28- ޛިކުރުތަކަށް ރައްކާތެރިވުމަކީ ކުއްލި ބަލާތަކުން ރައްކާތެރިކޮށްދޭ ސަބަބެއް
عن أبان بن عثمان قال: سمعت عثمان بن عفَّان رضي الله عنه يقول: سمعت رسول الله صلى الله عليه وسلم: «مَنْ قَالَ:
މާނައީ: އަބާން ބުން ޢުޘްމާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢުޘްމާން ބުން ޢައްފާން ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. މީހަކު މި ފަދައިން:
بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
”ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
ثَلَاثَ مَرَّاتٍ لَمْ تصِبْهُ فجأة بلاء، حتى يصبح، ومن قالها حين يصبح ثلاث مرات، لم تصبه فجأة بلاء، حتى يمسي.
وكان قد أصابَه الفالِج، فجعل الرجل الذي سمع منه الحديث ينظر إليه، فقال له:
“مَا لَكَ تَنْظُرُ إِلَيَّ؟! فَوَاللهِ مَا كَذَبْتُ عَلَى عُثْمَانَ وَلَا كَذَبَ عُثْمَانُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وسَلَّمَ، وَلَكِنَّ الْيَوْمَ الَّذِي أَصَابَنِي فِيهِ مَا أَصَابَنِي غَضِبْتُ فَنَسِيتُ أَنْ أَقُولَـهَا”. [1]
ތިންފަހަރު (މިފަދައިން) ކިޔައިފިނަމަ، ކުއްލިއަކަށް ޖެހޭ މުޞީބާތެއް ހެނދުނު ވެއްޖައުމަށް ދާންދެން އެ މީހަކަށް ނުޖެހޭނެއެވެ. އަދި ހެނދުނު ވާހިނދު މީހަކު މިފަދައިން ތިން ފަހަރު ކިޔައިފިނަމަ، ކުއްލިއަކަށް ޖެހޭ މުޞީބާތެއް ހަވީރު ވެއްޖައުމަށް ދާންދެން އެ މީހަކަށް ނުޖެހޭނެއެވެ.”
އަބާން ބުން ޢުޘްމާނަށް ވާގިނެތޭ ބަލި ޖެހުނެވެ. ފަހެ އެކަލޭގެފާނުގެ ކިބައިން މި ޙަދީޘް އަޑުއިވުނު މީހާ، އެކަލޭގެފާނަށް ބަލަހައްޓައިގެން ހުށްޓެވެ. ފަހެ އެކަލޭގެފާނު އެ މީހާއަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނާއި ދިމާލަށް ބެލުމަށް، ކަލޭއަށް ކުރިމަތިކުރުވީ ކޮން ކަމެއް ހެއްޔެވެ؟ ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ޢުޘްމާނުގެފާނުގެ މައްޗަށް ދޮގެއް ނަހައްދަވަމެވެ. އަދި ޢުޘްމާނުގެފާނު ނަބިއްޔާ ؛ ގެ މައްޗަށް ވެސް ދޮގެއް ނަހައްދަވައެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނަށް އެ ކުރިމަތިވި ކަންތައް ކުރިމަތިވީ ދުވަހަކީ، (ކޮންމެވެސް ކަމަކާއި) ތިމަންކަލޭގެފާނު ރުޅިއައިސްފައި ހުރި ދުވަހެކެވެ. ފަހެ އެ ޛިކުރު ކިޔުމަށް ތިމަންކަލޭގެފާނު ހަނދުމަފުޅު ނެތުނީއެވެ.
އިބްނު އަޘީރު ވިދާޅުވިއެވެ.[2] ‘‘ފާލިޖަކީ (ވާގިނެތުމަކީ) ހަށިގަނޑުގެ ބަޔަކަށް ކުރިމަތިވާ މީސްތަކުން ރަނގަޅަށް ދަންނަ ބައްޔެކެވެ.”
29- މުޞީބާތެއް ޖެހިފައިވާ މީހަކު ފެނިއްޖެނަމަ، ކިޔަންވީ ދުޢާ
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم “ مَنْ رَأَى مُبْتَلًى فَقَالَ:
މާނައީ: އަބޫ ޙުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”މުޞީބާތެއް ޖެހިފައިވާ މީހަކު، މީހަކަށް ފެނުމުން އަންނަނިވި ޛިކުރު ކިޔައިފިނަމަ ދަންނައެވެ.
الْحَمْدُ للهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً
”އެންމެހާ ޙަމްދު ތަޢްރީފެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެއީ ތިބާއަށް އެކަލާނގެ ޖެއްސެވި އިމްތިޙާނުން (މުޞީބާތުން) މި އަޅާއަށް ޢާފިޔަތުދެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ އެކަލާނގެ ހެއްދެވި މަޚްލޫޤުންގެ ތެރެއިން ގިނަ ބައެއްގެ މައްޗަށް މި އަޅާ މާތްކުރެއްވި ރަސްކަލާނގެއެވެ.”
لَمْ يُصِبْهُ ذَلِكَ الْبَلاَءُ ” [3]
އޭނާއަކަށް އެ މުޞީބާތެއް ނުޖެހޭނެއެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه أبو داود: (5088)
[2] النهاية في غريب الحديث: (3/469)
[3] رواه الترمذي: (3432)