30- ފިކުރުބޮޑުވެ ހިތާމައިގެ ވަގުތު ކުރާ ދުޢާ
عَنْ أَسْمَاءَ بِنْتِ عُمَيْسٍ، قَالَتْ: قَالَ لِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (أَلَا أُعَلِّمُكِ كَلِمَاتٍ تَقُولِينَهُنَّ عِنْدَ الْكَرْبِ – أَوْ فِي الْكَرْبِ -؟
މާނައީ: އަސްމާ ބިންތު ޢުމައިސްގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ތިމަންކަމަނާއަށް ޙަދީޘްކުރެއްވިއެވެ. ”ފިކުރުބޮޑުވެ ހިތާމައިގެ ވަގުތު ފެށުމުން ނުވަތަ އެ ވަގުތުމުގައި ކަމަނާ ވިދާޅުވުމަށް، ކަލިމަތަކެއް ތިމަންކަލޭގެފާނު އުނގަންނަވައިދެއްވަން ހެއްޔެވެ؟
اللهُ اللهُ رَبِّي لَا أُشْرِكُ بِهِ شَيْئًا) [1]
”ﷲ ﷲ އީ ތިމަންނާގެ ވެރި ރައްބެވެ! އެއިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާނަމެވެ.”
وعن عبدالله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم قال : ( مَا أَصَابَ أَحَدًا قَطُّ هَمٌّ وَلَا حَزَنٌ ، فَقَالَ:
މާނައީ: ޢަބްދުﷲ ބުން މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”އެއްވެސް މީހަކަށް ފިކުރުބޮޑުވާ ކަމެއް އަދި ހިތާމައެއް ކުރިމަތިވެއްޖެނަމަ،
اللهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، وابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي
މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަ ﷲގެ އަޅަކީމެވެ. އިބަ ﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ ﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ނިތްގަނޑުވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ފައިޞަލާ މިއަޅާއާމެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟްރަތުން ޢައިބުގެ ޢިލްމުގައި އިބަﷲ ޚާއްޞަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާ އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުއާން ލައްވައިދިނުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.
إِلَّا أَذْهَبَ اللهُ هَمَّهُ وَحُزْنَهُ، وَأَبْدَلَهُ مَكَانَهُ فَرَحًا. قَالَ: فَقِيلَ: يَا رَسُولَ اللهِ، أَلَا نَتَعَلَّمُهَا؟ فَقَالَ: “بَلَى، يَنْبَغِي لِمَنْ سَمِعَهَا أَنْ يَتَعَلَّمَهَا” [2]
މިފަދައިން ކިޔައިފިނަމަ އޭނާގެ ކިބައިން ފިކުރުބޮޑުވުމާއި ހިތާމަ ﷲ ތަޢާލާ ދުރުކޮށްދެއްވާނެއެވެ. އަދި އެކަންތައް (އެބަހީ: ފިކުރުބޮޑުވާކަން އަދި ހިތާމާ) އުފާވެރިކަމަށް ﷲ ބަދަލުކޮށްދެއްވާނެތެވެ.” އަބޫޙުރައިރަތުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރުމެން މި (ދުޢާ) ދަސްކުރަންވީ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ، ” އާދޭހެވެ! މި ދުޢާ އަޑު އިވުނު މީހަކު، މި ދުޢާ އުނގެނުން އެދެވިގެންވެއެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه أبو داود: (1525)
[2] رواه أحمد: (3712)