[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ޢާއިޝާ رضي الله عنها އާ ކައިވެނި ބައްލަވައިގެންނެވުމުގެ ޙިކުމަތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަބިއްޔާ صلى الله عليه وسلم ޢާއިޝާ رضي الله عنها އާ ކައިވެނި ބައްލަވައިގެންނެވީ ސަޢުދާ ބިންތު ޒަމްޢާ رضي الله عنها އާ ކައިވެނި ބައްލަވައިގެންނެވުމަށް ފަހުގައެވެ. ނަބިއްޔާ صلى الله عليه وسلم ކައިވެނި ބައްލަވައިގެންނެވި ބޭކަނބަލުންގެ ތެރެއިން ބިކުރުވެރި ކަނބަލަކީ ހަމައެކަނި ޢާއިޝާ رضي الله عنها އެވެ. އަދި އެކަލޭގެފާނު އެކަމަނާއާއެކު ރޭކުރެއްވީ އެކަމަނާގެ އުމުރުފުޅުން ނުވަ އަހަރުގައެވެ.


 

* ޢާއިޝާ رضي الله عنها ގެ މާތްކަމުގެ ތެރެއިން:

– އެކަމަނާ ފިޔަވާ އެހެން އަނބިކަބަލަކާއެކު، އެއް ރަޖައެއްގެ ދަށުގައި ވަނިކޮށް ވަޙީ ބާވައިނުލެއްވުން.

– ޚަލްޤުތަކުން ތެރެއިން ނަބިއްޔާ صلى الله عليه وسلم އެންމެ ލޯބިފުޅުވާ ފަރާތަކީ އެކަމަނާ.

– (އިފްކުގެ ޙާދިޘާގައި) އެކަމަނާ ބަރީއަވެގެންވާކަން ހަތް އުޑުގެ މަތިން ބާވައިލެއްވުން.

– އެކަމަނާއަކީ ނަބިއްޔާ صلى الله عليه وسلم އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފިޤުހުވެރި އަދި އެންމެ ޢިލްމުވެރި ކަމަނާ. އަދި ކިއެއްތަ، އެކަމަނާއަކީ މިއުންމަތުގައި ވެސް އެންމެ ޢިލްމުވެރި އަންހެން ކަމަނާއެވެ. ޞަޙާބީންގެ ތެރެއިން ދުވަސްވީ ބޭކަލުން ކަންކަމުގައި އެކަމަނާގެ ލަފާފުޅާއި ފަތުވާ ހޯއްދެވިއެވެ.


 

* ޢާއިޝާ رضي الله عنها ގެ ކައިވެނިފުޅު:

ޚަދީޖާ رضي الله عنها އަވަހާރަވުމުން ނަބިއްޔާ صلى الله عليه وسلم ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އެއީ އެކަމަނާއަކީ އެކަލޭގެފާނަށް ނަޞްރު ދެއްވާ ވާގިވެރިވުމުގައި އެކަލޭގެފާނުގެ އަރިހުގައި ދެމިހުންނެވި ފަރާތް ކަމުގައިވާތީއެވެ. އެހެންކަމުން އެކަމަނާ އަވަހާރަވީ އަހަރަށް ހިތާމައިގެ އަހަރުގެ ގޮތުގައި ނަން ދެވުނެވެ.

އެއަށްފަހު އެކަލޭގެފާނު ކައިވެނި ބައްލަވައިގެންނެވީ ސަޢުދާ رضي الله عنها އާއެވެ. އެކަމަނާއަކީ އުމުރުން ދުވަސްވީ ބޭކަނބަލެކެވެ. އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ ފިރިކަލުން އަވަހާރަވުމުން، އެކަމަނާ މުޝްރިކުންގެ ތެރޭގައި ހުންނަވަން ޖެހިވަޑައިގަތުމުން އެކަމުން އެކަމަނާއަށް ލިބިލެއްވި ހިތާމަ ފިއްލަވައި ދެއްވުމުގެ ގޮތުންނެވެ.

އޭގެ ހަތަރު އަހަރު ފަހުން އެކަލޭގެފާނު ޢާއިޝާ رضي الله عنها އާ ކައިވެނި ބައްލަވައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅު ފަންސާހަށްވުރެ މަތިވެއްޖެއެވެ.


 

* ޢާއިޝާ رضي الله عنها ގެ ކައިވެނިފުޅުގެ ޙިކުމަތްތަކުގެ ތެރެއިން:

ފުރަތަމައީ: ނަބިއްޔާ صلى الله عليه وسلم އަށް ހުވަފެންފުޅުގައި އެކަމަނާއާ އެކަލޭގެފާނުގެ ކައިވެނިފުޅު ފެނިވަޑައިގަތެވެ. ނަބިއްޔާ صلى الله عليه وسلم ޢާއިޝާ رضي الله عنها ގެ އަރިހުގައި ވިދާޅުވިކަމަށް އެކަމަނާ ރިވާކުރައްވާފައިވާ ޙަދީޘެއް އިމާމު އަލްބުޚާރި އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވެއެވެ.

