13- މަދަދަށް އެދި ﷲ تعالى ޙަޟުރަތުގައި ދުޢާ ދެންނެވުން
﴿ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴾ [1]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ ”
((عن عائشة رضي الله عنها قالت: قال رسول صلى الله عليه وسلم: ” لَا يُغْنِي حَذَرٌ مِنْ قَدَرٍ، وَالدُّعَاءُ يَنْفَعُ مِمَّا نَزَلَ وَمِمَّا لَمْ يَنْزِلْ، وَإِنَّ الْبَلَاءَ لَيَنْزِلُ فَيَلْقَاهُ الدُّعَاءُ فَيَعْتَلِجَانِ إِلَى يَوْمِ الْقِيَامَةِ ”)) [2]
މާނައީ: ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ޤަދަރުގައި ލިޔުއްވާފައިވާ ކަމަކަށް ބިރުގަތުމަކީ އެކަމަކުން އެއްވެސް ކަމެއް ފުއްދައިދޭނެ ކަމެއް ނޫނެވެ. (އެބަހީ: ﷲ تعالى ގެ ޤަދަރުގައިވާ އެއްވެސް ކަމެއް ބަދަލެއް ނުވާނެތެވެ.) ބާވައިލައްވާފައިވާ ބަލާއާ (ޖެހިފައިވާ މުޞީބާތްތަކާ) އަދި ބާވައިނުލައްވާ ބަލާތަކުން (ނުޖެހޭ މުޞީބާތްތަކުން ރައްކާތެރިވުމަށްޓަކައި) ދުޢާކުރުމަކީ ފައިދާހުރި ކަމެކެވެ. ފަހެ ހަމަކަށަވަރުން ބަލާއެއް ފޭބުމުން، އެ ބަލާއަށް ދުޢާ އިސްތިޤްބާލުކޮށް، (އޭރުން) ޤިޔާމަތްދުވަހާ ހަމައަށް އެކަމަކުން ތިބާ ދުރުކޮށްދެއްވާނެއެވެ.”
((وعن عبادة بن الصامت رَضِي اللَّهُ عَنهُ أن رَسُول اللَّهِ صلى الله عليه وسلم قال: “ما على الأرضِ مسلمٌ يدعو اللَّه تعالى بدعوةٍ إلا آتاهُ اللَّه إيَّاها أَوْ صَرَفَ عنه مِنَ السوءِ مِثْلَها، ما لَمْ يَدْعُ بإثمٍ أَوْ قطيعة رحمٍ) فقال رجُلٌ من القومِ: إذاً نُكثر، قال: (اللَّه أكثر)”)) [3]
މާނައީ: މާތް ﷲ އެ ކަލޭގެފާނަށް ރުއްސުންލެއްވި ޢުބާދަތު ބްނުއްޞާމިތުގެ އަރިހުން ރިވާވެގެންވެއެވެ. (އެ ކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”އެ މީހަކު ކަމަކަށް އެދި ﷲގެ ޙަޟްރަތަށް ދުޢާކުރުމުން، އެ ކަމެއް މާތް ﷲ އެ މީހަކަށް ހިންމަވައި ނުދެއްވާނެ އެއްވެސް މުސްލިމަކު ބިންމަތީގައި ނުވެއެވެ. ނުވަތަ އެއާ އެއްފަދަ ނުބައިކަމެއް، އެ ކަލާނގެ އެ މީހެއްގެ ކިބައިން ދުރުކޮށްދެއްވާ ހުއްޓެވެ. އެއީ ފާފައަކަށް އަރައިގަތުމަށް، ނުވަތަ ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަށް އެދިގެން ކޮށްފި ދުޢާއެއް މެނުވީއެވެ.”
ފަހެ، އަޑުއައްސަވަން ތިއްބެވި ބޭކަލުންކުރެ ބޭކަލަކު ދެންނެވިއެވެ. އެހެންވިއްޔާ އަޅުގަނޑުމެން (ދުޢާކުރުން) ގިނަކުރާހުށީމެވެ. ޙަދީޘްކުރެއްވިއެވެ. ”(ﷲ އީ، ގިނަގިނައިން ދެއްވައި އަދި އިޖާބަކޮށްދެއްވާ ކަލާނގެއެވެ.)”
((وعن سَلْمَانَ رضي الله عنه قَالَ: قَالَ رسولُ اللَّهِ صلى الله عليه وسلم: “لَا يَرُدُّ الْقَضَاءَ إِلَّا الدُّعَاءُ”)) [4]
މާނައީ: ސަލްމާނު رضي الله عنه ރިވާކުރެއްވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ދުޢާކުރުމުން މެނުވީ މިންވަރު (ﷲ ` ކަނޑައަޅުއްވާފައިވާ މިންވަރު) ރައްދުކުރެވިގެނެއް ނުވެއެވެ.”
14- ދުނިޔެއާއި އާޚިރަތުގައި މުޞީބާތްތަކުން ރައްކާތެރި ކޮށްދެއްވުމަށް އެދި ދުޢާކުރުން
ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴾ [5]
މާނައީ: “اللَّه، އެއްވެސް نفسއަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ.”
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!”
((عن أبي هريرة رضي الله عنه عنه قال : قال رسول الله صلى الله عليه وسلم:”مَا مِنْ دَعْوَةٍ يَدْعُو بِهَا الْعَبْدُ أَفْضَلَ مِنْ))
މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އަޅާކުރާ ދުޢާތަކުގެ ތެރެއިން، މި ދުޢާއަށް ވުރެ މަތިވެރި ދުޢާއެއް، ނުވެއެވެ.”
((“الَّلهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِيْ الدُّنْيَا وَالْآخِرَةِ”)) [6]
” އޭ ﷲ! ހަމަކަށަވަރުން މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން ދުނިޔެއާއި އާޚިރަތުގެ ޢާފިޔަތަށް އެދި ދަންނަވަމެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] غافر 60
[2] رواه الحاكم في المستدرك: (1813)
[3] رواه الترمذي: (3573)
[4] رواه الترمذي: (2139)
[5] البقرة 286
[6] رواه الترمذي: (3851)