[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުވަފެން ތަޢުބީރުކުރުމާ އަދި ދީނުގައި އައިސްފައިވާ މިންވަރަށް ވުރެ އިތުރަށް އެކަންކުރުމާމެދު އިންޛާރު ދިނުން 4

ޛިކުރުތައް ކިޔައި، އެކަމަށް ރައްކާތެރިވުން

 

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ވަނީ ހެނދުނާއި ހަވީރާއި އަދި ނިދުމުގެ ކުރިން އަދި ނިދައި ތެދުވެގެން ކިއުމަށް ޛިކުރުތަކެއް މިއުންމަތައް ދަސްކޮށް ދެއްވާފައެވެ. އެ ޛިކުރުތަކަކީ މުސްލިމުމީހާގެ އީމާންކަން އިތުރުވެ، ޝައިޠާނާގެ ކިބައިން އަދި އެންމެހާ ނުބައި ވެގެންވާ ޚަލްޤުތަކުންގެ ކިބައިން ރައްކާތެރިވެވޭނެ މަގެކެވެ.

ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ޝައިޠާނާގެ އެންމެހާ ނުބައިވެގެންވާ މަޅިތަކުން ރައްކާތެރިކޮށްދެނިވި ކަމެކެވެ. އަދި އެކަމަކީ ﷲ ތަޢާލާއާއި އެއިލާހުގެ އަޅުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެ، މުސްލިމުންގެ އީމާންކަން އިތުރު ކޮށްދޭނެ ކަމެއްވެސް މެއެވެ. އެފަދައިން ޒިކުރުތަށް ކިޔައި އެކަމަށް ރައްކާތެރި ވެއްޖެ މީހަކަށް ﷲ ތަޢަލާގެ އިޛުނަފުޅާއިއެކު ގެއްލުމެއް ދެވޭނެ އެހެން ފަރާތެއް ނުވެއެވެ.

عَنْ عَبْدِ اللهِ قَالَ : كَانَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَمْسَى قَالَ : ((أَمْسَيْنَا وَأَمْسَى الْمُلْكُ لِلهِ وَالْحَمْدُ لِلهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ)) ، قَالَ : أُرَاهُ قَالَ فِيهِنَّ ((لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ)) وَإِذَا أَصْبَحَ قَالَ ذَلِكَ أَيْضًا ((أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِ)).

[صحيح مسلم – كتاب الذكر والدعاء والتوبة والاستغفار 2723]

މާނައީ : ޢަބްދުﷲ ބިން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަވީރުވުމުން ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރައްވައެވެ.

ދުޢާގެ މާނަ: “އަޅަމެން ހަވީރާއި ހަމަޔަށް އަތުވެއްޖައީމެވެ. ވެރިކަން ލިބިވޮޑިގެންވަނީ ﷲ އަށެވެ. ރިވެތި ޘަނާއާއި ތަޢުރީފު ލިބިވޮޑިގެންވަނީ ﷲ އަށެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ބައިވެރިޔަކު ނުވެއެވެ.” އެކަލޭގެފާނު ވިދާޅުވިމަކަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ މިފަދައިންނެވެ. “އެއިލާހަށް ވެރިކަން ލިބިވޮޑިގެންވެއެވެ. އަދި އެއިލާހަށް ރިވެތި ޘަނާއާއި ތަޢްރީފު ލިބިވޮޑިގެންވެއެވެ. އަދި އެއިލާހު ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތައެވެ. މިއަޅާގެވެރި އިލާހު! މިދުވަހުގައި ހިމެނޭ ހުރިހާ ހެޔޮކަމެއް މިއަޅާއަށް ދެއްވުމަށް އެދި އިބައިލާހުއަށް ދަންނަވަމެވެ. އަދި މިދުވަހުގެ ނުބައި ކަމާއި މިދުވަހުގެ ފަހުގައިވާ ނުބައިކަމުން މިއަޅާ ރައްކާތެރި ކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން މިއަޅާ ހިމާޔަތް ހޯދަމެވެ. އޭ ﷲ ! ކަންނެތް ކަމާއި މުސްކުޅި އުމުރުގެ ނުބައިކަމުން މިއަޅާ ރައްކައުތެރި ކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުން މިއަޅާ ޙިމާޔަތް ހޯދަމެވެ. މިއަޅާގެ ވެރި އިލާހު! ނަރަކައިގެ ޢަޛާބުންނާއި ކަށްވަޅުގެ ޢަޛާބުން މިއަޅާ ރައްކައުތެރިކޮށް ދެއްވުންއެދި އިބަ އިލާހުގެ ޙަޟްރަތުން މިއަޅާ ޙިމާޔަތް ހޯދަމެވެ.”