((أُرِيتُكِ فِي المَنَامِ مَرَّتَيْنِ، أَرَى أَنَّكِ فِي سَرَقَةٍ مِنْ حَرِيرٍ، وَيَقُولُ: هَذِهِ امْرَأَتُكَ، فَاكْشِفْ عَنْهَا، فَإِذَا هِيَ أَنْتِ، فَأَقُولُ: إِنْ يَكُ هَذَا مِنْ عِنْدِ اللَّهِ يُمْضِهِ)). [رواه البخاري 3895]

މާނައީ: “ތިމަންކަލޭގެފާނަށް ދެފަހަރު ހުވަފެންފުޅުގައި ކަމަނާ ދެއްކެވުނެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ފަށުވީގެ ފޮތިގަނޑެއްގައި ކަމަނާ ވަނިކޮށެވެ. އަދި ދެންނެވުނެވެ. މިއީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. ފަހެ، އެފޮތިގަނޑު ކަޝްފުކުރެއްވީމެވެ. ފަހެ، އެހިނދު އޭގައިވީ ކަމަނާއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ހަމަކަށަވަރުން މިއީ ﷲ ގެ ޙަޟްރަތުން އައިކަމެއް ކަމުގައިވާނަމަ، މިކަން އެފަދައިން ވާނެއެވެ.”

މިހުވަފެންފުޅަކީ ނުބުއްވަތުގެ ހުވަފެންފުޅެއްތޯ ނުވަތަ ތައުވީލެއްވާ ހުވަފެންފުޅެއްތޯ ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. މިކަން އަލްޙާފިޡު އިބްނު ޙަޖަރު ފަތުޙުލްބާރީގައި ޛިކުރުކުރައްވާފައިވެއެވެ. [فتح الباري ( 9/181 )]

 

ދެވަނައީ: އެކަމަނާ ތުއްޕުޅުއިރުވެސް އެކަމަނާގެ ތޫނުފިލިކަމާއި ދުރުވިސްނުން، ނަބިއްޔާ صلى الله عليه وسلم އަށް ވަނީ ފެނިވަޑައިގެންފައެވެ. އެހެންކަމުން އެކަލޭގެފާނުގެ ކަންކަމާއި ބަސްފުޅުތައް ނަޤުލުކުރެއްވުމަށް އެކަމަނާއަކީ ޤާބިލު ބޭކަނބަލެއްކަމުގައި އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވުމަށް އެދިލެއްވިއެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން އެކަމަނާ ވެވަޑައިގެންނެވީ، ޞަޙާބީން އެބޭކަލުންގެ ކަންކަމުގައާއި ޙުކުމްތައް ހޯއްދެވުމުގައި އެބޭކަނބަލަކަށް ރުޖޫޢަވެވަޑައިގެންނެވި ފަރާތަށެވެ.

 

ތިންވަނައީ: އެކަމަނާގެ ބައްޕާފުޅު، އަބޫބަކުރު رضي الله عنه ދެކެ ނަބިއްޔާ صلى الله عليه وسلم ނުހަނު ލޯބިފުޅުވެ ވަޑައިގެންނެވިއެވެ. ދަޢުވަތުގެ މަގުގައި ގިނަގުނަ އުނދަގޫތަކާ ކުރިމަތިވެ ވަޑައިގެންނެވުމާއެކުވެސް، އެކަލޭގެފާނުވީ އެކަންކަމަށް ނުހަނު ކެތްތެރިވެ ވަޑައިގެންނެވި ބޭކަލެއްކަމުގައެވެ. އެކަލޭގެފާނަކީ ނަބީބޭކަލުންނަށްފަހު، މީސްތަކުންގެ ތެރެއިން އީމާންކަން އެންމެ ވަރުގަދަ، އަދި ޔަޤީންކުރެއްވުމުގައި އެންމެ ތެދުވެރި ފަރާތެވެ.

 

ނަބިއްޔާ صلى الله عليه وسلم ގެ ކައިވެނިފުޅުތަކަށް ނަޒަރު ހިންގާލުމުން، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރޭގައި އުމުރުން ހަގު ބޭކަނބަލުންނާއި އުމުރުން ދުވަސްވީ ބޭކަނބަލުން ފެނިގެންދެއެވެ. އަދި އެކަނބަލުންގެ ތެރޭގައި އެކަލޭގެފާނުގެ އެންމެ ބޮޑު ޢަދުއްވުގެ ދަރިކަނބަލުންނާއި، އެކަލޭގެފާނުގެ އެންމެ ގާތް އެކުވެރިޔާގެ ދަރިކަނބަލުންވެއެވެ. އަދި ޔަތީމު ކުދިން ބަލަހައްޓަވާ ތަރުބިއްޔަތުކުރުމުގެ ޒިންމާ ނަންގަވަމުން ގެންދެވި ބޭކަނބަލަކުވެސް ވިއެވެ. އަދި ރޯދަ ހިއްޕެވުމާއި ދަމުނަމާދުކުރެއްވުމުގައި، އެހެން ބޭކަނބަލުންނަށްވުރެ ކުރީގައި އަރާ ހުންނެވި ބޭކަނބަލަކުވެސް ވިއެވެ…

