[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: މުދިމުން “الصَّلاَةُ فِي الرِّحَالِ” ގޮވުމާމެދު ޚުލާޞާ ބަހެއް

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

މިއީ؛ މުޞީބާތުގެ ވަގުތުގައި ތިބިތަނެއްގައި ތިބެގެން ނުވަތަ ގޭގައި ތިބެގެން ނަމާދުކުރުމަށްޓަކައި ބަންގީގައި ގޮވާލާ “الصَّلاَةُ فِي الرِّحَالِ”، “الصَّلاَةُ فِي بُيُوتِكُمْ” ފަދަ ޢިބާރާތްތައް ބަންގީގައި ގޮވުމާބެހޭގޮތުން ކުވައިތުގެ ޖާމިޢަތު ކުވައިތުގެ ކުއްލިއްޔަތުއް ޝަރީޢާގެ އުސްތާޒެއްކަމުގައިވާ ޑޮކްޓަރ މުޠްލަޤު ޖާސިރު މުޠްލަޤު އަލްޖާސިރު ލިޔުއްވާފައިވާ “تَلْخِيْصُ الـمَقَالِ فِي مَسَائِلِ قَوْلِ الـمُؤَذِّنِينَ: “الصَّلاَةُ فِي الرِّحَالِ”” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.

މި މަސްއަލައަކީ މި ދުވަސްވަރުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް – ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ މުސްލިމް އެކި ގައުމުތަކުގައި، ރައްކާތެރިކަމުގެގޮތުން މިސްކިތުގެ ޖަމާޢަތްތައް ހުއްޓާލަމުންދާ ދުވަސްވަރެކެވެ. މިގޮތުން އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއައްވެސް ވަނީ މި ޙާލަތު އައިސްފައެވެ.

މިފަދަ ޙާލަތްތަކުގައި ބަންގިގޮވާއިރު، “الصَّلاَةُ فِي الرِّحَالِ” ނުވަތަ މިފަދަ ޢިބާރާތްތައް ބަންގީގައި ގޮވުމަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއައް އާކަމެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ޚާއްޞަކޮށް ލޮބުވެތި މުދިމުންނަށް ކޮންމެހެންވެސް މިވަގުތު އެނގުން މުހިއްމު މަޢުލޫމާތަކަށްވާނެކަން ކަށަވަރެވެ.

ފޮތުގެ ނަން:  މުދިމުން “الصَّلاَةُ فِي الرِّحَالِ” ގޮވުމާމެދު ޚުލާޞާ ބަހެއް

ލިޔެ ޖަމާކުރީ:  މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 21 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 2.13 MB

ފޮތް ޑައުންލޯޑުކުރައްވާ