[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ތަންތަނަށް ވަންނައިރު އިޒުނައަށް އެދުމުގެ އަދަބުތައް

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމާއި، ރިވެތިކަން ހާމަކޮށްދޭ އެންމެ މުހިއްމު އެއްކަމަކީ އެ ޝަރީޢަތުގައި ބަޔާންކުރައްވާފައިވާ ރިވެތި އަޚްލާޤުގެ އުޞޫލުތަކެވެ. މިފަދަ އަޚްލާޤީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ އެއް އަދަބަކީ ތަންތަނަށް ވަންނައިރު އިޒުނައަށް އެދުމުގެ އަދަބެވެ.

މިފަދަ ރިވެތި އަދަބުތައް އިސްލާމީ ޝަރީޢަތުގައި އައިސްފައިވަނީ މުޖުތަމަޢުގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށާއި، މީސްތަކުންގެ އަބުރާއި މުދާ ޙިމާޔަތްތެރިކޮށް ދިނުމުގެ ގޮތުންނެވެ.

މި ފޮތަކީ؛ ތަންތަނަށް ވަންނައިރު އިޒުނައަށް އެދުމުގެ އަދަބުތަކާބެހޭގޮތުން “ދިސަލަފިއްޔާ.ނެޓް” ގައި އަޅުގަނޑު ޝާއިޢުކޮށްފައިވާ ލިޔުންތަކެއް ޖަމާކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެންމެ ފުރަތަމަ ލިޔުން ޝާއިޢުކޮށްފައި ވަނީ 02 ޖެނުއަރީ 2014 މ. ގައެވެ. އަދި އެންމެ ފަހު ލިޔުން ޝާއިޢުކޮށްފައިވަނީ 27 ފެބްރުއަރީ 2014 މ. ގައެވެ.

އިންސާނުންނަކީ އަބަދުމެ އެހެންމީހުންގެ އެހީތެރިކަމަށާއި، އެހެންމީހުންނަށް އަޅާލުމަށާއި، ހާލުއަހުވާލުބެލުމަށްޓަކައި އެކަކު އަނެކަކު އުޅޭ ތަންތަނަށް ޒިޔާރަތްކުރަންޖެހިފައިވާ މީހެކެވެ. މިފަދަ ޒިޔާރަތްތައްކުރުމުގައި މީސްތަކުންގެ ގޯތިގެދޮރުގެ ޙުރުމަތް ނުގެއްލޭނެފަދަ ގޮތަކަށް ޢަމަލުތައް ބަހައްޓަންޖެހެއެވެ.

ޚާއްޞަގޮތެއްގައި މި މައުޟޫއަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަށް ބޭނުންތެރި މައުޟޫއެކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ގޯތިގެދޮރުތައް ކައިރިކައިރީގައި ހުރުމާއި، އެއް ގެއެއްގައި އެތައް އާއިލާއެއް އުޅެންޖެހުމަކީ މި މައުޟޫގެ މުހިއްމުކަން ދޭހަކޮށްދޭ ކަމެކެވެ.

މާތް ﷲ ގެ ޙަޟްރަތުން އެދި ދުޢާކުރަނީ؛ މި ފޮތުގެ މަންފާ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންގެ ޚަލްޤުކުރެއްވުން ރިވެތި ކުރެއްވިފަދައިން އަޅުގަނޑުމެންގެ ޚުލްޤުވެސް ހެޔޮކޮށްދެއްވުމެވެ.

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

ފޮތުގެ ނަން:  ތަންތަނަށް ވަންނައިރު އިޒުނައަށް އެދުމުގެ އަދަބުތައް

ލިޔެ ޖަމާކުރީ:  މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 49 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 5.37 MB

ފޮތް ޑައުންލޯޑުކުރައްވާ