الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:
މި ފޮތަކީ؛ ރަމަޟާންމަހަށްފަހުގައި ހެޔޮކަންކުރުންމަތީ ސާބިތުވުމާއި، ޗުއްޓީދުވަސްތައް ހެޔޮގޮތުގައި ބޭނުންހިފުމާގުޅޭ ފައިދާކުގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޝާއިޢުކުރައްވާފައިވާ “20 فَائِدَةً فِيْ الاسْتِقَامَةِ بَعْدَ رَمَضَانَ وَالإِجَازَة الصَّيْفِيَّة” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.
އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އެކި ސުވާލުތައް ތަފާތު އެތައް ބަހަކުން ގެނެސްދޭ islamqa.info ވެބްސައިޓުގެ ޖެނެރަލް ސްޕަވައިޒަރެވެ.
މި ފޮތުގައި ވަރަށް ކުރުކުރުކޮށް އަލިއަޅުވާލެވިފައިވާ މައުޟޫޢަކީ ރަމަޟާންމަހަށްފަހުގައްޔާއި ޗުއްޓީތެރޭ ހެޔޮމަގުގައި ސާބިތުވާނެ ގޮތްތަކާ ބެހޭގޮތުންނެވެ. މި ފޮތުގައިވާ ފައިދާތަކުގެ ސަބަބުން:
- މުސްލިމުންނަކީ ހުރިހާ މޫސުމެއްގައިވެސް މާތް ﷲއަށް ކިޔަމަންތެރިވާ ބައެއްކަން އެނގިގެންދާނެއެވެ.
- މުސްލިމެއްގެ ދިރިއުޅުމުގައި ވަގުތުގެ މުހިއްމުކަމާއި، އެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިއްމުކަން އެނގިގެންދާނެއެވެ.
- ޗުއްޓީދުވަސްތަކުގައި ކުރެވިދާނެ ބައެއް މަތިވެރި ހެޔޮކަންކަން އެނގިގެންދާނެއެވެ.
ދުޢާއަކީ؛ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ފޮތުގެ މަންފާ ފޯރުކޮށްދެއްވުމެވެ. އަދި މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވައި، އެ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމެވެ. آمين!
وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.
ފޮތުގެ ނަން: ރަމަޟާންމަހަށްފަހުގައްޔާއި ޗުއްޓީތެރޭ ހެޔޮމަގުގައި ސާބިތުވުމާގުޅޭ 20 ފައިދާ ތަރުޖަމާކުރީ: އައްޝައިޚް މުޙައްމަދު ސިނާން |
ޞަފްޙާގެ ޢަދަދު: 34 ޞަފްޙާ (A5 ސައިޒް). ފައިލް ސައިޒް: 546 KB |