[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 8

  1. ތަޤްވާވެރިން ވާހުށީ ސުވަރުގެ އާއި އެތަނުގައިވާ އެކި ނިޢުމަތްތަކުގައި

(إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ * ادْخُلُوهَا بِسَلَامٍ آمِنِينَ * وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ * لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ )[1]

މާނަ: “ހަމަކަށަވަރުން ތަޤުވާވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. * (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ ޙާލު އެތަނަށް ވަންނާށެވެ! * އަދި ތިމަންއިލާހު، އެއުރެންގެ ހިތްތަކުގައިވާ ޙަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ. * އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.”

  1. ﷲ ބާވައިލެއްވި އެއްޗެހީގެ ޙަޤީޤަތް އެނގެނީ ތަޤްވާވެރިވުމުން

(وَقِيلَ لِلَّذِينَ اتَّقَوْا مَاذَا أَنزَلَ رَبُّكُمْ ۚ قَالُوا خَيْرًا)[2]

މާނަ: “ތަޤުވާވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރައްބު ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮ ގޮތެވެ.”

  1. ތަޤްވާވެރިންގެ ގޮވައްޗަށް ﷲ ތަޢާލާ ޘަނާކިޔުއްވާފައިވުމުން ދަލީލުކޮށްދެނީ، އެތަނުގައިވާ ނިޢުމަތުގެ ފުރިހަމަކަން

(وَلَدَارُ الْآخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ)[3]

މާނަ: “އަދި އާޚިރަތުގެ ގޮވަތި ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަޤުވާވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!”

  1. ތަޤްވާގެ އަހުލުވެރިންނާއި މަރު ބައްދަލުކުރާނީ އެންމެ ހެޔޮވެގެންވާ ގޮތުގައި. އަދި މަލާއިކަތުން އެބައިމީހުންނަށް ސަލާމު ރައްދުކުރައްވާ، އެބައިމީހުންނަށް މާތްކޮށް ހިއްތަވާނެއެވެ.

(كَذَٰلِكَ يَجْزِي اللَّـهُ الْمُتَّقِينَ * الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ)[4]

މާނަ: “ތަޤުވާވެރިންނަށް ﷲ ޖަޒާ ދެއްވަނީ އެފަދައިންނެވެ. އެއުރެންނަކީ، ކުށްފާފަތަކުން ޠާހިރުވެގެންވާ ޙާލު، މަލާއިކަތުން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ މަލާއިކަތުން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!”

  1. ތަޤްވާއަކީ ﷲ ތަޢާލާގެ ޚާއްޞަ މަޢިއްޔަތު އެމިހަކާ އެކުވާ ސަބަބެއް

(إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ)[5]

މާނަ: “ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، ތަޤުވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙްސާންތެރިންނާވެސް އެކުގައެވެ.”

  1. ތަޤްވާއަކީ ރަސޫލު ބޭކަނލުންގެ ސިފަތަކުގެ ތެރެއިން ހިމެނޭ ސިފައެއް

(وَحَنَانًا مِّن لَّدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا)[6]

މާނަ: “އަދި ތިމަންއިލާހުގެ ޙަޟްރަތުން އޯގާވެރިކަމާއި، ޠާހިރުކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު ތަޤުވާވެރިޔަކު ކަމުގައިވިއެވެ.”

  1. ތަޤްވާގެ ސަބަބުން ސުވަރުގެ ވާރުތަވެގެން ދިއުން

(تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا)[7]

މާނަ: “އެއީ ތިމަންއިލާހުގެ އަޅުންކުރެ، ތަޤުވާވެރިވީ މީހުންނަށް ތިމަންއިލާހު ވާރުތަކޮށްދެއްވާ ސުވަރުގެއެވެ.”

  1. ތަޤްވާއަކީ ނަރަކައިން މިންޖުވުމުގެ ސަބަބެއް

(ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا)[8]

މާނަ: “ދެން ތިމަންއިލާހު، ތަޤުވާވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ޙާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ.

  1. ތަޤްވާވެރިން މަޙްޝަރު ކުރެއްވޭނީ ﷲ ތަޢާލާގެ ޚާއްޞަ ވަފުދެއްގެ ގޮތުގައި މާތްކުރެވިފައިވާ ޙާލުގައި

(يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَـٰنِ وَفْدًا)[9]

މާނަ: “ތަޤުވާވެރިން، ރަޙްމާންވަންތަ އިލާހުގެ ޙަޟްރަތަށް (ޢިއްޒަތްތެރި) ވަފުދެއްގެ ގޮތުގައި ތިމަންއިލާހު އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!).”

  1. ކީރިތި ޤުރުއާނަކީ ތަޤްވާވެރިންނަށް އުފާވެރި ޚަބަރުދޭ ފޮތެއް

(لِتُبَشِّرَ بِهِ الْمُتَّقِينَ وَتُنذِرَ بِهِ قَوْمًا لُّدًّا)[10]

މާނަ: “ކަލޭގެފާނު އެ ފޮތުން ތަޤުވާވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން އިންޛާރު ކުރެއްވުމަށްޓަކައެވެ.”

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1] الحجر    45-48 

[2]   30        النحل

[3]   30     النحل

[4] 32-31     النحل

[5] 128       النحل

[6] 13      مريم

[7]   63      مريم

[8] مريم    72 

[9]  85      مريم

[10]   97       مريم