3- ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّـهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ﴿١٦٤﴾ فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿١٦٦﴾ وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ الْقِيَامَةِ مَن يَسُومُهُمْ سُوءَ الْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ الْعِقَابِ ۖ وَإِنَّهُ لَغَفُورٌ رَّحِيمٌ ﴾ [1]
މާނައީ: ”އޭގެ ތެރެއިން އެއްބަޔަކު ބުނި ހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ.”
”ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ.”
”ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ!”
”އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذاب ގެ ރަހަ ދައްކާނޭ ބަޔަކު قيامة ދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.އަދި ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.”
((عَنْ حُذيفةَ رضي الله عنه عن النَّبيِّ صلى الله عليه وسلم قَالَ: “والَّذِي نَفْسِي بِيَدِهِ، لَتَأْمُرُنَّ بالْمَعْرُوفِ، ولَتَنْهَوُنَّ عَنِ المُنْكَرِ، أَوْ لَيُوشِكَنَّ اللَّه أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ، ثُمَّ تَدْعُونَهُ فَلا يُسْتَجابُ لَكُمْ”)) [2]
މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޙުޛައިފާ رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފާރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރާ ހުށިކަމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން މުންކަރާތްތައް ނަހީކުރާ ހުށިކަމެވެ. ނޫންނަމަ، ހަމަކަށަވަރުން، ﷲގެ ޙަޟުރަތުން ކޯފާއެއް ބާވައިލެއްވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެއަށްފަހު، ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތައް ދުޢާދަންނަވާނޫއެވެ. ފަހެ، (އެހާރުން) ތިޔަބައިމީހުންގެ ދުޢާ އިޖާބައެއް ނުކުރެވޭ ހުށްޓެވެ.”
((وعَن أَبي بَكْرٍ الصِّدِّيقِ رضي الله عنه أَنَّه قال: يَا أيُّهَا النَّاسُ إِنَّكُمْ تَقْرَءُونَ هَذِهِ الآيَةَ: (يَا أَيُّهَا الَّذِينَ آمَنُواْ عَلَيْكُمْ أَنفُسَكُمْ لاَ يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ)، [3] وَإِنِّي سَمِعْتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ: “إِنَّ النَّاسَ إِذَا رَأَوْا الظَاِلم، فَلَمْ يَأْخُذُوا عَلَى يَدَيْهِ أَوْشَكَ أَنْ يَعُمَّهُمُ اللهُ بِعِقَابٍ مِنْهُ”)) [4]
މާނައީ: “ްންމެންގެ މައްޗަށް ޢާންމުވެގެނެށް ޢާންމުވެގެނެވާ ކޯފާއެއް އައުމަކީ ދުރުގައިވާ ކަމެއްނޫނެވެ.)އަބޫބަކުރުއްޞިއްދީޤު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ކީރިތި ޤުރުއާނުގެ މިއާޔަތް ކިޔަވަމުއެވެ. (يَا أَيُّهَا الَّذِينَ آمَنُواْ عَلَيْكُمْ أَنفُسَكُمْ لاَ يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ) މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ރައްކާތެރިކޮށް، إصلاح ކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭ ހުށްޓެވެ.”
އަދި ހަމަކަށަވަރުން، ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން، މީސްތަކުންނަށް، އަނިޔާވެރިޔަކު ފެނި، އޭނާގެ ފާފަވެރިކަމުން އޭނާ ދުރުނުކުރި ނަމަ (ދަންނާށެވެ!) ﷲގެ ޙަޟުރަތުން، އެބައިމީހުން އެންމެންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.”
((وعن جرير رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: ”مَا مِنْ رَجُلٍ يَكُونُ فِي قَوْمٍ يُعْمَلُ فِيهِمْ بِالْمَعَاصِي، يَقْدِرُونَ عَلَى أَنْ يُغَيِّرُوا عَلَيْهِ، فَلَا يُغَيِّرُوا، إِلَّا أَصَابَهُمُ اللَّهُ بِعَذَابٍ مِنْ قَبْلِ أَنْ يَمُوتُوا ”)) [5]
ޖަރީރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. ”ޤައުމެއްގައި އުޅޭ މީހަކު، މީސްތަކުންގެ ކުރިމަތީގައި ފާފަތަކަށް އަރައިގަނެ، އެބައިމީހުންނަށް އޭނާ އެކުރާ ކަންތައް ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެންވުމާއެކުވެސް އޭނާ އެކުރާ ކަންތައް ނުހުއްޓުވާނަމަ، އެބައިމީހުން މަރުވުމުގެ ކުރިން ﷲ تعالىގެ ޙަޟްރަތުން ޢަޛާބެއް އައިސް އެމީހުންގެ މައްޗަށް ޖެހޭނެތެވެ.”
4- ﷲ تعالى ޙަޟްރަތަށް ރުޖޫޢަވެ މަޑުމޮޅިވުން
﴿وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَر﴾ [6]
މާނައީ: ”އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكر ތައް (އެބަހީ: އޭގެ ޢަދަދާއި ގިނަކަން)، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدم ގެ ދަރިންނަށް عبرة ތެރި ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.”
﴿وَمَا أَرْسَلْنَا فِي قَرْيَةٍ مِّن نَّبِيٍّ إِلَّا أَخَذْنَا أَهْلَهَا بِالْبَأْسَاءِ وَالضَّرَّاءِ لَعَلَّهُمْ يَضَّرَّعُون﴾[7]
މާނައީ: ”އެރަށެއްގެ أهل ވެރިންނަށް ދަތިކަމާއި، ބަލިމަޑުކަން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެމީހުން މަޑުމޮޅިވުމަށެވެ.”
އަލްއިމާމް އިބްން ކަޘީރް رحمه الله ވިދާޅުވިއެވެ. [8] ”އިހުގެ ރަސޫލު ބޭކަލުން ފޮނުއްވުނު އުންމަތްތަކުގެ މީހުން، ދަތިކަމާއި ބަލިމަޑުކަމުން އިމްތިޙާނުކުރެއްވި ގޮތުގެ ވާހަކައިން ﷲ تعالى ވަނީ ޚަބަރުދެއްވާފައެވެ.
އެބަހީ:
﴿ بِالْبَأْسَاءِ ﴾ އެބައިމީހުންގެ ހަށިތަކަށް ޖެހޭ އެންމެހާ ބަލިތަކާއި ނުބައިވެގެންވީ ބަލިތަކެވެ.
﴿وَالضَّرَّاءِ﴾ އެބައިމީހުންނަށް ޖެހޭ ފަޤީރުކަމާއި އެންމެހާ ޙާޖަތްތަކާއި އެނޫންވެސް އެފަދަ ކަންކަމެވެ.
﴿ لَعَلَّهُمْ يَضَّرَّعُونَ﴾ ﷲ ޙަޟުރަތަށް ދުޢާކޮށް، ބިރުވެތިވެ، އެބާއިމީހުންނަށް ޖެހިފައިވާ މުޞީބާތުން ދުރުކޮށް ދެއްވުމަށް އެދި އާދޭސް ދެންނެވުމަށެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] الأعراف 164-167
[2] رواه الترمذي: (2167)
[3] المائدة: 105
[4] أبو داود: (4338) رواه الترمذي: (2168)
[5] رواه أبو داود: (4339)
[6] المدثر 31
[7] الأعراف 94
[8] تفسير ابن كثير: (3/499)