- ތަޤްވާގެ ސަބަބުން، ﷲ ގެ ޙަޟްރަތުގައި އެ މީހަކީ މާތް މީހަކު ކަމުގައި ވެދެއެވެ.
(إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ)[1]
މާނަ: ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ.
- ތަޤްވާއަކީ ރަސޫލާ މަތިވެރިކުރެވޭ ސަބަބެއް
(إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَسُولِ اللَّـهِ أُولَـٰئِكَ الَّذِينَ امْتَحَنَ اللَّـهُ قُلُوبَهُمْ لِلتَّقْوَىٰ)[2]
މާނަ: ހަމަކަށަވަރުން، اللَّه ގެ رسول އާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ އެއުރެންގެ ހިތްތައް اللَّه، امتحان ކުރައްވައި، تقوى ވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ.
- ތަޤުވާގެ ސަބަބުން ސުވަރުގެ ކައިރިކުރައްވައެވެ.
(وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ)[3]
މާނަ: އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ.
- ތަޤުވާވެރިންނަށް ހުރި ޘަވާބަކީ ސުވަރުގެތަކެވެ.
(إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ)[4]
މާނަ: ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.
- ތަޤުވާވެރިންނަށް ހުރި ޘަވާބަކީ ސުވަރުގެތަކެވެ.
)إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ([5]
މާނަ: ހަމަކަށަވަރުން، تقوى ވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ ނިޢުމަތުގައެވެ.
- ތަޤްވާގެ ސަބަބުން ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ސިފަ ވާރުތަކޮށްދެއްވައެވެ.
(قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ)[6]
މާނަ: އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهل ވެރިންގެ ތެރޭގައި އުޅުނުއިރު (اللَّه ގެ عذاب އަށް) ބިރުވެތިވެގެންވީމުއެވެ.
- ތަޤްވާވެރިންނަށް ހުރީ ސުވަރުގެތަކާއި އެތާގައިވާ ނިޢުމަތްތަކެވެ.
(إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ)[7]
މާނަ: ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمة ގައެވެ.
- ތަޤްވާއަކީ ﷲގެ ރަޙުމަތާއި ހިދާޔަތް އަދި ފާފަފުއްސެވުން އިތުރުކޮށްދޭ ސަބަބެއް
(يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ)[8]
މާނަ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ رسول އާއަށް إيمان ވާށެވެ! އޭރުން އެކަލާނގެ رحمة ން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ.
- ތަޤްވާގެ ސަބަބުން ދަތިކަންފިލާ ދިޔުމާއި، ރިޒްޤު ތަނަވަސްވެގެން ދިއުމުގެ ސަބަބެއް
(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا)[9]
މާނަ: އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.
(وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ)
މާނަ:އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ.
- ތަޤްވާއަކީ ހުރިހާ ކަމެއް ފަސޭހަވެގެން ދިއުމުގެ ސަބަބެއް
(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا)[10]
މާނަ: އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
= ނުނިމޭ =
_____________________
މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.
[1] 13 الحجرات
[2] 3 الحجرات
[3] 31 ق
[4] 15 الذاريات
[5] 17 طور
[6] 26 الطور
[7] 54 القمر
[8] 28 الحديد
[9] الطلاق 3-2
[10] الطلاق 4