[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 13

  1. ތަޤްވާގެ ސަބަބުން ފާފަތައް ފުހެވި އަޖުރު އިތުރުވެގެން ދިއުމުގެ ސަބަބެއް

(وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا)[1]

މާނަ: އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ.

  1. ތަޤްވާވެރިންނަށް ހުރީ ސުވަރުގެތަކެވެ.

(إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّاتِ النَّعِيمِ)[2]

މާނަ: ހަމަކަށަވަރުން، تقوى ވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި نعمة ގެ ސުވަރުގެތައްވެއެވެ.

  1. ގިނަގިނައިން ޤުރުއާންގެ މަތިން ޒިކުރުކުރާ މީހުންގެ ތެރެއިން ތަޤްވާގެ އަހުލުވެރިންވުން

(وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ)

މާނަ: ހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.

  1. ތަޤްވާވެރިންނަށް ލިބޭ ޘަވާބުގެ ތެރޭގައި ހިޔާތަކާއި، ކޯރުތަކާ އަދި ހިތްއެދޭ މޭވާތައް ލިބެއެވެ.

(إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ )[3]

މާނަ: ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ.

( وَفَوَاكِهَ مِمَّا يَشْتَهُونَ )

މާނަ: އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.

  1. ތަޤްވާވެރިންނަށް ލިބޭ ޘަވާބުގެ ތެރޭގައި ސުވަރުގެއަށް ވުނުމުގެ ނަޞީބު ލިބި އެތާގައިވާ ނިޢުމަތްތައް ޙާސިލުވުން

(إِنَّ لِلْمُتَّقِينَ مَفَازًا) [4]

މާނަ: ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ.

(حَدَائِقَ وَأَعْنَابًا )

މާނަ: ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.

 (وَكَوَاعِبَ أَتْرَابًا)

މާނަ: އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.

(وَكَأْسًا دِهَاقًا )

މާނަ: އަދި ފުރިފައިވާ ރާތަށިތަކެވެ.

( لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا) 

މާނަ: باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.

(جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا )

މާނަ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.

  1. ތަޤްވާއަކީ ކަންކަން ފަސޭހަވެގެން ދިއުމުގެ ސަބަބެއް

(فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ )[5]

މާނަ: ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.

(وَصَدَّقَ بِالْحُسْنَىٰ) 

މާނަ: ފަހެ) މުދަލުން (ހޭދަކޮށް) اللَّه އަށް (تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!

( فَسَنُيَسِّرُهُ لِلْيُسْرَىٰ)

މާނަ: ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.

  1. ނަރަކައިން ސަލާމަތްވުމުގެ ސަބަބެއް

( وَسَيُجَنَّبُهَا الْأَتْقَى) [6]

މާނަ: އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.

( الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ) 

މާނަ: އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.

( وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ) 

މާނަ: އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.

(إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ )

މާނަ: އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ.

(وَلَسَوْفَ يَرْضَىٰ) 

މާނަ: އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.

= ނުނިމޭ =

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1] الطلاق  5

[2]   34     القلم

[3]    42-41     المرسلات

[4]            36-31      النبإ

[5]     7-5    الليل

[6]    21-17     الليل