އެއިން ކޮންމެ ބޭކަނބަލަކީވެސް ނަމޫނާ ކަނބަލެކެވެ. އެބޭކަނބަލުން މެދުވެރިކުރައްވާ، މީސްތަކުންނަށް ތަފާތު ވައްތަރު މީހުންނާ މުއާމަލާތް ކުރާނެ ގޮތް އެކަލޭގެފާނުވަނީ ދައްކަވައިދެއްވާފައެވެ. [ބައްލަވާ: السيرة النبوية في ضوء المصادر الأصلية، ص: 711]

ތިޔަބައިމީހުން އެކަމަކާމެދު ކަންބޮޑުވާ ކަންތައްކަމުގައިވާ، ޢާއިޝާ رضي الله عنها ގެ ޢުމުރު ހަގުވުމުގެ މައްސަލައާމެދު ދަންނައެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އުޅުއްވީ ހޫނުގަދަ ރަށެއްގައެވެ. އެފަދަ ރަށްރަށުގައި އާންމު ގޮތެއްގައި އަންހެންކުދިން އަވަހަށް ބާލިޣުވެއެވެ. އެހެންކަމުން އަވަހަށް ކައިވެނި ކުރެއެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ޢަރަބި ޖަޒީރާގައި އެކަން އޮތީ އެފަދައިންނެވެ. އަންހެނުން ހެދި ބޮޑުވުމާއި އެފަދަ ކަންކަމުގައި، އެއް އަންހެނަކު އަނެއް އަންހެނަކާ ތަފާތު ހުރެއެވެ. ކަން މިހެން ހުރިއިރު، ކައިވެނި ކުރުމުގައިވެސް އެކަކު އަނެކެއްގެ މެދުގައި ބޮޑެތި ތަފާތުތައް ހުރެއެވެ.

ނަބިއްޔާ صلى الله عليه وسلم ޢާއިޝާ رضي الله عنها ފިޔަވާ ބިކުރުވެރި ބޭކަނބަލަކާ ކައިވެނި ބައްލަވައި ނުގަންނަވާކަމާއި، އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުންނަކީ ކުރިން ކައިވެނި ބައްލަވައިގެންފައި ތިއްބެވި ބޭކަނބަލުންކަމާމެދު ތިބާ ވިސްނައިފިނަމަ، ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކުރާ މީހުންގެ ދަޢުވާގެ ދޮގުކަން ހާމަވާނެއެވެ. އެފަދަ މީހުން އެންމެ ގިނައިންކުރާ އެއް ދަޢުވާއަކީ އެކަލޭގެފާނުގެ ކައިވެނިފުޅުތަކުގެ އަސާސަކީ ޝަހުވަތްތެރިކަން ކަމެވެ. – ﷲ ތިބާއަށް ތެދުމަގު ދައްކަވާށިއެވެ. – ކަން އޮތީ އެބައިމީހުން އެބުނާ ފަދައިން ކަމުގައިވާނަމަ، އެކަލޭގެފާނުގެ އެންމެހާ އަނބިއަނބިކަނބަލުން ވެވަޑައިގެންނެވީހީ ބިކުރުވެރި، ރީތި ބޭކަނބަލުންކަމުގައެވެ.

މިފަދަ މީހުން، ރަޙުމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ކުރާ ފުރައްސާރައިން ދަލީލުކޮށްދެނީ އެކަލޭގެފާނު ގެންނެވި ޝަރީޢަތާއި ﷲ ގެ ޙަޟްރަތުން އެކަލޭގެފާނަށް ބާވައިލެއްވި ދީނަށް އެއްޗެހި ކިޔުމުގައިވެސް އެބައިމީހުން ނުކުޅެދިފައިވާކަމެވެ. އޭގެ ސަބަބުން އެބައިމީހުން މަސައްކަތްކޮށްފައިވަނީ އޭގެ ބޭރުން އެހެން ކަންތައްތައް ހޯދައިގެން އެއްޗެހި ކިޔޭތޯއެވެ. އެހެނަސް ކާފިރުން ނުރުހުނަސް ﷲ ތަޢާލާ އެއިލާހުގެ ނޫރުފުޅު ފުރިހަމަކުރައްވާނެއެވެ.

وبالله التوفيق.

___________________________

މަޞްދަރު