާނަ: “ތަޤްވާވެރިން މެނުވީ އެތާނގެ ބެލެހެއްޓުންތެރިން ކަމުގައި ނުވެތެވެ.”

  1. ތަޤްވާއަކީ ފާފަތައް ފޮހެވި ﷲގެ ރަޙްމަތް ޙާޞިލުވާ ސަބަބެއް

(وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ)[5]

މާނަ: “އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”

  1. ތަޤްވާގެ ސަބަބުން ﷲ ތަޢާލާގެ ލޯބި ޙާޞިލުވެގެން ދިއުން

(إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ)[6]

މާނަ: “ހަމަކަށަވަރުން ތަޤުވާވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ.”

  1. ތަޤްވާގެ ސަބަބުން ﷲ ތަޢާލާގެ ލޯބި ޙާޞިލުވެގެން ދިއުން

(فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ)[7]

މާނަ: “ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން ތަޤުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”

  1. ﷲ ތަޢާލާގެ ޚާއްޞަ މަޢިއްޔަތު، ތަޤްވާގެ ސަބަބުން ޙާޞިލުވެގެން ދިއުން

(وَاعْلَمُوا أَنَّ اللَّـهَ مَعَ الْمُتَّقِينَ)[8]

މާނަ: “އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، ތަޤުވާވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!”

  1. ތަޤްވާގެ މައްޗަށް ބިނާވެފައިވާ އިމާރާތެއްގައި ނަމާދުކުރުން އެހެން ތަނެއްގައި ނަމާދުކުރުމަށް ވުރެ ޙައްޤުކަން ބޮޑު

(لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ)[9]

މާނަ: “ހަމަކަށަވަރުން ފުރަތަމަ ދުވަހުއްސުރެން ތަޤުވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: ޤުބާ މިސްކިތުގައި) ކަލޭގެފާނު ޤާއިމުވެ ހުންނެވުން މާ ޙައްޤުކަން ބޮޑެވެ.”

  1. އެންމެ ހެޔޮ މީހަކީ ތަޤްވާގެ މައްޗަށް އެމީހާގެ ބިނާ އަޅާ މީހާ

(أَفَمَنْ أَسَّسَ بُنْيَانَهُ عَلَىٰ تَقْوَىٰ مِنَ اللَّـهِ وَرِضْوَانٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَانَهُ عَلَىٰ شَفَا جُرُفٍ هَارٍ فَانْهَارَ بِهِ فِي نَارِ جَهَنَّمَ)[10]

މާނަ: “ފަހެ، ހެޔޮކަންބޮޑީ، ﷲ އަށް ތަޤުވާވެރިވުމާއި، އެއިލާހުގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: ނިފާޤުކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެ ބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ.”

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1] 169   الأعراف

[2] الأعراف   201

[3] 29 الأنفال

[4] 34 الأنفال

[5] الأنفال 69

[6] 4 التوبة

[7] 7 التوبة

[8] 36 التوبة

[9] 108 التوبة

[10] 109 التوبة