[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝުކުރުވެރިވާ މީހުން ކޮބާ؟ – 2

ޝުކުރުވެރިވުމުގެ ޙަޤީގަތް:

 

ޝުކުރުވެރިވުން އެއީ އެންމެ މަތިވެރި އަދި  އެންމެ މާތް  މަޤާމެވެ. އީމާންކަން ދެ ބަޔަކަށް ބެހިގެންވެއެވެ.

އެއީ ކެތްތެރިކަމާއި ޝުކުރުވެރި ވުމެވެ.

ޝުކުރުވެރިވުން ބިނާވެގެންވަނީ 5 ޤަވާޢިދެއްގެ މައްޗަށެވެ.

އެއީ :

1: ޝުކުރުވެރިވެވޭ ފަރާތަށް ޝުކުރުވެރިވާ މީހާގެ ކިބައިގައި އޮންނަ ބިރުވެތިކަން

2: ޝުކުރުވެރިވެވޭ ފަރާތަށް އޮންނަ ލޯބި

3: އެފަރާތުގެ ނިޢުމަތްތަކަށް އިޢުތިރާފުވުން

4: އެނިޢުމަތްތަކުގެ ވާހަކައިން އެފަރާތަށް ޘަނާކިއުން

5: ނިޢުމަތްދެއްވި ފަރާތް ނުރުއްސަވާ ގޮތަކަށް އޭގެ ބޭނުން ނުހިފުން

އެހެންކަމުން ޝުކުރުވެރިވުމަކީ، ނިޢުމަތްދެއްވި ފަރާތުގެ ނިޢުމަތަށް އިޢުތިރާފުވެ، ބިރުވެތިވެ، އެކަން އެފަރާތާއި ގުޅުވައި، ދެއްވި ނިއުމަތަށް ޘަނާކިޔައި ހިތުގައި އެކަން ދަމަހައްޓައި، ގުނަވަންތައް އެފަރާތުގެ ކިޔަމަންތެރިކަމުގެ މަތީގައި ބަހައްޓައި ދުލުން އެކަން ޛިކުރުކުރުމެވެ.

ނުނިމޭ=

__________________

މިއީ ދާރުލް ވަޠަންގެ ރިސާލާއެއް ކަމުގައިވާ (أين الشاكرون)  ގެ ތަރުޖަމާއެކެވެ.

މިލިޔުމުގެ އެހެން ބައިތައް