[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 4

5- ފާފަތަކުން ދުރުވުން

ﷲ تعالى ވަޙީކުރެއްވިއެވެ.

﴿ ذَٰلِكَ بِأَنَّ اللَّـهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۙ وَأَنَّ اللَّـهَ سَمِيعٌ عَلِيمٌ ﴾ [1]

މާނައީ: “އެއީ ބަޔަކު މީހުންނަށް اللَّه ދެއްވާފައިވާ نعمة އެއް، އެބަޔަކުގެ އަމިއްލަ نفس ތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ.

﴿ ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴾ [2]

މާނައީ: “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عمل ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.”

އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ.

 ﴿ وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴾ [3]

މާނައީ: “ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.”

((عن عِمْرَانَ بْنِ حُصَيْن رضي الله عنه أَنَّ رَسُولَ اللَّه  صلى الله عليه وسلم قَالَ: ” فِي هَذِهِ الْأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ “. فَقَالَ رَجُلٌ مِنْ الْمُسْلِمِينَ: يَا رَسُولَ اللَّهِ! وَمَتَى ذَلِكَ؟ قَالَ: ” إذَا ظَهَرَتْ الْقِيَانُ وَالْمَعَازِفُ وَشُرِبَتْ الْخُمُورُ”)) [4]

މާނައީ: ޢިމްރާން ބިން ޙުޞައިން رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ބިންގަނޑު ގަންބަވައިގަތުމަކާއި ބައެއްގެ ޞޫރަ ބަދަލުކުރެއްވުމަކާ އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުން މިއުއްމަތުގައި ވާނެއެވެ.” މުސްލިމުންގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންއިރަކުން ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ލަވަކިޔާ މީހުންނާއި މިޔުޒިކުގެ ސާމާނު ފާޅުވެ އަދި ރާ ބޯން ފެށުމުންނެވެ.”

އަލްއިމާމް އިބްނުލްޤައްޔިމް رحمه الله ވިދާޅުވިއެވެ.[5]

“ފާފައިގެ އަޘަރުތަކުގެ ތެރޭގައި: ފާފައިގެ ސަބަބުން ފެނާއި، ވަޔާއި، ދަނޑުވެރިކަމާއި، މޭވާތަކުގައްޔާއި، މީހުން ދިރިއުޅޭ ތަންތަނުގައްޔާ އަދި ބިމުގައި އެކި ވައްތަރުގެ ފަސާދަ ވެގެންދާނެއެވެ.”

6- ތައުބާވުމާއި އިސްތިޣްފާރުކުރުން

ﷲ تعالى ވަޙީކުރައްވާފައިވެއެވެ.

﴿ وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴾ [6]

މާނައީ: “އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ އެ އުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.”

((قَالَ ابْنُ عَبَّاسٍ رضي الله عنهما:[7] ” كَانَ فِيهِمْ أَمَانَانِ: نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَالِاسْتِغْفَارُ ، فَذَهَبَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَبَقِيَ الِاسْتِغْفَارُ “))

މާނައީ: އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ: “މިއުއްމަތުގައި ދެ އަމާންކަން އޮތެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އާއި އިސްތިޣްފާރު ކުރުމެވެ. ދެންފަހެ ނަބިއްޔާ صلى الله عليه وسلم އަވަހާރަވެއްޖެއެވެ. އަދި އިސްތިޣްފާރުކުރުން ދެމި އޮތެވެ.”

((وقال علي بن أبي طالب رضي الله عنه:[8] ” ماَ نَزَلَ بَلَاءٌ إِلَّا بِذَنبٍ، وَلَا رُفِعَ بَلَاءٌ إِلَّا بِتَوبةٍ”))

މާނައީ: ޢަލީ ބިން އަބީ ޠާލިބް رضي الله عنه ވިދާޅުވިއެވެ: “ފާފައިގެ ސަބަބުން މެނުވީ ބަލާއެއް ނުފައިބައެވެ. އަދި ތައުބާވުމުން މެނުވީ ބަލާއެއް ފިލައި ނުދެއެވެ.”

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

[1] الأنفال 53

[2] الروم 41

[3] الشوري 30

[4]  رواه الترمذي: (2212)

[5]   الداء والدواء: (1/157)

[6]  الأنفال    33

[7]  تفسير ابن كثير:(4/48)

[8] الذاء والدواء لابن القيم:(179)