[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 16

31- ޢަޖްވާ ކަދުރަކީ ބަލިތަކުން ރައްކާތެރިކޮށްދޭ ފަރުވާއެއް

 

عن سَعْدِ بْنِ أَبِي وَقَّاصٍ فال: قال رَسُولَ اللَّهِ صلى الله عليه وسلم: ‏ “‏ مَنْ أَكَلَ سَبْعَ تَمَرَاتٍ عجوة ما بَيْنَ لاَبَتَيْ المدينة حِينَ يُصْبِحُ لَمْ يَضُرَّهُ يومه ذلك شيء حَتَّي يُمْسِيَ ‏”

قال فليح: وأظنه قد قال: وَإِنْ أَكَلَهَا حِينَ يُمْسِي لَمْ يَضُرَّهُ شَيْءٌ حَتَّى يُصْبِحَ [1]

މާނައީ: ސަޢީދު ބުން އަބީ ވައްޤާސްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”މަދީނާގެ ދެ ލާބައިގެ[2] ދެމެދުގައިވާ ތަނުގައި ހެއްދޭ ޢަޖުވާ ކަދުރުގެ ހަތް އޮށުން ހެނދުނު ކައިފިމީހާއަށް، އެދުވަހު އިރުއެއޮއްސުމަށް ދާންދެން އެއްވެސް ގެއްލުމެއް ނުވާ ހުއްޓެވެ.”

ފުލައިޙު ވިދާޅުވިއެވެ. ތިމަންނައަށް ހީވަނީ އެކަލޭގެފާނު (މިފަދައިން ވެސް) ޙަދީޘްކުރެއްވިއެވެ. ”ހަވީރު ކައިފިމީހާ، ހެނދުނު ވަންދެން އެއްވެސް ގެއްލުމެއް ނުވާ ހުއްޓެވެ.”

32- ވަބާ ފެތެރި ނުދިއުމަށް، ފަރުވާއެއްގެ ގޮތުން ކިނބިހިއަޅާ މީހާގެ އަދަބުތަކުގައި ހިފެހެއްޓުން

وعن أبي هريرة رضي الله عنه قال‏:‏ كان رسول الله صلى الله عليه وسلم إِذَا عَطَسَ وَضَعَ يَدَهُ أَوْ ثَوْبَهُ عَلَى فِيهِ، وَخَفَضَ – أَوْ غَضَّ – بِهَا صَوْتَهُ ‏[3]

މާނައީ: އަބޫ ހުރައިރާ رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ނަބިއްޔާ صلى الله عليه وسلم ކިނބިއްސެއް އަޅުއްވައިފި ނަމަ، އެކަލޭގެފާނުގެ އަތްޕުޅުން ނުވަތަ ހެދުންކޮޅުން އަނގަމަތި ނިވައިކުރައްވައެވެ. އަދި އަޑުފުޅު މަޑުކުރައްވައެވެ.”

وفي رواية: ” كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ ” [4]

މާނައީ: އަދި އެހެން ރިވާޔަތެއް ގައިވެއެވެ. ”ނަބިއްޔާ صلى الله عليه وسلم ކިނބިއްސެއް އަޅުއްވައިފިނަމަ، އެކަލޭގެފާނުގެ އަތްޕުޅުން ނުވަތަ ހެދުންކޮޅުން މޫނުފުޅު ނިވައިކުރައްވައެވެ.”

 

33- ބަލިން ރައްކާތެރިވުމަށްޓަކައި ކެއުންބުއިމުގެ ރިވެތި އާދަތައް ގެންގުޅުން

 

وعن أبى هريرة رضى الله عنه قال‏:‏ ” نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُشْرَبَ مِنْ فِي السِّقَاءِ ” [5]

މާނައީ: އަބޫހުރައިރާ رضى الله عنه ރިވާކުރެއްވިއެވެ. ”ފެންކަންވާރުގެ ތުމުގައި އަނގަޖަހައިގެން ބުއިން ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއެވެ.”

وعن عائشه رضي الله عنها أن النبي صلى الله عليه وسلم: (نَهَى أَنْ يُشْرَبَ مِنْ فِي السِّقَاءِ لِأَنَّ ذَلِكَ يُنْتِنُهُ) [6]

މާނައީ: ޢާއިޝާ رضي الله عنها ގެ ފަރާތުން  ރިވާވެގެން އައިސްފައިވެއެވެ. ”ފެންކަންވާރުގެ ތުމުގައި  އަނގަޖަހައިގެން ބުއިން ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއެވެ. އެއީ އޭގެ ސަބަބުން އޭގައިވާ އެއްޗެއް ފަސާދަވެދާނެތީއެވެ.”

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِذَا شَرِبَ أَحَدُكُمْ فَلاَ يَتَنَفَّسْ فِي الإِنَاءِ فَإِذَا أَرَادَ أَنْ يَعُودَ فَلْيُنَحِّ الإِنَاءَ ثُمَّ لْيَعُدْ إِنْ كَانَ يُرِيدُ ‏”‏ . [7]

މާނައީ: އަދި އަބޫހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން ކުރެ މީހަކު ފެންބޯއިރު، ކަންވާރުގެ ތެރެޔަށް ނޭވާނުލާ ހުށިކަމެވެ. އިތުރަށް ބޯންބޭނުން ކަމުގައިވާނަމަ ކަންވާރު ދުރަށް ޖައްސައި ނޭވާލުމަށް ފަހު އަނެއްކާވެސް ބޯހުށިކަމެވެ.”

 

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

 

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

[1] رواه أحمد: (1442)

[2] ލާބައަކީ މަދީނާގެ ދެ ފަރާތުގައި ވާ ކަޅު ހިލަތަކެއް

[3] رواه أبو داود: (5029)

[4] رواه الترمذي: (2745)

[5] روي البخاري: (5628)

[6] رواه الحاكم في المستدرك: (7211)

[7] رواه ابن ماجه: (3427)