[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 10

  1. ތަޤްވާއަކީ ދުނިޔޭގެ ޢަޛާބުން ރައްކައުތެރިކަން ލިބެނިވި ސަބަބެއް

(وَأَنجَيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ) [1]

މާނަ: އަދި إيمان ވެ تقوى ވެރިކަންމަތީ އުޅުނުމީހުން، ތިމަން އިލާހު ސަލާމަތްކުރެއްވީމެވެ.

  1. ރިވެތިވެގެންވާ ނިމުންވަނީ ތަޤްވާވެރިންނަށްކަން

(وَالْعَاقِبَةُ لِلْمُتَّقِينَ)[2]

މާނަ: އަދި ހެޔޮނިމުންވަނީ تقوى ވެރިންނަށެވެ.

  1. ތަޤްވާއަކީ ޢަމަލުތައް ރަނގަޅުވެގެން ދިއުމާއެކު ފާފަ ފުއްސަވައިދެއްވުމުގެ ސަބަބެއް

(اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا)[3]

މާނަ: ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!

(يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ)

މާނަ: (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.

  1. ތަޤްވާއަކީ ﷲ ތަޢާލާގެ ރަޙުމަތް ލިބުނިވި ސަބަބެއް

(اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ)[4]

މާނަ: ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ.

  1. ތަޤްވާވެރިންނަކީ ވަރަށް މަތިވެރި ބަޔެއް

(أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ)[5]

މާނަ: ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟

  1. ރިވެތިވެގެންވާ ނިމުމެއް ތަޤްވާވެރިންނަށް ލިބުން

(وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ)[6]

މާނަ: އަދި ހަމަކަށަވަރުން، تقوى ވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.

  1. ތަޤްވާގެ ނަތީޖާ އަކީ ތެދުކުރުމާއި، ތެދުވެރިވުން

(وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَـٰئِكَ هُمُ الْمُتَّقُونَ)[7]

މާނަ: ތެދާއިގެން އަންނަމީހާއާއި އަދި އެތެދު قبول ކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوى ވެރިންނެވެ.

  1. ތަޤްވާވެރިންނަށްޓަކައި، އެމީހުން ހިތްއެދޭ ހުރިހާ އެއްޗެއް ސުވަރުގޭގައި ލެއްވުން

(لَهُم مَّا يَشَاءُونَ عِندَ رَبِّهِمْ)[8]

މާނަ: އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން އެދޭހާކަމެއް އެއުރެންނަށް ހުށްޓެވެ.

  1. ތަޤްވާވެރިކަމަކީ ފާފަ ފޮހެވިގެންދާ ދިއުމާއެކު ހެޔޮވެގެންވާ ޖަޒާ ލިބުނިވި ސަބަބެއް

(لِيُكَفِّرَ اللَّـهُ عَنْهُمْ أَسْوَأَ الَّذِي عَمِلُوا وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ الَّذِي كَانُوا يَعْمَلُونَ)[9]

މާނަ: އެއުރެންކޮށްފައިވާ ނުބައި عمل ތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި އެއުރެން عمل ކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާދެއްވުމަށްޓަކައެވެ.

  1. ތަޤްވާގެ ސިފަލިބިފައިވާ މީހުންނަށް އުސްވެގެންވާ ސުވަރުގެތައް ލިބުންވަނީ އެންމެ ފުރިހަމަވެގެންވާ ނިޢުމަތްތަކާއި އެކުގައި

(لَـٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِي مِن تَحْتِهَا الْأَنْهَارُ)[10]

މާނަ: އެހެނެއްކަމަކު، އެއުރެންގެ ރައްބަށް تقوى ވެރިވިމީހުންނަށް (ސުވަރުގޭގައި) ކޮޓަރިތަކެއްވެއެވެ. އޭގެމަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައްވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ.

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1]    53         النمل

[2] القصص    83   

[3]  72-71    الأحزاب

[4]  يس     45    

[5] ص     28     

[6] ص    49       

[7]    33     الزمر

[8]   34     الزمر

[9] 35     الزمر

[10] 20         الزمر