- ތަޤްވާއަކީ ގެއްލުންތަކުން ސަލާމަތްކަން ލިއްބައިދޭ އަދި ނުބައި ކަންތައްތައް މެދުވެރިވުމުން ރައްކާތެރިކަން ލިބެނިވި ސަބަބެއް
(وَيُنَجِّي اللَّـهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ)[1]
މާނަ: އަދި اللَّه، تقوى ވެރިވިމީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުށްޓެވެ. އެއުރެންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުވެއެވެ.
- މާތްކޮށްހިތުމާއެކު ތަޤްވާވެރިން ސުވަރުގެއަށް ގެންދެވުން
(وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ)
މާނަ: އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!
(وَقَالُوا الْحَمْدُ لِلَّـهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ)
މާނަ: އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عمل ކުރާމީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!
- ތަޤްވާއަކީ ދުނިޔޭގެ ޙަޔާތުގައި ލިބޭ ޢަޒާބުން މިންޖުވެގެންދާ ސަބަބެއް
(وَنَجَّيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ)
މާނަ: އަދި إيمان ވެ، تقوى ވެރިވާކަމުގައިވިމީހުން، ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ.
- އާޚިރަތުގެ ބާއްޖަވެރިކަން ލިބުންވަނީ ތަޤުވާވެރިންނަށެވެ.
(وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ)[2]
މާނަ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި تقوى ވެރިންނަށް آخرة ގެ نعمة ހުށްޓެވެ.
- ލޯބިވާ މީހުންގެ ތެރޭގައި އޮތް ގާތްގުޅުން، ދުނިޔެ އާއި އާޚިރަތުގައިވެސް ވަނީ ޘާބިތުވެގެން
(لْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ)[3]
މާނަ: އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ.
- ތަޤްވާވެރިން ތިބޭނީ އަމާންކަން ލިބިފައިވާތަނެއްގައެވެ. އަދި ސުވަރުގެ އާއި ފެންއާރުތަކާއި، އެތާގައިވާހާ ނިޢުމަތްތަކުގައެވެ.
(إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ)
މާނަ: ހަމަކަށަވަރުން، تقوى ވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ.
(فِي جَنَّاتٍ وَعُيُونٍ )
މާނަ: ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.
(يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ)
މާނަ: އެއުރެން ލައިއުޅޭހުށީ، سُندس އާއި، إستبرق ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ.
(كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ)
މާނަ: (ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންއިލާހު އެއުރެން حورالعين ންނާ ކައިވެނިކޮށްދެއްވާ ހުށީމެވެ.
(يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ)
މާނަ: އެތާނގައި އަމާންކަންމަތީގައި ތިބޭ حال، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ.
(لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ )
މާނަ: ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذاب ން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ.
(فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ)
މާނަ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި فضل ވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ.
- ތަޤްވާ އަކީ ﷲ ތަޢާލާގެ އެހީތެރިކަން ލިބޭ ސަބަބެއް
(وَاللَّـهُ وَلِيُّ الْمُتَّقِينَ)[4]
މާނަ: އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ.
- އެތައް ބާވަތެއްގެ ނިޢުމަތްވާ ސުވަރުގެ، ތަޤުވާވެރިންނަށް ދެއްވުމަށް ﷲ ވަޢުދުފުޅުވުން
(مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ)[5]
މާނަ: تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟
- ތަޤްވާވެރިވުމަކީ އަޖުރު ލިބެނިވި ސަބަބެއް
(وَإِن تُؤْمِنُوا وَتَتَّقُوا يُؤْتِكُمْ أُجُورَكُمْ)[6]
މާނަ: އަދި ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންގެ ދަރުމަ، ތިޔަބައިމީހުންނަށް ދެއްވާނެތެވެ.
- ތަޤްވާވެރިވުމަކީ ﷲގެ ރަޙުމަތް ލިބެނިވި ސަބަބެއް
(وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْحَمُونَ)[7]
މާނަ: އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.
= ނުނިމޭ =
_____________________
މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.
[1] الزمر 61
[2] الزخرف 35
[3] 67 الزخرف
[4] 19 الجاثية
[5] 15 محمد
[6] 36 محمد
[7] 10 الحجرات