[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم މަޑުކުރެއްވި ގަހެއްގެ ކައިިރިއަށް ދިޔުމުގެ ޙުކުމް

ސުވާލު:

ﷲ ތިޔަބޭކަލުންނަށް ބަރަކާތް ލައްވާށިއެވެ. އަހަރެމެންނަށް މިކަމުގައި ފަތުވާއެއް ދެއްވުމަށް އެދެމެވެ.

ނަބިއްޔާ صلى الله عليه وسلم ނަބީކަމައިގެން ފޮނުއްވުމުގެ ކުރިން ޝާމްކަރަޔަށް ކުރެއްވި ދަތުރުގައި، އެކަލޭގެފާނު ހިޔާ ހޯއްދަވަން މަޑުކުރެއްވި ގަހެއްކަމުގައި ބުނެ، މިހާރުވެސް އެގަސް ހުރިކަމަށް ދަޢުވާ ކުރެވޭ ގަހުގެ ޙަޤީޤަތަކީ ނުވަތަ ޞައްޙަކަމަކީ ކޮބާ ހެއްޔެވެ؟ އަދި އެގަހަށް ޒިޔާރަތް ކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

 

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعد:

ޙަމްދު ހުރީ ﷲ އަށެވެ. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ ﷲ ގެ ރަސޫލާ صلى الله عليه  وسلم އަށެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީންނަށެވެ. އެއަށްފަހު ދަންނާށެވެ.

ނަބިއްޔާ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން، ޚަދީޖާ رضي الله عنها ގެ އަޅުކުއްޖެއް ކަމުގައިވާ މައިސަރާއާއެކު، ޝާމްކަރަޔަށް ކުރެއްވި ވިޔަފާރި ދަތުރުގައި އެގަހެއްގެ ހިޔަލުގައި މަޑުކުރެއްވި ގަސްކަމަށް ބުނެ، އިންޓަނެޓުގައި ފެންނަމުންދާ ފޮޓޯގައި، އެގަސްކަމަށް ދަޢުވާކުރެވޭ ގަހުގެ ޞައްހަކަމާމެދު އަހަރެމެންނަށް ޘާބިތު ޞައްޙަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ކޮންމެ ހާލެއްގައިވިޔަސް، އަދި ޘާބިތު ވިކަމުގަވިޔަސް ދަންނަންވީކަމަކީ ޝަރުޢުނުކުރެވޭ އާޘާރުތަކާ ތަންތަނާ ތަކެތި މަތިވެރިކޮށް ހެދުމަކީ، ޝައިޠާނާގެ ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިވެ ދުރުހެލިވާންޖޭ ކަންކަމެވެ. އެއީ އެފަދަ ބައެއްކަންކަމަކީ ޝިރުކަށް މަގުފަހިވެ، ޝިރުކަށް ގެންދާ ކަންކަމަށް ވާތީއެވެ.

އިބުން އަބީ ޝައިބާ އެކަލޭގެފާނުގެ މުޞަންނަފުގައި ނާފިޢުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އެގަހެއްގެ ދަށުގައި ބައިއަތު ހިފުނު ގަސްދޮށަށް ބަޔަކު ގޮސްހަދާކަން ޢުމަރު ބުން ޚައްޠާބާ ހަމަޔަށް ފޯރިއެވެ. ނާފިޢުގެފާނު ވިދާޅުވިއެވެ. “ޢުމަރުގެފާނު އަމުރުކުރެއްވުމުން އެގަސް ކަނޑާލެވުނެވެ.”

އަދި އިބުން އަބީ ޝައިބާއާއި ޢަބްދުއްރައްޒާޤު، އެދެބޭކަލުންގެ މުޞައްނަފުގައި، އަލްފާރޫޤު ޢުމަރު رضي الله عنه ގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެގެން ދިޔައީ އެބައިމީހުން ނަބީބޭކަލުންގެ އާޡާރުތައް، (އެބޭކަލުން ބޭނުންކޮންފައިވާ ތަކެއްޗާ އަދި ދަތުރުތަކުގައި ނުވަތަ އެނޫންވެސް ހާލަތްތަކުގައި މަޑުކުރައްވާފައިވާ ތަންތަން) އަޅުކަންކުރާ އެއްޗިހި ނުވަތަ ތަންތަން ގޮތުގައި ބަލައިގަތުމުންނެވެ.”

އެހެންކަމުން އެނގި ބަޔާންވެގެންދަނީ ނަބިއްޔާ صلى الله عليه وسلم ދަތުރުފުޅުގައި އެގަހެއްގެ ހިޔަލުގައި މަޑުކުރެއްވި ގަހެއްކަމުގަވިޔަސް އަދި އެހެން ގަހެއްކަމުގަވިޔަސް، ﷲ އަށް ކުއްތަންވުމުގެ ގޮތުން އެފަދަ ތަނަކަށް ޒިޔާރަތް ކުރުމަކީ ޙަރާމްކުރައްވާފައިވާ ބިދުޢައެކެވެ.

والله أعلم.

__________________

މަޞްދަރު