[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ބަލިމަޑުކަމާއި ކަންބޮޑުވުމުގެ ޙާލަތުގައި މުސްލިމުންގެ އައްޑަނަ: ޒިކުރާއި ދުޢާ

الحمد لله الحكيم العليم، وأشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمدًا عبده ورسوله. اللهم صل وسلم على عبدك ورسولك محمد، وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين.

މި ފޮތުގައި އެކުލެވިގެންވަނީ، ބައްޔާއި މުޞީބާތުގެ އެކިއެކި ޙާލަތްތަކުގައި ދިމާވެދާނެ ކަންކަމާ ގުޅޭ ޒިކުރުތަކަކާއި ދުޢާތަކެކެވެ. މި ދުޢާތައް ނަގާފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތުންނެވެ. ސުންނަތުން ދުޢާތައް ނެގުމުގައި، ދުޢާގެ ލަފުޒު ނަގާ ޙަދީޘެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެއެވެ.

ކޮންމެ ޙަދީޘެއްގެވެސް ރިފަރެންސް ދީފައިވާނީ، ރިވާކުރައްވާފައިވާ ފޮތާއި ޙަދީޘް ނަންބަރު ޖަހައިގެންނެވެ. ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގެ ޙަދީޘްތަކުގެ ދަރަޖަ ބަޔާންކޮށްފައެއް ނުވާނެއެވެ. އެހެނީ ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގެ ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކެއްކަމަށް، އުންމަތުގެ ގިނަ ބައެއްވަނީ އެއްބަސްވެފައެވެ.

ޞަޙީހު ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި ނުހިމެނޭ ޙަދީޘެއްނަމަ، ކޮންމެ ޙަދީޘެއްގެވެސް ދެ ރިފަރެންސެއް ދީފައިވާނެއެވެ. އަދި އެއީ ޞައްޙަ ރިވާޔަތެއްތޯ ބެލުމަށް ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރުޖޫޢަވެފައިވާނެއެވެ. މައިގަނޑު ގޮތެއްގައި ބެލިފައިވާނީ الألباني އާއި شعيب الأرنؤوط އާއި أحمد شاكر ގެ ބަސްފުޅުތަކަށެވެ.

ބައެއް ބޭފުޅުން މި ފޮތް ބޭނުން ކުރައްވާއިރު، އެ ބޭފުޅަކު އާންމުކޮށް ކުރައްވާ ދުޢާއަކާއި، ބައެއް ދުޢާތަކުގެ ލަފުޒުތަކުގައި ކުޑަ ތަފާތެއް ހުންނާތީ ފެނިދާނެއެވެ. އެހެން ދިމާވަނީ ކޮންމެ ޙަދީޘެއްގެ ގިނަ ފޮތްތަކުގައި ގިނަ ރާވީންގެ ފަރާތުން، ލަފުޒުތަކުގެ ކުދި ތަފާތުތަކާއެކު ރިވާވެފައިވާތީއެވެ. މިފަދައިން ފެންނަ ތަފާތުތަކަކީ ދުޢާގެ މާނައަށް ޤުރުއާނާއި ސުންނަތާ ނުވަތަ ޝަރީޢަތުގެ ޤަވާޢިދަކާ ފުށުނާރާނަމަ އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ވާރިދުވެފައިވާ ކޮންމެ ޞީޣާއަކުންވެސް ދުޢާކުރެވޭނެއެވެ.

މި ފޮތުގައި މުރާޖިޢާކޮށް ދެއްވިކަމަށްޓަކައި އައްޝައިޚް މުޙައްމަދު ސިނާނާއި އަލްއުސްތާޛާ ފާޠިމަތު ސާމިރާއަށް ޝުކުރު ދަންނަވަމެވެ. އަދި އިމްލާކުށް ފާހަގަކޮށްދެއްވި ފަރާތްތަކަށްވެސް ޖުމްލަ ގޮތެއްގައި ޝުކުރު ދަންނަވަމެވެ.

މި މަސައްކަތް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދުކުރަމެވެ. އަދި އަޅުގަނޑާއި ތިޔަ ކިޔުންތެރިންނަށް އިޚްލާޞްތެރިކަމާއި ހެޔޮ ޢަމަލުތަކަށް ތައުފީޤު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ފޮތުގެ ނަން:  ބަލިމަޑުކަމާއި ކަންބޮޑުވުމުގެ ޙާލަތުގައި މުސްލިމުންގެ އައްޑަނަ: ޒިކުރާއި ދުޢާ

ފޮތް އެކުލަވާލީ:  އިބްނު ޢަބްދުﷲ ސަޢީދު

ޞަފްޙާގެ ޢަދަދު: 36 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 2.31 MB

ފޮތް ޑައުންލޯޑުކުރައްވާ