[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 21

42- ކަރަންޓީނުކުރުން

 

عَنْ عبدالله بْنِ عَبَّاسٍ رضي الله عَنْهُمَا أنَّ عُمَر بْنِ الْخَطَّابِ رضي الله عنه خَرَجَ إلَى الشَّامِ، حَتَّى إذَا كَانَ بِسَرْغٍ. لَقِيَهُ أُمَراءُ الأجْنَادِ أبُو عُبَيْدَةَ بْنُ الجَرَّاحِ وَأصْحَابُهُ فَأَخْبَرُوهُ أنَّ الْوبَاءَ قَدْ وَقَعَ بالشَّامِ… فرجع عمر رضي الله عنه ومن معه، فَقَال له أبُو عُبَيْدَةَ بْن الجَرَّاحِ رضي الله عنه : أَفِرَارًا مِنْ قَدَرِ اللَّه؟ فَقَالَ عُمَرُ رضي الله عنه : نعم، نَفِرُّ مِنْ قَدَرِ اللهِ إِلَى قَدَرِ اللهِ. فقال عَبْدُالرَّحْمَنِ بْنُ عَوْفٍ رضي الله عنه:  سَمِعْتُ رَسُولَ اللَّه ﷺ يَقُولُ: (إذَا سَمِعْتُمْ بِهِ بِأرْضٍ، فلاَ تَقْدمُوا عَلَيْهِ، وإذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا، فَلا تخْرُجُوا فِرَارًا مِنْهُ) [1]

މާނައީ: ޢަބްދު ﷲ އިބްނު ޢައްބާސް رضى الله عنهما ރިވާކުރެއްވިއެވެ.

”ޝާމުކަރަޔަށް ވަޑައިގަތުމަށްޓަކައި ޢުމަރު ބުން އަލްޚައްތާބު رضى الله عنه ނިކުމެވަޑައިގަތެވެ. ސަރްޣު އޭ ކިޔުނު ހިސާބަށް ވަޑައިގަނެވުނުތަނާ، ލަޝްކަރުތަކުގެ އަމީރުންނާއި ބައްދަލުވެވަޑައިގަތެވެ. އަބޫ ޢުބައިދާ އިބްނު އަލްޖައްރާހު رضى الله عنه އާއި އެކަލޭފާނުގެ އަރިހުގައި ތިއްބެވި ބޭކަލުންނެވެ. ޝާމްކަރައިގައި ޠޯޢޫން ބަލި އުޅޭކަމުގެ ޚަބަރު އެބޭކަލުން ޢުމަރުގެފާނަށް ދެއްވިއެވެ. އެހެންކަމުން ޢުމަރުގެފާނު އެކަލޭގެފާނު އަރިހުގައިވީ ބޭކަލުންނާއި އެކުގައި އެނބުރިވަޑައިތެވެ.

އެހިނދު އަބޫ ޢުބައިދާ ޢުމަރުގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ފިއްލަވައިވަޑައިގަންނަވަނީ ﷲ ގެ ޤަދަރަށް ހެއްޔެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. ”އާނއެކެވެ!  ތިމަންބޭކަލުން މިފިއްލަވައިވަޑައިގަންނަވަނީ ﷲ ގެ ޤަދަރުން ﷲ ގެ ޤަދަރަށެވެ.”

އެހިނދު ޢަބްދުއްރަޙްމާން ބުން ޢައުފް ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. ”އެރަށެއްގައި ޠާޢޫން ބަލި ފެތުރެމުންދާކަމަށް ތިޔަބައިމީހުންނަށް އަޑުއިވިއްޖެ ރަށަކަށް ތިޔަބައިމީހުން ނުދާހުށިކަމެވެ. އަދި އެރަށެއްގައި ތިޔަބައިމީހުންވީ ރަށުގައި ތާޢޫން ބަލި ފެތުރެން ފަށައިފިނަމަ ފިލަން އެރަށަކުން ނުނިކުންނަ ހުށިކަމެވެ.”