އަދި ހެނދުނުވުމުން ޙަދީޘް ކުރައްވައެވެ. “އަޅަމެން ހެނދުނާ ހަމަޔަށް އަތުވެއްޖައީމެވެ. ވެރިކަން ލިބިވޮޑިގެންވަނީﷲ އަށެވެ.”

އަދި އެހެން ޙަދީޘެއްގައި އައިސް ފައިވެއެވެ.

عَبْدِ اللَّهِ بْنِ خُبَيْبٍ قَالَ: خَرَجْنَا فِي لَيْلَةِ مَطَرٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِيُصَلِّيَ لَنَا ، فَأَدْرَكْنَاهُ فَقَالَ: ((أَصَلَّيْتُمْ؟)) فَلَمْ أَقُلْ شَيْئًا فَقَالَ : ((قُلْ)) ، فَلَمْ أَقُلْ شَيْئًا . ثُمَّ قَالَ : ((قُلْ)) ، فَلَمْ أَقُلْ شَيْئًا . ثُمَّ قَالَ : ((قُلْ)) فَقُلْتُ : مَا أَقُولُ يَا رَسُولَ اللهِ ؟ قَالَ : (({ قُلْ هُوَ اللهُ أَحَدٌ } وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَحِينَ تُصْبِحُ ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ)).

[سنن أبي داود – كتاب الأدب/ حسن صحيح غريب /عون المعبود شرح سنن أبي داود: (4 / 482)]

މާނައީ: ޢަބްދުﷲ ބިން ޚުބައިބް ވިދާޅުވިއެވެ. ވާރޭވެހޭ، ކަޅުފޮއި ރެއެއްގައި ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި ބައްދަލު ކުރައްވައި، ތިމަންމެންނާއި އެކީ އިމާމުވެ ނަމާދުކޮށްދެއްވުމަށް ދެންނެވުމަށް ތިމަންމެން ދިޔައީމެވެ. ފަހެ ތިމަންމެނާ އެކަލޭގެފާނާއި ބައްދަލު ވެވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ނަމާދު ކޮށްފީމު ހެއްޔެވެ؟” އެހިނދު ތިމަންމެން އެއްވެސް ޖަވާބެއް ނުދެމެވެ.  އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ބުނެބަލާށެވެ؟” އެހިނދު ތިމަންމެން އެއްވެސް ޖަވާބެއް ނުދެމުއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “ބުނެބަލާށެވެ؟” ތިމަންމެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެން ކިޔަންވީ ކީކޭތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “( قُلْ هُوَ اللهُ أَحَدٌ) އަދި މުޢައްވިޛަތައިނި، (ފަލަޤް، ނާސި) ހެނދުނާއި، ހަވީރު ތިންފަހަރު ކިޔާށެވެ. އެކަން، ހުރިހާ ކަމަކުން ތިބާއަށް ފުދިގެން ދާހުއްޓެވެ.”

އެހެން ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ.

އަބޫހުރައިރާ رضي الله عنه ކިބައިން ރިވާވެގެންވެއެވެ. އަބޫބަކުރު رضي الله عنه ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިހުގައި އެކަލޭގެފާނު ހެނދުނާއި ހަވީރު ކިޔާނެ ކަލިމަތަކަކާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

قُل : ((اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَشَرِّ الشَّيْطَانِ وَشِرْكِهِ)).

 قَالَ : ((قُلْهَا إِذَا أَصْبَحْتَ ، وَإِذَا أَمْسَيْتَ ، وَإِذَا أَخَذْتَ مَضْجَعَكَ))

[سنن أبي داود – كتاب الأدب 5067]

 ދުޢާގެ މާނަ :”ވިދާޅުވާށެވެ. އޭ ﷲ! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އިލާހު، ފެންނަ ކަންތައްތަކާއި ޢައިބުގައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހު، ހުރިހާތަކެއްޗެއްގެ ވެރި އަދި މިލްކުވެވޮޑިގެންވާ އިލާހެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭނެ އެހެން އިލާހެއްނުވާކަމަށް އަޅުހެކިވަމެވެ. މިއަޅާގެ އަމިއްލަ ނަފުސުގެ ނުބައިކަމުންނާއި ޝައިޡާނާގެ ނުބައިކަމުން އަދި ޝިރުކުގެ ނުބައިކަމުން މިއަޅާ ރައްކާތެރި ކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.”

އަދި ޙަދީޘްކުރެއްވިއެވެ.” ހެނދުނާއި ހަވީރު އަދި ތިބާ ނިދަން އޮށޯންނަ ހިނދު މި ދުޢާ ކިޔާށެވެ.”

