ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކަ ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ.
އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.
(يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ) يوسف 4
މާނައީ: “އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަކުރާތީއެވެ.”
ޔޫސުފް ސޫރަތުގެ ފަހު އާޔަތްތަކުގައި އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތަޢުބީރުގެ ވާހަކަ ﷲ ތަޢާލާ ބަޔާންކުރައްވާ، ވަޙީކުރައްވާފައި ވެއެވެ.
(وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا ۖ وَقَالَ يَا أَبَتِ هَـٰذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَارَبِّي حَقًّا) يوسف 100
މާނައީ :”އަދި ޔޫސުފްގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚްތަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، ސަޖިދައަށް ތިރިވެ ގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން ޙައްޤުތެދެއް ކަމުގައި ލެއްވިއެވެ.”
ޔޫސުފް ޢަލަހިއްސަލާމް، ޖަލަށް ލެވުނުހިނދު ޖަލުގައި ތިބި ދެމީހެއްގެ ހުވަފެނުގެ ވާހަކަ އަދި އޭރު މިސްރުގައި ހުރި ރަސްކަލަށް ފެނުނު ހުވަފެނުގެ ވާހަކަ ޤުރުއާނުގައި އައިސްފައިވެއެވެ. އަދި ޔޫސުފްގެފާނު އެމީހުންގެ ހުވަފެން، ތަޢުބީރުކޮށް ދެއްވައި އެކަމުގެ ހަޤީޤަތް ބަޔާންކޮށް ދެއްވިއެވެ.
= ނުނިމޭ =
____________________
މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18