الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:
މިފޮތަކީ؛ ކީރިތި ޤުރްއާން ތަދައްބުރުކުރުމާއި އެ ފޮތް ކިޔެވުމުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ 31 ފައިދާގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޖަމާކުރައްވާފައިވާ “31 فَائِدَةً فِيْ تَدَبُّرِ وَتِلَاوَةِ الْقُرْآنِ” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.
އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އެކި ސުވާލުތައް ތަފާތު އެތައް ބަހަކުން ގެނެސްދޭ islamqa.info ވެބްސައިޓުގެ ޖެނެރަލް ސްޕަވައިޒަރެވެ.
މި ފޮތުގައި ވަރަށް ކުރުކުރުކޮށް އަލިއަޅުވާލެވިފައިވާ މައުޟޫޢަކީ ކީރިތި ޤުރްއާން ކިޔެވުމާއި، އެ ފޮތާމެދު ފުންކޮށް ވިސްނާ ފިކުރުކުރުމުގެ ފައިދާތަކުގެ މައްޗަށެވެ. މި ފައިދާތަކުގެ ސަބަބުން:
- ކީރިތި ޤުރްއާނާ ދުރަށްޖެހިފައިވާ ހިތްތައް އެ ފޮތާ ކައިރިކޮށްދޭނެއެވެ.
- ކީރިތި ޤުރްއާން ކިޔެވުމުގައި ފަރުވާކުޑަބަޔަކަށް ހިތްވަރާއި އާރޯކަން ގެނެސްދޭނެއެވެ.
- ކީރިތި ޤުރްއާން ގިނަގިނައިން ކިޔަވާ ބަޔަކު، ހަމައެކަނި ކިޔަވާލުމުގެ އިތުރަށް، އެއަށްވުރެ ގިނަގުނަ ފައިދާ ލިބިގަންނާނެ ގޮތްތަކަށް ލޯހުޅުވާލަދޭނެއެވެ.
- ކީރިތި ޤުރްއާން ހަމައެކަނި ކިޔަވާލުމުގެ އިތުރަށް އެ ފޮތުން ތިމާގެ ހިތަށާއި، އުޅުމާއިގުޅުމަށް އަސަރުކުރުވާނެ ގޮތްތައް އަންގައިދޭނެއެވެ.
ދުޢާއަކީ؛ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ފޮތުގެ މަންފާ ފޯރުކޮށްދެއްވުމެވެ. އަދި މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވައި، އެ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމެވެ.
وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.
ފޮތުގެ ނަން: ކީރިތި ޤުރްއާން ތަދައްބުރުކުރުމާއި އެ ފޮތް ކިޔެވުމުގެ 31 ފައިދާ ތަރުޖަމާކުރީ: އައްޝައިޚް މުޙައްމަދު ސިނާން |
ޞަފްޙާގެ ޢަދަދު: 40 ޞަފްޙާ (A5 ސައިޒް). ފައިލް ސައިޒް: 545 KB |