- ތަޤްވާއަކީ ޖިހާދުން އުޛުވެރިވުން މަނާކުރުވާ އަދި ﷲ އަށް ޚާއްޞަ ކުއްތަންވުމެއް ޙާޞިލުކޮށްދޭ ސަބަބެއް
(وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ) [1]
މާނަ: “އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ! އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތަޤުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ!”
- ތަޤްވާއަކީ ﷲ ތަޢާލާގެ އާޔަތްތަކުން ފައިދާ ޙާޞިލުކޮށްދޭ ސަބަބެއް
)إِنَّ فِي اخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللَّـهُ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَتَّقُونَ) [2]
މާނަ: “ހަމަކަށަވަރުން ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި ﷲ ހެއްދެވި (އެންމެހައި) ތަކެތީގައި، ތަޤުވާވެރިވާ ބަޔަކަށް ދަލީލުތަކެއްވާކަން ކަށަވަރެވެ.”
- ތަޤްވާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިކަން ލިބި ހިތާމަތަކާއި ބިރުގަންނަ ކަންކަމުން ދުރުހެލިކޮށްދޭ ސަބަބައް
(أَلَا إِنَّ أَوْلِيَاءَ اللَّـهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ * الَّذِينَ آمَنُوا وَكَانُوا يَتَّقُونَ)[3]
މާނަ: “ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. * އެއުރެންނަކީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ.”
- ތަޤްވާވެރިންނަކީ ދުނިޔެ އާއި އާޚިރަތުގައި އުފާވެރިކަމުގެ ޚަބަރު ލިބިގެންވާ ބަޔެއް
(الَّذِينَ آمَنُوا وَكَانُوا يَتَّقُونَ * لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّـهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ)[4]
މާނަ: “އެއުރެންނަކީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ. * ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި އެއުރެންނަށް އުފާވެރިކަމުގެ ޚަބަރު ހުށްޓެވެ. ﷲ ގެ ކަލިމަފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ.”
- ތަޤްވާވެރިންނަށްވަނީ ރިވެތިވެގެންވާ ނިމުމެއް
(فَاصْبِرْ ۖ إِنَّ الْعَاقِبَةَ لِلْمُتَّقِينَ)[5]
މާނަ: “ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ، ތަޤުވާވެރިންނަށެވެ.”
- ތަޤްވާގެ ސަބަބުން ގޯނާތަކުން ރައްކާތެރިކޮށްދިނުން
(فَاتَّقُوا اللَّـهَ وَلَا تُخْزُونِ فِي ضَيْفِ)[6]
މާނަ: “ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ!”
- ތަޤްވާވެރިންނަށް ލިބޭ ޘަވާބު، ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވޭ
(وَلَأَجْرُ الْآخِرَةِ خَيْرٌ لِّلَّذِينَ آمَنُوا وَكَانُوا يَتَّقُونَ)[7]
މާނަ: “އަދި ހަމަކަށަވަރުން އީމާންވެ، ތަޤުވާވެރިވެއުޅުނު މީހުންނަށް، އާޚިރަތުގެ ދަރުމައިގެ ހެޔޮކަން މާބޮޑެވެ.”
- ތަޤްވާވެރިވުންވަނީ އިޙްސާންތެރިކަމުގެ ތެރެއިންކަމާއި ﷲ ތަޢާލާ ތަޤްވާވެރިޔާގެ އަޖުރު ގެއްލެނިވި ނުކުރައްވާނެކަން
(إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ) [8]
މާނަ: “ހަމަކަށަވަރުން ތަޤުވާވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިޙްސާންތެރިންގެ ދަރުމަ، ﷲގެއްލެނި ނުކުރައްވާނެތެވެ.”
- ތަޤްވާވެރިންނަށް ދުނިޔެއަށްވުރެ އާޚިރަތް ހެޔޮކަން ބޮޑު
(وَلَدَارُ الْآخِرَةِ خَيْرٌ لِّلَّذِينَ اتَّقَوْا)[9]
މާނަ: “ހަމަކަށަވަރުން ތަޤުވާވެރިވި މީހުންނަށް، އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑެވެ.”
- ތަޤްވާވެރިންގެ ނިމުންވާހުށީ ސުވަރުގޭގައި
(مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا)[10]
މާނަ: ” ތަޤުވާވެރިންނަށް ވަޢުދުކުރައްވާފައިވާ ސުވަރުގޭގެ މިސާލު (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ ތަޤުވާވެރިވި މީހުންގެ ނިމުމެވެ.”
= ނުނިމޭ =
_____________________
މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.
[1] التوبة 123
[2] 6 يونس
[3] 63-62 يونس
[4] يونس 63-64
[5]49 هود
[6] هود 78
[7] يوسف 57
[8] يوسف 90
[9] يوسف 109
[10] 35 الرعد