[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 9

15- ދުނިޔެއާއި އާޚިރަތުގައި ޢާފިޔަތު ދެއްވުމަށް އެދި ﷲ تعالى ގެ ޙަޟްރަތުގައި ދުޢާކުރުން

 

((عَنْ رِفَاعَةَ قَالَ: “قَامَ أَبُو بَكْرٍ الصِّدِّيقُ عَلَى الْمِنْبَرِ، ثُمَّ بَكَى، فَقَالَ: قَامَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الْأَوَّلِ عَلَى الْمِنْبَرِ، ثُمَّ بَكَى، فَقَالَ: ” اسْأَلُوا اللهَ الْعَفْوَ وَالْعَافِيَةَ ؛ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ “.)) [1]

މާނައީ: رِفَاعَة (ރިފާޢާ) رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ”އަބޫބަކުރުއްޞިއްދީޤު رضي الله عنه މިންބަރުގެ މަތީގައި ހުންނަވާފައި ދެން ކީރިތިކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم (ހިޖުރައިން) ފުރަތަމަ އަހަރު މިންބަރު މައްޗަށް ތެދުވެވަޑައިގަތެވެ. އެއަށް ފަހު ކީރިތިކުރެއްވިއެވެ.”

އެއަށްފަހު ވިދާޅުވިއެވެ. “ތިޔަބައިމީހުން ﷲ سبحانه وتعالى ގެ ކިބައިން ޢަފޫކުރެއްވުމަށާއި ޢާފިޔަތަށް އެދި ދަންނަވާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެކަކަށްވެސް އީމާންވުމަށްފަހު ޢާފިޔަތަށް ވުރެން ހެޔޮ އެއްޗެއް ނުދެއްވެއެވެ.”

((وعَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ رضي الله عنه قَالَ: قُلْتُ: يَا رَسُولَ اللهِ، عَلِّمْنِي شَيْئًا أَسْأَلُهُ اللهَ عَزَّ وَجَلَّ. قَالَ: ” سَلِ اللهَ الْعَافِيَةَ “، فَمَكَثْتُ أَيَّامًا، ثُمَّ جِئْتُ، فَقُلْتُ: يَا رَسُولَ اللهِ، عَلِّمْنِي شَيْئًا أَسْأَلُهُ اللهَ، فَقَالَ لِي: ” يَا عَبَّاسُ يَا عَمَّ رَسُولِ اللهِ ، سَلِ اللَّهَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ “.)) [2]

މާނައީ: ޢައްބާސްބިން ޢަބްދުލް މުއަޠަލިބް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. (ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި) ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ﷲ ޢައްޒަވަޖައްލަ ގެ ޙަޟްރަތުން އެދި ދަންނަވާނޭކަމެއް ތިމަންނާއަށް އުނގަންނާއި ދެއްވަބައްލަވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ﷲ سبحانه وتعالى ގެ ޙަޟުރަތުން ޢާފިޔަތަށް އެދި ދަންނަވާށެވެ.” ދެން ފަހެ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އަތުވެއްޖައީމުއެވެ. އެއަށް ފަހު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. ﷲ تعالى ގެ ޙަޟްރަތުން އެދި ދަންނަވާނޭކަމެއް ތިމަންނާއަށް އުނގަންނާއި ދެއްވަބައްލަވާށެވެ. ދެންފަހެ އެކަލޭގެފާނު ތިމަންގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސެވެ. ﷲ سبحانه وتعالى ގެ ޙަޟުރަތުން ދުނިޔެއާއި އާޚިރަތުގައި ޢާފިޔަތަށް އެދި ދަންނަވާށެވެ.”

((أَبُو مَالِكٍ عنْ أَبيه ، أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَتَاهُ رَجُلٌ، فَقَالَ: يَا رَسُولَ اللهِ، كَيْفَ أَقُولُ حِينَ أَسْأَلُ رَبِّي ؟ قَالَ : ” قُلِ))

މާނައީ: އަބޫ މާލިކު (އަބޫ މާލިކުލްއަޝްޖަޢީ رضي الله عنه)  އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރެއްވިއެވެ.

