- ((اللهم إنا نعوذُ بك من جَهْدِ البَلاءِ، ودَرَكِ الشَّقَاءِ، وسُوءِ القَضَاءِ، وشَمَاتَةِ الأعْدَاءِ)) [1]
މާނަ: އޭ ﷲ! އަޅަމެންނަށް ތަޙައްމަލު ނުކުރެވޭވަރުގެ މުޞީބާތްތަކުންނާއި، އަބާއްޖަވެރިކަމަށް ވާޞިލުވުމުންނާއި މިންވަރުގެ ނުބައިކަމުންނާ އަދި އަޅަމެންނަށް ދިމާވާ ދެރަކަންތައްތަކަށް އަޅަމެންގެ ޢަދާވާތްތެރިން އުފާކޮށްހެދުމުން އިބަ ﷲގެ ޙަޟްރަތުން އަޅަމެން ރައްކާތެރިކަން ހޯދަމެވެ.
- ((اللهم إنا نعوذُ بك من زَوَالِ نِعْمَتِكَ، وتَحُوُّلِ عافيتكَ، وفَجْأَةِ نِقْمَتِك، وجميع سَخَطِك)) [2]
މާނަ: އޭ ﷲ! އަޅަމެން އިބަ ﷲ ގެ ނިޢުމަތް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.
- ((اللهُمَّ إنَّا نعوذُ بِكَ مِنْ العَجْزِ والكَسَلِ والجُبْنِ والبُخْلِ وَالْهَرَمِ وَعَذَابِ القَبْرِ. اللهُمَّ آتِ نُفُوْسَنَا تَقْوَاهَا، وزَكِّها أَنْتَ خَيْرُ مَنْ زَكِّاهَا، أَنْتَ وَليُّها ومَوْلَاهَا. اللهُمَّ إنَّا نعوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَع، وَمِنْ نَفْسٍ لَا تَشْبَع، وَمِنْ دَعْوَةٍ لا يُسْتَجَابُ لهَاَ)) [3]
މާނަ: އޭﷲ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމާއި ފިނޑިކަމާއި ދަހިވެތިކަމާއި މުސްކުޅި ޢުމުރާއި ކަށްވަޅުގެ ޢަޛާބުން އަޅަމެން ރައްކާތެރިކަމަށް އެދެމެވެ. އޭﷲ! އަޅަމެންގެ ނަފްސުތަކަށް ތަޤްވާވެރިކަން ދެއްވާނދޭވެ. އަދި އެ (ނަފްސުތައް) ޠާހިރުކުރައްވާނދޭވެ. އެ ޠާހިރުކުރައްވާ އެންމެ ހެޔޮ ފަރާތަކީ އިބަ އިލާހެވެ. އެ (އެބަހީ: ނަފްސު) ތަދުބީރުކުރައްވާ އަދި އޭގެ ވެރިފަރާތަކީ އިބަ އިލާހެވެ. އޭ ﷲ! ފައިދާ ނުކުރާ ޢިލްމަކުން އަޅަމެން ރައްކާތެރިކަމަށް އެދެމެވެ. އަދި ބިރުވެތި ނުވާ ހިތަކުންވެސް މެއެވެ. އަދި ނުފުރޭ ހިތަކުންވެސް މެއެވެ. އަދި އިޖާބަ ނުކުރެއްވޭ ދުޢާއަކުންވެސް މެއެވެ.
- ((اللهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنَّا)) [4]
މާނަ: އޭ ﷲ ! އިބައިލާހަކީ ފާފަތައް ފުއްސަވާ ފަރާތެވެ. އަދި ފާފަތައް ފުއްސެވުމަށް އިބައިލާހު ލޯބިވެވޮޑިގަންނަވައެވެ. އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ.
- ((اللهُمَّ آتِنَا فِي الدُّنْيَا حَسَنَةً، وَفِيْ الآخِرَةِ حَسَنَةً، وقِنَا عَذَابَ النَّارِ)) [5]
މާނަ: އޭ ﷲ ! އަޅަމެންނަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހެޔޮކަންދެއްވާންދޭވެ. އަދި ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވާނދޭވެ.
- ((اللهُمَّ إِنَّا نَعُوْذُ بِرِضَاكَ من سَخَطِكَ، وبمُعَافاتكَ مِنْ عُقُوبَتِكَ، وبِكَ مِنْكَ، لا نُحْصِيْ ثَنَاءً عَلَيْكَ، أَنْتَ كَمَا أثْنَيْتَ عَلَى نَفْسِكَ)) [6]
މާނަ:”އޭﷲ! ހަމަކަށަވަރުން އަޅަމެން އިބަﷲގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަﷲގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަﷲގެ ޢަފޫކުރެއްވުގެ ސިފަފުޅު މެދުވެރިކޮށް އިބަﷲގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަﷲގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ عذاب ން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތަށް ދަންނަވަމެވެ. އިބަﷲއަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ އަޅަމެންނަށް ޢަދަދު ނުކުރެވޭހާ ގިނައެވެ. އިބަﷲއީ އިބަﷲގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިންގެވާ ފަރާތެވެ.”
- ((اللهُمَّ صَلِّ عَلَى النَّبِيِّ الأُمَّيِّ وَصُحْبِهِ وَسَلَّمْ)) [7]
މާނަ: އޭ ﷲ ! އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ ޞަހާބީންނަށް ޞަލަވާތާއި ސަލާމް ލައްވާންދޭވެ.
މިމަތިވެރި އަޅުކަން ރަނގަޅު ގޮތުގައި އަދާކުރުމުގެ މުހިންމުކަމާއި އަދި ޝަރުޢީ ގޮތުން ވާރިދުވެފައިވާ ދުޢާއާއި އޭގެ ޟާބިތު އަދި ބައެއް ޖާމިޢު ދުޢާތައް ބަޔާންކޮށް ނިމުނީއެވެ.
މުސްލިމުންނަށް ވަނީ ދުޢާތަކާއި ޛިކުރުތައް ކުރުމުގައި ދެމިހުރުމެވެ. އަދި އޭނާގެ ދޫ އަބަދުވެސް ޛިކުރުކުރުމުގައި ތެންމާފައި ބެހެއްޓުމެވެ. އަދި ޝަރީޢަތުގައި ވާރިދުވެފައިވާ ދުޢާތަކުން ގިނައިން ދުޢާކުރުމެވެ.
ހުރިހާ ޙުކުމްތަކެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އަދި ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ ޞަޙާބީންނާއި އެކަލޭގެފާނުގެ ހިދާޔަތަށް ތަބަޢަވީ އެންމެން ޝާމިލުކުރަމެވެ.
= ނިމުނީ =
___________________
މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.
[1] رواه البخاري في صحيحه برقم: (6347)
[2] رواه مسلم في صحيحه برقم: (2739)
[3] رواه مسلم في صحيحه برقم: (2722)
[4] رواه الترمذي في سننه برقم: (3513) وصححه الألباني.
[5] رواه مسلم في صحيحه برقم: (2688)
[6] رواه مسلم في صحيحه برقم: (486).
[7] رواه إسماعيل القاضي في فضي الصلاة على النبي صلى الله عليه وسلم برقم: (107) وصححه الألباني.