وعن عَائِشَةَ ـ رضى الله عنها ـ زوج النبي صلى الله عليه وسلم أَنَّهَا، سَأَلَتْ رَسُولَ الله صلى الله عليه وسلم عَنِ الطَّاعُونِ، فأخبرها نبي صلى الله عليه وسلم : “‏ أنه كَانَ عَذَابًا يَبْعَثُهُ الله عَلَى مَنْ يَشَاءُ، فَجَعَلَهُ الله رَحْمَةً لِلْمُؤْمِنِينَ، فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ، فَيَمْكُثُ فِي بَلَدِهِ صَابِرًا، يَعْلَمُ أَنَّهُ لاَ يُصِيبُهُ إِلاَّ مَا كَتَبَ الله لَهُ، إِلاَّ كَانَ لَهُ مِثْلُ أَجْرِ شَهِيدٍ [2]

މާނައީ: އަދި ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން ޢާއިޝާ رضى الله عنها ރިވާކުރެއްވިއެވެ. އެކަމަނާ ރަސޫލުﷲ صلى الله عليه وسلم އާ ޠާޢޫން ބައްޔާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު އެކަމަނާޔަށް ޚަބަރުދެއްވަމުން ޙަދީޘްކުރެއްވިއެވެ. ”އެއީ ﷲ އެކަލާނގެ އިރާދަކުރައްވާ ފަރާތެއްގެ މައްޗަށް ފޮނުއްވާ ޢަޒާބެކެވެ. އެކަލާނގެ މުއުމިނުންނަށްޓަކައި އެކަން ލެއްވީ ރަޙުމަތެއް ކަމުގައެވެ. އަޅަކު ރަށެއްގައި ވަނިކޮށް ޠާޢޫން ބަލި އެތަނެއްގައި ފެތުރިއްޖެނަމަ، ﷲ ލިޔުއްވާ އިރާދަކުރައްވާފައިވާކަމެއް މެނުވީ އޭނާއަށް މެދުވެރިނުވާނެކަން ދަނެ، ކެތްތެރިކަމާއެކު އެރަށެއްގައި މަޑުކޮށްފިނަމަ، ޝަހީދެއްގެ ދަރަޖަޔާއި އެއްފަދަ އަޖުރެއް މެނުވީ އޭނާއަކަށް ނުވެއެވެ.”

 

ނިންމުން

 

މިފައިދާކުރުވަނި ވަޞިއްޔަތްތަކާއި ޖަވާމިޢު ފުރިހަމަ ދުޢާތައް ތިޔަބޭފުޅުންނަށް ހުށައަޅައި ދިނުމަށް ފަހު އަޅުގަނޑުމެން ވަޞިއްޔަތްކުރަނީ، ﷲ އަށް ނިކަމެތިކަމާއި އެކު ރުޖޫޢަވެ މާޒީވެދިޔަ ކަންތައްތަކާއި މެދުގައި ހިތާމަކޮށް ފާފަތަކުން ތައުބާވުމަށެވެ.

އަދި ﷲ އިރާރާދަފުޅާއެކު ވަބާތަކާއި ތާޢޫންފަދަ ބަލިތަކުން ރައްކާތެރިކަން ލިބިގަތުމަށް ދުޢާކުރުމާއި ޞަދަޤާތް ދިނުމާއި ޒަކާތް ނެރުމާއި ހެޔޮފޯރުވުމާއި އަނިޔާ ހުއްޓުމާއި ގެއްލުންދެނިވި ކަންކަމުން ދުރުހެލިވުން ފަދަ ކަންކަމަށް އަހައްމިއްޔަތުކަން ދިނުމަށެވެ. އަދި މަސްއޫލުވެރިންނާއި ޑޮކްޓަރުންނާއި ސިއްޙީ މާހިރުންފަދަ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އަންގަވާ އެންގުންތަކަށް ތަބާވުމަށެވެ. ﷲ އަށް ފުރިހަމަޔަށް ވަކީލުކުރާ ޙާލު ހަމަޖެހުމާއި އެކުގައެވެ. ތައުފީޤު ދެއްވަނީ ﷲ އެވެ.

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

 

= ނިމުނީ =

_________________

އެހެނިހެން ބައިތައް

 

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

[1] متفق عليه

[2] رواه البخاري: (5734)