އަބޫމާލިކުގެ ބައްޕަ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަޑު އެއްސެވިއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހައް މީހަކު އައިސް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަން، ތިމަންގެ ރައްބުގެ ޙަޟުރަތުގައި ދަންނަވާއިރުގައި ދަންނަވާނީ ކިހިނެތް ތޯއެވެ؟

 އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ވިދާޅުވާށެވެ.

((اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَعَافِنِي، وَارْزُقْنِي))

“އޭ ﷲ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތް ލައްވާނދޭވެ! އަދި މިއަޅާއަށް ޢާފިޔަތުދެއްވާނދޭވެ! އަދި މިއަޅާއަށް ރިޒުޤުދެއްވާނދޭވެ!”

((وَيَجْمَعُ أَصَابِعَهُ إِلَّا الْإِبْهَامَ – فَإِنَّ هَؤُلَاءِ تَجْمَعُ لَكَ دُنْيَاكَ وَآخِرَتَكَ “.)) [3]

މާނައީ: (ދެން އެއަށްފަހު) އެކަލޭގެފާނުގެ ބޮޑުވައި އިގިނލި ފިޔަވައި ދެން ހުރި އިނގިލިފުޅުތައް ޖަމާކުރެއްވިއެވެ. (އަދި ޙަދީޘް ކުރެއްވިއެވެ.) ”ފަހެ ހަމަކަށަވަރުން ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަން ތިބާއަށްޓައި މި ކަންކަމުގައި (މި ދުޢާގައި) ޖަމާކުރެވިގެންވެއެވެ.”

 

 

16- ދުނިޔެއާއި އާޚިރަތުގައި ޢާފިޔަތު ދެއްވުމަށް އެދި ﷲ تعالى ގެ ޙަޟްރަތުގައި ހެނދުނާއި ހަވީރު ދުޢާކުރުން

 

((عن ابْنَ  عُمَرَ رَضِيَ اللهُ عنهما، قَالَ: لَمْ يَكُنْ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدَعُ هَؤُلَاءِ الدَّعَوَاتِ حِينَ يُمْسِي وَحِينَ يُصْبِحُ: “))

މާނައީ:އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ހެނދުވާ ހިނަދު އަދި ހަވީރުވާ ހިނދުގައި، ރަސޫލާ صلى الله عليه وسلم މި ދުޢާތައް ކުރެއްވުން ދޫކޮށްނުލައްވައެވެ.”

((اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، وَاحْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي.”)) [4]

“އޭ ﷲ! ހަމަކަށަވަރުން މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން، ދުނިޔެއާއި އާޚިރަތުގައި ޢަފޫކުރެއްވުމަށާއި ޢާފިޔަތަށް އެދިދަންނަވަމެވެ. އޭ ﷲ! ހަމަކަށަވަރުން މި އަޅާ، އިބަ ﷲ ގެ ޙަޟްރަތުން ޢަފޫކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި މި އަޅާގެ ދީނާއި، ދުނިޔޭގައި އަދި މި އަޅާގެ އަހުލުވެރިންނާއި، މުދަލުގައި ޢާފިޔަތަކަށް އެދިދަންނަވަމެވެ. އޭ ﷲ! މި އަޅާގެ ޢައިބުތައް ވަންހަނާ ކޮށްދެއްވާނދޭވެ! އަދި މި އަޅާގެ ބިރުގަތުންތަކުން އަމާންކަން ދެއްވާނދޭވެ! އޭ ﷲ! މި އަޅާގެ ކުރިމަތިންނާއި، މި އަޅާގެ ފުރަގަހުންނާއި، މި އަޅާގެ ކަނާތްފަރާތުންނާއި، މި އަޅާގެ ވާތްފަރާތުންނާއި އަދި މި އަޅާގެ މަތިން މި އަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ކުއްލިއަކަށް މި އަޅާގެ ދަށުން މި އަޅާ ހަލާކުވެ ދިއުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ މާތްކަން މެދުވެރިކޮށް ދަންނަވަމެވެ.”

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

[1] رواه الترمذي: (3558)

[2] رواه الترمذي: (3514)

[3] رواه المسلم: (2697)

[4] رواه أبو داود: (5073)