[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

المَسِيحُ الدَّجَّال – 4

ދައްޖާލަށް ތަބާވާ މީހުން

 

ދައްޖާލަށް ތަބާވާ މީހުންގެ ތެރޭގައި އެންމެ ގިނަވާނީ ޔަހޫދީންނާއި ޢަޖަމީންނާއި ތުރުކީންނާ އަދި މީސްތަކުންގެ ތެރެއިން ޖަމާޢަތްތަކެވެ. އޭގެ ތެރެއިންވެސް ގިނަވާނީ ޢައުރާބީންނާއި އަންހެނުންނެވެ.

عن أنس بن مالك رضي الله عنه : أن رسول الله صلى الله عليه وسلم قال : ((يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمْ الطَّيَالِسَةُ)) ]رواه مسلم برقم:2944[

أنس بن مالك رضي الله عنه ރިވާ ކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވެވިއެވެ. “އަސްބަހާނުގެ ޔަހޫދީންގެ ހަތްދިހަހާސް މީހުން ދައްޖާލަށް ތަބާވާނެއެވެ. އެބައިމީހުނަށް الطَّيَالِسَةُ (ރޮނގުގިނަ ހެދުމެއް) ވެއެވެ.”

وفي رواية للإمام أحمد : ((سَبْعُونَ أَلْفًا مِنْ الْيَهُودِ عَلَيْهِمْ السِّيجَانُ)) ]رواه أحمد برقم:13344[

إمام أحمد ގެ ރިވާޔަތުގައި ވެއެވެ. “ރޮނގުގިނަ ހެދުމެއްގެ ވެރި ހަތްދިހަހާސް ޔަހޫދީންވެއެވެ.”

عن أبي بكر رضي الله عنه : ((يَتْبَعُهُ أَقْوَامٌ كَأَنَّ وُجُوهَهُمْ الْمَجَانُّ الْمُطْرَقَةُ)) ]رواه الترمذي برقم:2237[

أبو بكر رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. “އޭނާއަށް ޖަމާޢަތް ޖަމާޢަތުގެ މީހުން ތަބާވާނެއެވެ. އެބައިމީހުން މޫނުތައް ފަތާކޮށްހުރި އައްޑަނަތަކެއްފަދައެވެ.”

ދައްޖާލަށް ތަބާވާ މީހުންގެ ތެރެއިން ޢައުރާބީން އޭނާއަށް ތަބާވަނީ އެބައިމީހުންނަކީ ނޭނގޭ ޖާހިލު ބައެއް ކަމުގައި ވާތީއެވެ. އަދި އަންހެނުންނަށް އޭނާއަށް ތަބާވަނީ އެބައިމީހުން ހެއްލިގެން ދާލެއް އަވަސްވެފައި، އެބައިމީހުންގެ ތެރޭގައި ނޭނގޭ ޖާހިލުން ގިނަކަމުންނެވެ.

عن ابن عمر رضي الله عنهما قال: قال النبي صلى الله عليه وسلم: ((يَنْزِلُ الدَّجَّالُ فِي هَذِهِ السَّبَخَةِ بِمَرِّقَنَاةَ فَيَكُونُ أَكْثَرَ مَنْ يَخْرُجُ إِلَيْهِ النِّسَاءُ، حَتَّى إِنَّ الرَّجُلَ لَيَرْجِعُ إِلَى حَمِيمِهِ وَإِلَى أُمِّهِ وَابْنَتِهِ وَأُخْتِهِ وَعَمَّتِهِ فَيُوثِقُهَا رِبَاطًا مَخَافَةَ أَنْ تَخْرُجَ إِلَيْهِ)) ]رواه أحمد برقم:5353[

ابن عمر رضي الله عنهما ރިވާ ކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. “މައްރު ޤަނާތުގައިވާ މި ފެންގަނޑަށް ދައްޖާލު ފައިބާނެއެވެ. ފަހެ އޭނާގެ ގާތަށް ނުކުންނަ (އޭނާއަށް ތަބާވާ) މީހުންގެ ތެރޭގައި ގިނަވާނީ އަންހެނުންނެވެ. އެއީ އޭނާގެ ގާތަށް ނުކުމެދާނެކަމުގެ ބިރަށްޓަކައި ފިރިހެނުން އޭނާގެ މައިދައިތައާއި މަންމައާއި އަންހެން ދަރިއާއި އުޚްތާއި ބޮޑުދައިތަ ބާރަށް ބަނދެފުމަށް ދާންދެނެވެ.”

=ނުނިމޭ=

______________________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް