34- ހަށިގަނޑުގެ ޠާހިރުކަމަށް ރައްކާތެރިވުމާއި އަތްދޮވުން
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ﴾ [1]
މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ!.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴾ [2]
މާނައީ: ”ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.”
عن ابن عمر رضي الله عنهما أن رسول الله صلى الله عليه وسلم قال: طَهِّرُوا هَذِهِ الْأَجْسَادَ طَهَّرَكُمُ اللهُ، فَإِنَّهُ لَيْسَ عَبْدٌ يَبِيتُ طَاهِرًا إِلَّا بَاتَ مَعَهُ مَلَكٌ فِي شِعَارِهِ لَا يَنْقَلِبُ سَاعَةً مِنَ اللَّيْلِ إِلَّا قَالَ: اللهُمَّ اغْفِرْ لِعَبْدِكَ فَإِنَّهُ بَاتَ طَاهِرًا [3]
މާނައީ: އިބްނު ޢުމަރު رضى الله عنهما ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ހަށިގަނޑުތައް ޠާހިރުކުރާށެވެ. ﷲ ތިޔަބައިމީހުން ޠާހިރުކުރައްވާށިއެވެ. އެހެނީ އަޅަކު ޠާހިރުކަންމަތީ ރޭކޮށްފިކަމުގައި ވާނަމަ، އޭނަގެ ކައިރީގައި މަލާއިކަތަކު ވާނެއެވެ. “އޭ ﷲ! އިބައިލާހުގެ އަޅާޔަށް ފާފަފުއްސަވާނދޭވެ.” އެހެނީ އޭނާ ރޭކުރީ ތާހިރުކަންމަތީގައެވެ.” އެފަދައިން އެމަލާއިކަތާ ދުޢާ ނުކުރައްވާ އެއްވެސް ގަޑިއިރެއް ރޭގަނޑުން ފާއިތުވެގެން ނުދެއެވެ.”
وعن عائشه رضي الله عنها: (أن رسول الله صلى الله عليه وسلم كَانَ إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ تَوَضَّأَ، وَإِذَا أَرَادَ أَنْ يَأْكُلَ غَسَلَ يَدَيْهِ) [4]
މާނައީ: ޢާއިޝާ رضى الله عنها ގެ އަރިހުން ރިވާވެގެންވެއެވެ، ”ރަސޫލާ صلى الله عليه وسلم ޖުނުބުވެރިކަމުގެ ޙާލަތުގައި އަވަހާރަފުޅުލައްޕަވަން ބޭނުންފުޅުވެޑައިގެންފިނަމަ ވުޟޫކުރައްވައެވެ. އަދި އެކަލޭގެފާނު ފަރީއްކުޅުއްވަން ބޭނުންފުޅުވެވަޑައިގެންފިނަމަ އަތްޕުޅު ދޮންނަވައެވެ.”
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: إذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِه فَلا يَغْمِسْ يَدَهُ في الإناءِ حَتى يَغْسلَها ثَلاثاً فَإنَّهُ لاَ يَدْرِي أيْنَ باتَتْ يَدَهُ ” [5]
މާނައީ: އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އަބޫހުރައިރާ رضى الله عنه ރިވާކުރެއްވިއެވެ. ”ތިޔަބައިމީހުން ކުރެ މީހަކު ނިދިން ހޭލާފައި، އޭނާގެ އަތް ތިންފަހަރު ދޮވުމަށްފަހުގައި މެނުވީ ފެންކަންވާރުގެ ތެރެޔަށް އަތްނުލާހުށިކަމެވެ. އެހެނީ ނިދީ ތެރޭގައި އޭނާގެ އަތްވީތަނެއް އޭނާއަކަށް ނޭނގޭނެތެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] المائدة : 6
[2] البقرة: 222
[3] رواه الطبراني في المعجم الكبير: (13620)
[4] رواه النسائي: (256)
[5] رواه المسلم: (278)