20- މުޞީބާތްތަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲއަށް ދެންނެވުން
عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم، قال: ((تَعَوَّذُوا بِاللهِ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ)) [1]
މާނައީ: އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. “ބަލާވެރިކަމުގެ ދަތިކަމުންނާއި، އަބާއްޖަވެރިކަމުގެ ދަށްކަމުންނާއި، މިންވަރުގެ ނުބައިކަމުންނާ އަދި ދިމާވާ ދެރަކަންތައްތަކާއި ޢަދާވާތްތެރިން އުފާކޮށްހެދުމުން، ތިޔަބައިމީހުން ﷲގެ ހަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ.”
އިބްނު ބައްތާލް ވިދާޅުވިއެވެ. “ބަލާތަކުގެ ދަތިތައް އެއީ މީހަކަށް ދިމާވާ ކޮންމެ ދަތި އުދަނގޫ ކަމަކާއި އެ މުޞީބާތެއް ތަޙައްމަލުކުރުމުގެ ކުޅަދާނަކަމެއް ލިބިގެންނުވާ ކޮންމެ ކަމަކާއި، އެ މުޞީބާތުން އަމިއްލަ ނަފްސު ދުރުކުރުމުގެ ކުޅަދާނަކަމެއް ލިބިފައިނުވާ ކޮންމެ ކަމެކެވެ.” [2]
21- ދަތުރެއްގައި މަންޒިލަކަށް ފައިބާހިނދު ކުރަންޖެހޭ ދުޢާ
عن خولة بنت حكيم رضي الله عنها قالت: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: (( مَنْ نَزَلَ مَنْزِلًا ثُمَّ قَالَ)) [3]
މާނައީ: ޚައުލާ ބިންތި ޙަކީމްގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم (މިފަދައިން) ވިދާޅުވާތީ އަޑުއެއްސެވީމެވެ. ”މީހަކު މަންޒިލަކަށް ފައިބާފައި، ދެން އެއަށްފަހު މިފަދައިން ކިޔައިފިނަމަ:
” أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ”
މާނައީ: “މާތް ﷲގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް، އެކަލާނގެ ހެއްދެވި އެންމެހައި މަޚްލޫޤުންގެ ނުބައިކަމުން މި އަޅާ (އެކަލާނގެ ޙަޟްރަތުން) ރައްކާތެރިކަމަށް އެދެމެވެ.”
” لَمْ يَضُرَّهُ شَيْءٌ، حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ ”
އެ މަންޒިލު ދޫކޮށްފައި އޭނާ ދާންދެން، އެއްވެސް އެއްޗަކަށް އޭނާއަށް ގެއްލުމެއް ނުދެވޭނެއެވެ.”
22- ޔޫނުސްގެފާނު ކުރެއްވި ދުޢާ
ﷲ تعالى ވަޙީކުރެއްވިއެވެ.
﴿ وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴾ [4]
މާނައި: “އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.”
﴿ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴾
މާނައީ: “ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.”
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [5] “ބޮޑުމަހުގެ ބަނޑުގައި އޮންނަވައި، އެކަލޭގެފާނު ދުޢާކުރެއްވި ހިނދެވެ. ޔޫނުސްގެފާނުގެ ދުޢާފުޅު (ކުރެއްވީ މިފަދައިންނެވެ).”
﴿ لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴾
މާނައީ: “އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.”
ފަހެ ހަމަކަށަވަރުން މުސްލިމުންގެ ތެރެއިން މީހަކު، އެމީހަކަށް އެއްވެސް ކަމެއް މެދުވެރިވެގެން މި ދުޢާކޮށްފި ކަމުގައިވާނަމަ، ﷲ تعالى އެ މީހަކަށް އެ (ކަމެއް) ދުޢާ ޢިޖާބަ ކުރައްވައެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه البخاري: (6616)
[2] فتح الباري:(11/149)
[3] رواه المسلم: (2708)
[4] الأنبياء 87-88
[5] رواه الترمذي: (3505) وصححه الألباني.