[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 9

  1. ރިވެތިވެގެންވާ ނިމުމެއް ތަޤްވާވެރިންނަށް ލިބުން

(وَالْعَاقِبَةُ لِلتَّقْوَىٰ)[1]

މާނަ: “ރަނގަޅު ނިމުންވަނީ، ތަޤުވާވެރިންނަށެވެ.”

  1. ﷲ ބާވައިލެއްވި ފޮތްތަކުން ފައިދާ ލިބިގަންނަނީ ތަޤްވާގެ ސިފަލިބިގެންވާ މީހުން

(وَلَقَدْ آتَيْنَا مُوسَىٰ وَهَارُونَ الْفُرْقَانَ وَضِيَاءً وَذِكْرًا لِّلْمُتَّقِينَ)[2]

މާނަ: “ހަމަކަށަވަރުން ތިމަންއިލާހު މޫސާގެފާނަށާއި، ހާރޫނުގެފާނަށް ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތް (އެބަހީ: ތައުރާތު) ދެއްވީމެވެ. ތަޤުވާވެރިންނަށް އަލިކަމެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.”

  1. ތަޤްވާއަކީ ޤިޔާމަތް ދުވަހު ބިރުވެރިކަމުން ސަލާމަތްކަން ލިބޭ ސަބަބެއް

(اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ)[3]

މާނަ: “ތިޔަބައިމީހުންގެ ވެރިރައްބަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން  ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.”

  1. ތަޤްވާއަކީ ﷲ ތަޢާލާގެ ޝަޢާއިރުތައް މަތިވެރިވެގެން ދިއުމުގެ ސަބަބެއް

)وَمَن يُعَظِّمْ شَعَائِرَ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ([4]

މާނަ: “އަދި ﷲ ގެ ޝަޢާއިރުތަކަށް (އެބަހީ: ހަދުޔު ކަތިލުމާއި، އުޟުޙިޔާ ކަތިލުމާއި، ޙައްޖުގެ ޢަމަލުތަކާއި، އެނޫންވެސް ދީނީ އަމުރުތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ.”

  1. ﷲ ތަޢާލާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ އަދި އެކަމުން ލިބޭ ފައިދާތައް ލިބޭ ސަބަބެއް

(وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ)[5]

މާނަ: “ތިޔަބައިމީހުންގެ ކިބައިން އެއިލާހުގެ ޙަޟްރަތަށް ދަނީ ތަޤުވާވެރިކަމެވެ.”

  1. ތަޤްވާއަކީ ޤުރުއާނުން ވަޢުޡު ލިބިގަނެވޭ އަދި އެހެން ފައިދާތައް ވެސް ލިބޭ ސަބަބެއް

 (وَمَثَلًا مِّنَ الَّذِينَ خَلَوْا مِن قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِينَ)[6]

މާނަ: “ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަމީހުންގެ مثال އާއި، تقوى ވެރިވެ، ބިރުވެތިވާ މީހުންނަށް وعظ ގެ ބަސްފުޅުތައް، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.

  1. ތަޤްވާއަކީ ބިރުގަންނަ ކަންކަމުން ސަލާމަތްކަން ލިއްބައިގޭ ކާމިޔާބަށް މަގުފަހިކޮށްދޭ ސަބަބެއް

(وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَٰئِكَ هُمُ الْفَائِزُونَ)[7]

މާނަ: އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ކިޔަމަންވެ، އަދި اللَّه އަށް ބިރުވެތިވެ، އެކަލާނގެއަށް تقوى ވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ نصيب ލިބިގެންވާ މީހުންނެވެ.

  1. ތަޤްވާވެރިންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވާނެ ކަމަށް ﷲ ވަޢުދުކުރެއްވުން.

(أَذَٰلِكَ خَيْرٌ أَمْ جَنَّةُ الْخُلْدِ الَّتِي وُعِدَ الْمُتَّقُونَ)[8]

މާނަ: ހެޔޮކަންބޮޑީ އެގޮތްހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް وعد ކުރައްވާފައިވާ، ދެމިތިބުމުގެ ސުވަރުގެ ހެއްޔެވެ؟ އެއުރެންނަށް ޖަޒާއެއްކަމުގައި އެ ސުވަރުގެ ވެއެވެ.

  1. ތަޤްވާވެރިންނަށް ސުވަރުގޭގައި އެމީހުން ހިތްއެދޭ ހުރިހާ ކަމެއް ލިބިގެން ދިއުން.

(لَّهُمْ فِيهَا مَا يَشَاءُونَ خَالِدِينَ)[9]

މާނަ: އެއުރެން އެދޭހާ ކަމެއް އެ ސުވަރުގޭގައި އެއުރެންނަށް ހުށްޓެވެ. ދެމިތިބެނިވި ގޮތުގައެވެ.

  1. ތަޤްވާގެ ސިފަލިބިފައި މީހުންނަށް ސުވަރުގެ ކައިރިކުރެއްވުން

(وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ)[10]

މާނަ: އަދި تقوى ވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ.

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1]   132     طه

[2]   48     الأنبياء

[3]  1         الحج

[4]     32           الحج

[5] 37     الحج

[6]  34       النور

[7] النور 52

[8]   15     الفرقان

[9]  الفرقان  16  

[10] الشعراء   90