ޢުޘްމާނު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

((مَا مِنْ  عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلَاثَ مَرَّاتٍ فَيَضُرَّهُ شَيْءٌ))

[جامع الترمذي: (5 / 396) برقم: (3388)]

މާނައީ: ” ކޮންމެ ދުވަހެއްގެ ހެނދުނާއި އަދި ކޮންމެ ދުވަހެއްގެ ރޭގަނޑު މިދުޢާ ތިންފަހަރު ކިޔައިފި މީހަކު ދަންނައެވެ. އެއްވެސް އެއްޗަކަށް އެމީހަކަށް ގެއްލުމެއް ނުދެވޭ ހުއްޓެވެ. (ﷲގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. (އެބަހީ: އެއިލާހުގެ އިސްމުފުޅު ކިޔައި އެއިން ރައްކާތެރިކަން އެދިއްޖެމީހަކު، އެންމެހާ ނުބައިަކަމަކުން އެއިލާހު ރައްކާތެރިކުރައްވާނެއެވެ.) އަދި އެއިލާހު އެއީ މޮޅަށް އައްސަވާ މޮޅަށް ދެނިވޮޑިގެންވާ އިލާހެވެ.) “

ﷲ އެދެބޭކަލަކަށް ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ހެނދުނު އަދި ހަވީރު ވެއްޖެނަމަ، ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ މިދުޢާތަށް ކިޔުން ދޫކޮށެއް ނުލައްވައެވެ.

((اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ مِنْ أَنْ أُغْتَالَ مِنْ تحتي)).

[صحيح ابن حبان – كتاب الرقائق  961/سنن أبي داود – كتاب الأدب 5074]

ދުޢާގެ މާނަ : “އޭﷲ! ހަމަކަށަވަރުން ދުނިޔެއާއި އާޚިރަތުގައިވެސް ޢާފިޔަތުދެއްވުން އެދި މިއަޅާ އިބައިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ. އޭﷲ! މިއަޅާގެ ދީނާއި ދުނިޔެއާއި މިއަޅާގެ އަނބިދަރިން އަދި މިއަޅާގެ މުދާ ރައްކާތެރިކޮށްދެއްވުން އެދި އިބަ އިލާހުގެ ޙަޟުރަތުން ދަންނަވަމެވެ. އޭﷲ! މިއަޅާގެ ޢައިބުތަށް ވަންހަނާ ކޮށްދެއްވާނދޭވެ. އަދި ބިރުވެރި ކަންތަށްތަކުން މިއަޅާ އަމާން ކުރައްވާނދޭވެ. އޭﷲ! މިއަޅާގެ ކުރިމަތިންނާއި މިއަޅާގެ ފުރަގަހުން، އަދި މިއަޅާގެ ކަނާތްފަރާތުންނާއި މިއަޅާގެ ވާތްފަރާތުން އަދި މިއަޅާގެ މަތިން މިއަޅާ ރައްކާތެރި ކުރަށްވާނދޭވެ. އަދި ކުއްލި ހަލާކު ކުރެއްވުމަކުން މިއަޅާގެ ދަށުން ހަލާކު ވެދިއުމުން މިއަޅާ ރައްކާތެރި ކުރެއްވުން އެދި އިބަ އިލާހުގެ މަތިވެރިކަން މެދުވެރިކޮށް ދަންނަވަމެވެ.”

އެހެން ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : ((مَنْ قَالَ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، مَنْ قَالَهَا عَشْرَ مَرَّاتٍ حِينَ يُصْبِحُ ، كُتِبَ لَهُ بِهَا مِائَةُ حَسَنَةٍ ، وَمُحِيَ عَنْهُ بِهَا مِائَةُ سَيِّئَةٍ ، وَكَانَتْ لَهُ عَدْلَ رَقَبَةٍ ، وَحُفِظَ بِهَا يَوْمَئِذٍ حَتَّى يُمْسِيَ ، وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي كَانَ لَهُ مِثْلُ ذَلِكَ)).

[مسند أحمد بن حنبل 8840 وصححه الألباني ” الصحيحة ” (6/136) .]

މާނައީ :އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ.  އެކަލޭގެފާނު ވިދާޅުވިއެވެ، ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

“(قَالَ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) ހެނދުނު މި ދުޢާ ދިހަ ފަހަރު ކިޔައިފި މީހަކަށް ސަތޭކަ ހެޔޮކަން ލިޔެވޭ ހުއްޓެވެ. އަދި އެމީހެއްގެ ސަތޭކަ ފާފަ ފުއްސެވޭ ހުއްޓެވެ. އަދި އެމީހަކަށް އަޅަކު މިނިވަންކުރިފަދަ ހުއްޓެވެ. އަދި އޭނާ އެދުވަހު ހަވީރުވަންދެން (ޝައިޡާނާގެ ކިބައިން) ރައްކާތެރި ކުރެވޭ ހުއްޓެވެ. މިފަދައިން ހަވީރުގެ ވަގުތުގައި ކިޔައިފި މީހަކަށްވެސް އެފަދަ ދަރުމަ ހުއްޓެވެ. “

= ނުނިމޭ =

____________________

މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18

މިލިޔުމުގެ އެހެން ބައިތައް