[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގައި ކިޔާ ޤުނޫތު 7

  • ((اللهم لك أسْلَمْنا، وبك آمَنَّا، وعليك تَوَكَّلنا، وإليك أَنَبْنَا، وبك خَاصَمْنَا، اللهم إنَّا نعوذُ بِعِزَّتِكَ لا إلهَ إلا أنتَ أن تُضِلَّنا، أنْتَ الحيُّ الذي لا يموتُ، والجِنُّ والإِنْسُ يمُوتُون)) [1]

މާނަ: އޭﷲ! އަޅަމެން މިތިބީ އިބަﷲ އަށް ބޯލަބައިގެންނެވެ. އަދި އިބަ ﷲ އަށް އީމާންވެގެންނެވެ. އަދި އަޅަމެން ވަކީލުކުރަނީ އިބަﷲ އަށެވެ. އަދި އަޅަމެން ތައުބާވަނީވެސް އިބަ ﷲގެ ހަޟްރަތަށެވެ. އަދި އަޅަމެންގެ ކަންކަމުގައި ނިޔާކުރުމަށް އެދި ދަންނަވަނީވެސް އިބަ ﷲ ގެ ހަޟްރަތުންނެވެ. އޭﷲ ! އަޅަމެން އިބަﷲ ގެ ޢިއްޒަތް މެދުވެރިކޮށް މަގުފުރެދުމުން ރައްކާތެރިކަމަށް އެދެމެވެ. އިބަ ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އިބަ ﷲއީ އަބަދަށް ދިރިދެމިވޮޑިގެންވާ މަރުވުމެއް ނެތް އިލާހެވެ. އިންސީންނާއި ޖިންނީން މަރުވާނެއެވެ.

  • ((اللهم أصْلِحْ لنا ديننا الذي هو عِصْمَةُ أَمرنا، وأصْلِحْ لنا دنيانا التي فيها مَعَاشُنا، وأصلحْ لنا آخرتنا التي فيها مَعَادُنا، واجْعَل الحياةَ زيادةً لنا في كل خير، واجْعَل الموتَ راحةً لنا مِنْ كلِّ شر)) [2]

މާނަ: އޭ ﷲ! އަޅަމެންގެ އެންމެހާ ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ އަޅަމެންގެ ދީން އިޞްލާހުކޮށްދެއްވާނދޭވެ. އެތަނުގައި އަޅަމެން ދިރިއުޅެމުން މިދާ އަޅަމެންގެ ދުނިޔަވީ ޙަޔާތުގެ އެންމެހާ ކަންތައްތައް އިސްލާޙްކޮށްދެއްވާނދޭވެ.  އެތަނަކަށް އަޅަމެން އެނބުރިދާން އޮތް އަޅަމެންގެ އާޚިރަތް އިސްލާޙްކޮށްދެއްވާނދޭވެ. އަދި ދިރި ހުރުމަކީ އަޅަމެންނަށް ކޮންމެ ހެޔޮކަމަކަށް ހުރި އިތުރުވުމެއް ކަމުގައި ލައްވާނދޭވެ. އަދި މަރުވުމަކީ އަޅަމެންނަށް ކޮންމެ ނުބައިކަމަކުން ހުރި ރާޙަތެއްކަމުގައި ލައްވާނދޭވެ.

  • ((اللَّهُمَّ إِنّا نَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْنَا مِنْهُ وَمَا لَمْ نَعْلَمْ. ونَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْنَا مِنْهُ وَمَا لَمْ نَعْلَمْ. وَنَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَنَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ. وَنَسْأَلُكَ مِمَّا سَأَلَكَ بِهِ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَنَعُوذُ بِكَ مِمَّا تَعَوَّذَ مِنْهُ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَا قَضَيْتَ لَنَا مِنْ قَضَاءٍ فَاجْعَلْ عَاقِبَتَهُ رُشْدًا)) [3]

މާނައީ: އޭ ﷲ! ހަމަކަށަވަރުން އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން އެދެނީ އެންމެހާ ހެޔޮކަންތައްތަކަށެވެ. އަވަސް މުސްތަޤްބަލުގައްޔާއި، ދުރު މުސްތަޤްބަލުގައި ލިބެން އޮތް ހެޔޮކަންތައްތަކަށެވެ. އަޅަމެންނަށް އެނގޭ ހެޔޮކަންތައްތަކަށާއި އަޅަމެންނަށް ނޭނގޭ ހެޔޮކަންތައްތަކަށެވެ. އަދި ހަމަކަށަވަރުން އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެނީ އެންމެހާ ނުބައިކަމަކުންނެވެ. އަވަސް މުސްތަޤްބަލުގައްޔާއި، ދުރު މުސްތަޤްބަލުގައި ކުރިމަތިވެދާނެ ނުބައި ކަންތައްތަކުންނެވެ. އަޅަމެންނަށް އެނގޭ ނުބައި ކަންތައްތަކުންނާއި އަޅަމެންނަށް ނޭނގޭ ނުބައި ކަންތައްތަކުންނެވެ. އަދި އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން އެދެނީ އަޅަމެންނަށް ސުވަރުގެ ދެއްވުމަށެވެ. އަދި އެސުވަރުގެއާއި ކައިރިކުރުވާ ޢަމަލުތަކާއި، ބަސްތަކަށް އަޅަމެންނަށް ތައުފީޤްދެއްވުމަށެވެ. އަދި އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެނީ ނަރަކައިންނެވެ. އަދި އެނަރަކައާއި ކައިރިކުރުވާ ބަސްތަކާއި ޢަމަލުތަކުން އަޅަމެން ސަލާމަތްކޮށްދެއްވުމަށެވެ. އަދި އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން އެދެނީ މުޙައްމަދު صلى الله عليه وسلم އެދިފައިވާ އެންމެހައި ހެޔޮކަންތައްތަކަށެވެ. އަދި އަޅަމެން އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެނީ މުޙައްމަދު صلى الله عليه وسلم އެކަންކަމުން ރައްކާތެރިކަމަށް އެދިފައިވާ އެންމެހައި ނުބައިކަމަކުންނެވެ. އަދި އިބަﷲ އަޅަމެންނާމެދު ނިންމަވާ ކޮންމެ ނިންމުމަކީވެސް އަޅަމެންނަށް ހެޔޮ ނިންމުމެއް ކަމުގައި ލެއްވުން އެދެމެވެ.”

  • ((اللهم إنا نسألكَ العَفْوَ والعافية)) [4]

މާނަ: އޭ ﷲ! އިބައިލާހުގެ ޙަޟްރަތުން ދުނިޔެއާއި އާޚިރަތުގައިވެސް ފާފަފުއްސެވުމާއި ޢާފިޔަތަށް އެދި ދަންނަވަމެވެ.

= ނުނިމޭ =

___________________

މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.

އެހެނިހެން ބައިތައް

[1] رواه مسلم في صحيحه برقم: (2717).

[2] رواه مسلم في صحيحه برقم: (2720).

[3] رواه البخاري في الأدب المفرد برقم: (639) وصححه الألباني.

[4] رواه الترمذي في سننه برقم: (3558) وصححه الألباني.