[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުވަފެން ތަޢުބީރުކުރުމާ އަދި ދީނުގައި އައިސްފައިވާ މިންވަރަށް ވުރެ އިތުރަށް އެކަންކުރުމާމެދު އިންޛާރު ދިނުން 8

ތަޢުބީރު ކުރާ މީހާގެ ބަހަށް ހެއްލި، އޭނާ ބުނާ ހުރިހާ ބަހަކީ ތިބާ އިތުބާރުކުރާ ގޮތްކަމުގައި ހަދައިގެން ނުވާނެއެވެ.

 

މިއުންމަތުގެ ޞިއްދީޤު، އަދި ނަބިއްޔުންނާ ރަސޫލުންނަށް ފަހު އެންމެ މާތް އިންސާނާ އަބޫބަކުރު ސިއްދީޤް ރަޟިޔަﷲ ޢަންހު އަށް ހުވަފެނެއް ފެނި އެހުވަފެން ތަޢުބީރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެ ފާނަށް ޙަދީޘްކުރެވިއެވެ.

(أَصَبْتَ بَعْضًا وَأَخْطَأْتَ بَعْضًا..) [صحيح مسلم – كتاب الرؤيا – باب فِي تأويل الرؤيا (2269)]

މާނައީ: “ކަލޭގެފާނު ހުވަފެނުގެ އެއްބައިގެ ތަޢުބީރު ރަނގަޅުކޮށްފިއެވެ. އަދި އަނެއްބައި ވަނީ ގޯސްކޮށެވެ.”

ހުވަފެން ތަޢުބީރުކުމުގައި މީހާގެ އަގުހުރި ވަގުތު ދުއްވާލުމަކީ ބޭކާރު ކަމެކެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް އޮތީ ﷲ އަށް ވަކީލުކޮށް ދިރިއުޅުން އާރާސްތުކުރުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަށް ވުރެ ބޮޑަށް އަޅުގަނޑުމެނަށް މިދީނުގެ ކަންތައްތައް ނޭނގޭނެކަން ކަށަވަރެވެ. އަދި އެބޭކަލުން ދެއްކެވި މަގަކީ އަޅުގަނޑުމެންނަށް ސަލާމަތުގެ މަގުގައި ފައިތިލަ ސާބިތުކުރުމަށް އޮތް ގޮތެވެ.

އެބޭކަލުން ހުވަފެން ތަޢުބީރުކުރުމަށް ޢާންމު މަޖިލިސްތަކެއް ބާއްވާފައެއް ނުވެއެވެ. އެއީ ރަނގަޅު މޮޅުކަމެއްކަމުގައި ވާނަމަ އެބޭކަލުން އަޅުގަނޑުމެނަށް ވުރެ އެކަމުގައި ކުރިއަރައި ދިޔައީސްކަން ކަށަވަރެވެ. އެހެންކަމުން އެފަދަ މީހުންގެ ކިބައިން އަހުރެން ބަރީއަވަމެވެ. އެފަދަ މީހުން ކިބައިން ދުރުވުމަށް އިސްލާމީ އުއްމަތަށް ނަޞޭޙަތްތެރިވަމެވެ. އެހެންކަމުން އެފަދަ މީހުންނާއި ގުޅުންތައް ނުބާއްވާ، އެފަދަ މީހުންގެ ކިބައިން މީސްތަކުން ސަލާމަތްކުރުމަށް އެބައިމީހުންގެ ނުބައިކަން ބަޔާންކުރަން ޖެހެއެވެ.

އަޅަމެން އެންމެހާ ނުބައިވެގެންވާ ފިތުނަތަކުން ސަލާމަތްކުރަށްވާ ރައްކާތެރިކުރަށްވާށިއެވެ! އަދި އަހަރުމެން އެންމެންގެ މައްޗައްވަނީ ﷲ އަށް ބިރުވެތިވުމެވެ. އަޅަމެންނަށް އެންމެ މާތް އިސްނާސާ އަޅަމެންގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވުމުގެ ތައުފީޤުދެއްވާށިއެވެ! އަދި އަޅަމެން މާތްވެގެންވާ ނަބިއްޔުއްނާއި ޞިއްދީޤުންނާއި ޞާލިޙުންނާއި ޝަހީދުންނާއެކު މަޙުޝަރުކުރައްވާށިއެވެ. އެއީ އެކުގައިވުމަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ މީސްތަކުންނެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين

ސުޢޫދީ ޢަރަބިއްޔާގެ މުފްތީ

سماحة الشيخ عبد العزيز بن عبد الله بن محمد آل الشيخ (حفظه الله)

 

ނުނިމޭ =

____________________

މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18

މިލިޔުމުގެ އެހެން ބައިތައް